10 އެޕްރީލް 2019
މެންޗެސްޓާ (އޭޕްރީލް 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ތަރި ލިއޮނަލް މެސީ ހިފެހެއްޓުމަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ނުވާނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މެންޗެސްޓާ (އޭޕްރީލް 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ތަރި ލިއޮނަލް މެސީ ހިފެހެއްޓުމަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ނުވާނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ޔުނައިޓެޑުން ކުއާޓާގެ ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ހައިރާންކުރަނިވި ގޮތަކަށް ޕީއެސްޖީގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވުމަށް ފަހު ރަށުންބޭރުގައި ނަތީޖާ އަނބުރާލައިގެން ކުއާޓާގެ ޖާގަ ހޯދި ފުރަތަމަ ޓީމެވެ. ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޔުނައިޓެޑުން ޕީއެސްޖީ ބަލިކުރީ 3-1 އިންނެވެ.
ޔުނައިޓެޑް އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނީ 2009 އާއި 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގަ އެވެ. އެ ދެ ފަހަރު ވެސް ބާސެލޯނާ މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށް ލަނޑު ޖެހި އެއް ކުޅުންތެރިޔަކީ މެސީ އެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީ ހުއްޓުވަން ޔުނައިޓެޑަށް އެނގޭނެ ކަަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.
"މެސީ އަކީ ވަރަށް ވަރަށް މޮޅު ކުޅުންތެރިއެއް. ފުޓްބޯޅަ ތާރީހުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އިންޑިވިޖުއަލް ކުޅުންތެރިޔާ އަށް މެސީ ވާނެ. މެސީ ހުރީ ވަރަށް ފޯމުގައި. އެކަމަކު އޭނާ ހުއްޓުވުމަކީ ނުވާނެ ކަމެކޭ ނުބުނާނަން. ޔުނައިޓެޑަށް އެނގޭނެ ކޮންމެ ކުޅުންތެރިއެއް ވެސް ހުއްޓުވަން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުންޏެވެ.
ސޯލްޝެއާ ބުނީ މިރޭގެ މެޗަކީ މި ސީޒަނުގައި މިހާތަނަށް 43 ގޯލު ޖަހާފައިވާ މެސީ އާއި ޔުނައިޓެޑްގެ ކުރިމަތިލުމެއް ގޮތަށް ގިނަ ބަޔަކު ސިފަކުރާތީ ހައިރާންވާ ކަމަށެވެ.
މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ
"މިއީ މެސީ އާއި ޔުނައިޓެޑްގެ ވާދަވެރި މެޗެއް ނޫން. ބާސެލޯނާގައި އެބަތިބި އެހެން ތަރިން ވެސް. ސުއަރޭޒް، ކުޓީނިއޯ، ރަކިޓިޗް އަދި ވިޑާލް މި ކުޅުންތެރިން ވެސް މޮޅު. މި ހުރިހާ ކުޅުންތެރިންނަށް ޖުމްލަކޮށް މުޅި ބާސެލޯނާ އަށް ފޯކަސް ކުރަން ޖެހޭ،" ސޯލްޝެއާ ބުންޏެވެ.
މިއީ ޔުނައިޓެޑްގެ ވަކި ކުޅުންތެރިޔަކު ފެންވަރު ސާބިތުކޮށްދޭން ޖެހޭ މެޗެއް ނޫން ކަމަށާއި ޕައުލް ޕޮގްބާ އަކީ މި ފަދަ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެއްކަމަށްވުމުން މިއީ އޭނާ އަށް މާ ބޮޑު ޕްރެޝަރެއް އޮތް މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އަނިޔާގެ ސަބަބުން ނުފެނުނު މާކަސް ރެޝްފޯޑް މިރޭގެ މެޗުގައި ކުޅޭނެ އެވެ. އަނެއްކޮޅުން މި މެޗަށް ބާސެލޯނާގެ ފްރާންސް ވިންގް އޮސްމާނޭ ޑެމްބެލޭ ވެސް ފިޓްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކުރިން ޔުނައިޓެޑަށް ކުޅުނު އަދި މިހާރު ބާސެލޯނާފެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ ޔުނައިޓެޑުން ޕީއެސްޖީއާ ދެކޮޅަށް ނުކުތް ފޯމުގައި ކުޅެފިނަމަ ބާސެލޯނާ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި މީގެ އެންމެ މުހިއްމު ކަމަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން ކަމަށެވެ. އެއީ ޔުނައިޓެޑް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު މާ ގިނަ ފުރުސަތުތައް ނުލިބޭނެތީ ކަމަށް އޭނާ ބުންޏެވެ.
ޔޫރަޕްގައި މިހާތަނަށް ބާސެލޯނާ އަތުން ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބަލިވެފައިނުވެ އެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ޔުނައިޓެޑް މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަނޑިން 00:00 ގަ އެވެ.
ވަގުތީ ކޯޗު ކެރިކް އަށް ޔުނައިޓެޑްގައި ފެށުން ކާމިޔާބު
ޔުވެންޓަސް އާއި ބާސެލޯނާ އެއް ގްރޫޕަކަށް
"މެސީ އާއި ލެވަންޑޯސްކީ އަޅާކިޔުމަކީ ގޯހެއް"
ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ އަށް
މިގޮތަށް ކުޅެގެން ޗެމްޕިއަންސް ލީގު ނުހޯދޭނެ: މެސީ
ޗެމްޕިއަންސް ލީގު: މިރޭގެ މެޗަށް މެސީ ފިޓްވެއްޖެ
މެސީގެ ޖާދޫން ލިވަޕޫލް ބަލިކޮށް ބާސާ ފައިނަލާ ގާތަށް
މެސީގެ ގޯލްތަކުން ބާސެލޯނާ ސެމީ އަށް
ޔުނައިޓެޑުން ދުލެއް ނުދޭނެކަން ބާސާ ވިސްނާނެ: ވަލްވޭޑޭ
ޔުވެންޓަސް އެއްވަރު، ބާސާ އިން ޔުނައިޓެޑް ބަލިކޮށްފި