29 ނޮވެމްބަރ 2018
އެއިންދޯވެން (ނޮވެމްބަރު 29) – ނެދަލެންޑްސްގެ ޕީއެސްވީ އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެ ސްޕެއިނުގެ ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ އެއް ވަނަ މަގާމް ހޯދިއިރު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން ބަލިވެ އިންޓަ މިލާނަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
އެއިންދޯވެން (ނޮވެމްބަރު 29) – ނެދަލެންޑްސްގެ ޕީއެސްވީ އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެ ސްޕެއިނުގެ ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ އެއް ވަނަ މަގާމް ހޯދިއިރު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން ބަލިވެ އިންޓަ މިލާނަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ރޭގެ މެޗަށް ނުކުތް އިރު ވެސް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވެފައި އޮތް ބާސެލޯނާ އެއް ވަނަ ހޯދީ 13 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް އާއި އިންޓަ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އިން ކުރި ލިބި ދެ ވަނައިގައި އޮތީ ޓޮޓެންހަމް އެވެ. މާނައަކީ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން މޮޅުވެގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ޓޮޓެންހަމް އަށް އޮތުމެވެ. އިންޓަ އަށް އޮތީ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ޕީއެސްވީ އަތުން މޮޅުވެ އަދި ބާސެލޯނާ އަތުން ޓޮޓެންހަމް މޮޅުނުވެއްޖެ ނަމަ އެވެ. އެއް ޕޮއިންޓާ އެކު ފުލުގައި އޮތް ޕީއެސްވީ ވަނީ ކަޓައިފަ އެވެ.
ޕީއެސްވީ އާއި ބާސެލޯނާ ކުޅުނު މެޗުގެ ފުރަތަމަ ހާފު ދިޔައީ ލަނޑެއް ނުފެނި އެވެ. ދެ ވަނަ ހާފުގައި، 61 ވަނަ މިނެޓުގައި ބާސެލޯނާ އަށް ކުރި ހޯދައިދިނީ ލިއޮނަލް މެސީ އެވެ. މި ލަނޑާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް 106 ލަނޑު ހަމަކޮށްދީ އެއް ޓީމަކަށް މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މި ރެކޯޑް ކުރިން އޮތީ ރެއާލް މެޑްރިޑަށް 105 ލަނޑު ޖަހައިދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގަ އެވެ.
ބާސެލޯނާގެ ދެ ވަނަ ގޯލް 70 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ ޖެހިއިރު ޕީއެސްވީން ވަނީ ލޫކް ޑި ޔޮންގް ގޯލުން 82 ވަނަ މިނެޓުގައި ތަފާތު ކުޑަކޮށްފަ އެވެ.
ވެމްބްލީ ސްޓޭޑިއަމުގައި ރޭ އިންޓަ އަތުން ޓޮޓެންހަމް މޮޅުވި މެޗުގެ ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއަން އެރިކްސެން އެވެ. މި ދެ ޓީމު އިންޓަގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު 2-1 އިން މޮޅުވީ ނަމަވެސް ޓޮޓެންހަމް އިން ލަނޑެއް ޖަހާފައިވާ ދެ ޓީމު އެއްވަރުވެއްޖެ ހާލަތެއްގައި ކުރި ލިބޭނީ ޓޮޓެންހަމް އަށެވެ.
ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް
މެސީ އަށް ހެޓްރިކެއް، ލިވަޕޫލް ފަހު ވަގުތު މޮޅުވެއްޖެ
މިވަގުތަށް ބާސާ ސަލާމަތްވެއްޖެ، އެކަމަކު އަމިއްލަ ބާރެއް ނެތް
އިންޓަ އިން ބާސެލޯނާ ބަލިކޮށްފި، ޒަވީގެ ރުޅި ރެފްރީއަށް
ލެވަންޑޯސްކީއާ އެކު ވެސް ބެޔާން އަތުން ބާސާ ބަލިވެއްޖެ
ލެވޮންޑޮސްކީގެ ހެޓްރިކުން ބާސެލޯނާ އަށް ބޮޑު މޮޅެއް
ސުއަރޭޒްގެ ދެ ގޯލުން ބާސާ އިން އިންޓަ ބަލިކޮށްފި
ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިލުމެއްނުވޭ: ޕޮޗެޓީނޯ
ބާސާ ދެ ވަނަ ބުރަށް، ޓޮޓެންހަމަށް އުއްމީދެއް
"މެސީ ކުޅެފި ނަމަ ބާސެލޯނާ ދެ ގުނަ އުނދަގޫވާނެ"