03 އޮކްޓޯބަރ 2018
ލަންޑަން (އޮކްޓޫބަރު 3) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ގޯލު ރެކޯޑާ ހަމަކުރުމަކީ އޭނާގެ އަމާޒެއް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން ބުނެފި އެވެ.
ލަންޑަން (އޮކްޓޫބަރު 3) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ގޯލު ރެކޯޑާ ހަމަކުރުމަކީ އޭނާގެ އަމާޒެއް ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ޓޮޓެންހަމް ބައްދަލުކުރާނީ ބާސެލޯނާއާ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޭން ބުނީ މިއިީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗާ މުޅިން ތަފާތު މެޗެއް ކަމަށެވެ.
"ބާސެލޯނާ އަކީ ވަރަށް ތަފާތު ކުޅުންތެރިން ތިބި ޓީމެއް. މިސާލަކަށް ބަލަމާ މެސީ އަކީ މުޅިން އެހެން ލެވެލެއްގެ ކުޅުންތެރިއެއް،" ކޭން ބުންޏެވެ.
މެސީ ވަނީ ބާސެލޯނާ އަށް 500 އަށް ވުރެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ކޭން ބުނީ ސީޒަނެއްގައި އާދަޔާހިލާފު އަދަދަކަށް ލަނޑު ޖަހައި މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ތަފާތު ދައްކާފައި ކަމަށެވެ.
"އެ މީހުން ވަކި ލެވެލެއް ގާއިމްކޮށްފި. އޭނާ (މެސީ) އާއި ރޮނާލްޑޯ ކޮންމެ ސީޒަނެއްގައި 50 ނޫނީ 60 ގޯލު ޖަހަމުން އެދަނީ. ކޮންމެ ކުޅުންތެރިއަކު ވެސް އެ ހިސާބަށްދާން ބޭނުންވާނެ. އަހަރެންގެ ވެސް އަމާޒެއް އެ ފަދަ ހިސާބަކަށް ދިއުމަކީ،" މި ފަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓު ހާސިލްކުރި ކޭން ބުންޏެވެ.
ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ކުރިއަރަން މަސައްކަތްކުރާއިރު އެންމެ މުހިއްމު ކަންތައް ކަމަށް ކޭން ވަނީ ބުނެފަ އެވެ.
"މިއީ އަހަރެމެންނަށް ރަނގަޅު ޓެސްޓެއް. ކުޅުންތެރިންގެ ގޮތުގައި ކުރިއަރަން ބަލާއިރު ބޭނުންވާނީ އެންމެ މޮޅު ކުޅުންތެރިންނާ ދެކޮޅަށް ކުޅެން. މެސީ އަކީ އެ ފަދަ މޮޅު ކުޅުންތެރިއެއް. އަހަރެމެން އޭނަ ހުއްޓުވަން މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި،" ކޭން ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް މި ފަހަރު ކުޅުނު ފުރަތަމަ މެޗުން ވަނީ ރަށުންބޭރުގައި އިންޓަ މިލާން އަތުން ބަލިވެފަ އެވެ. ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި ޕީއެސްވީ އެއިންދޯވަން އަތުން މޮޅުވެފަ އެވެ. މެސީ ވަނީ އެ މެޗުގައި ހެޓްރިކެއް ހަަދައިފަ އެވެ.
ޓޮޓެންހަމާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
ޔުވެންޓަސް އާއި ބާސެލޯނާ އެއް ގްރޫޕަކަށް
"މެސީ އާއި ލެވަންޑޯސްކީ އަޅާކިޔުމަކީ ގޯހެއް"
ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ އަށް
މިގޮތަށް ކުޅެގެން ޗެމްޕިއަންސް ލީގު ނުހޯދޭނެ: މެސީ
ޗެމްޕިއަންސް ލީގު: މިރޭގެ މެޗަށް މެސީ ފިޓްވެއްޖެ
މެސީގެ ޖާދޫން ލިވަޕޫލް ބަލިކޮށް ބާސާ ފައިނަލާ ގާތަށް
މެސީ ހުއްޓުވުމަކީ ނުވާނެ ކަމެއް ނޫން: ސޯލްޝެއާ
ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް
ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިލުމެއްނުވޭ: ޕޮޗެޓީނޯ
ބާސާ އެއް ވަނަ އަށް، އިންޓަގެ އަމިއްލަ ބާރު ގެއްލިއްޖެ