24 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ކަހަލަ ގޮތްދޫނުކުރައްވާ، ފިލައިގެން އުޅުއްވާ، މީޑިއާއާ ބީރައްޓެހި، ރައްޔިތުންގެ މަޖިލިހުގެ މިނިވަންކަން ގެއްލުވާލި މެމްބަރަކު އެ ގޮނޑީގައި އިންނަވަނިކޮށް ދިވެހި ތާރީޚު ދެކިފައެއް ނުވެ އެވެ. މިއީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން، ގާނޫނުއަސާސީއަށް ބަލާއިރު، އެންމެ ބޮޑު މިނިވަންކަމަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ މުއައްސަސާއާ ހަވާލުވެވަޑައިގެންނެވި އެންމެ ނާގާބިލް ރައީސް ކަމަށް ބެލިދާނެ ކިތަންމެ ކަމެއް، މިދިއަ ފަސް އަހަރު ވަނީ ފެނިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ކަހަލަ ގޮތްދޫނުކުރައްވާ، ފިލައިގެން އުޅުއްވާ، މީޑިއާއާ ބީރައްޓެހި، ރައްޔިތުންގެ މަޖިލިހުގެ މިނިވަންކަން ގެއްލުވާލި މެމްބަރަކު އެ ގޮނޑީގައި އިންނަވަނިކޮށް ދިވެހި ތާރީޚު ދެކިފައެއް ނުވެ އެވެ. މިއީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން، ގާނޫނުއަސާސީއަށް ބަލާއިރު، އެންމެ ބޮޑު މިނިވަންކަމަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ މުއައްސަސާއާ ހަވާލުވެވަޑައިގެންނެވި އެންމެ ނާގާބިލް ރައީސް ކަމަށް ބެލިދާނެ ކިތަންމެ ކަމެއް، މިދިއަ ފަސް އަހަރު ވަނީ ފެނިފަ އެވެ.
އަނެއްކާވެސް މި އޮތީ މަސީހުގެ މައުލޫއު އައިސްފަ އެވެ. އެކަމަކު މިފަހަރު ދިވެހި ސިފައިންނާއި ފުލުހުން މަސީހުގެ ދިފާއުގައި ރައްޔިތުންގެ މަޖިލިސް ހިސޯރު ކޮށްފާނެ ކަމަކަށް ނުބެލެވެ އެވެ. ހަމަގައިމު ވެސް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވަނީ މިދިއަ އަހަރުގެ ޖުލައި 24 އަށް ފަހު ރައްޔިތުންގެ މަޖިލިސް ހިސޯރުކުރި ގޮތަށް ސަލާމަތީ ބާރުތަކުން ދެން ކަންތައް ކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މަސީހު ދުރުކުރަން މިއަދު 45 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާ އެކު އަަނެއްކާ ވައްދާ އިރު، ސިޔާސީ މާހައުލުގެ ބާރުގެ ތިލަފަތް މިވަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވި މަސީހުގެ ދިފާއުގައި ނުކުންނާނެ މެމްބަރުންގެ އަދަދު މަދެވެ. އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މިފަހަރު ހުށަހެޅުއްވި މައްސަލާގައި ޕީޕީއެމްގައި މިހާރު ތިއްބެވި ބައެއް މެމްބަރުން ވެސް ވަނީ ސޮއިކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލިހަކީ ރައީސް ޔާމީން ބޭނުންފުޅުވާހާ ހުރިހާ ކަމެއް ކުރާ ތަނަކަށް ހެއްދެވި ކަމުގެ ޒިންމާ މަސީިހު ނަންގަވަން ޖެހޭނެ ކަމަށް، ބައެއް މެމްބަރުން ވިދާޅުވަމުން އަަންނަތާ ކިިތަންމެ ދުވަހެކެވެ. އެއީ އިދިކޮޅު މެމްބަރުންގެ ވާހަކަ ކަމަށް ވިޔަސް އޭގައި ހަގީގަތްތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ޕީޕީއެމްގެ މެމްބަރުންނަށް ވެސް، ބިލްތަކުގައި އޮތީ ކޮން އެއްޗެއްކަން ރަނގަޅަށް ކިޔާނުލެވޭހާ އަވަހަށް، ބައެއް ބިލްތައް ތާވަލް ކުރުމާއި، އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އެކަނި މަޝްވަރާއަށް ފަހު، ބައެއް ބިލްތައް ފާސްކުރަން މެމްބަރުންނަށް މަޖުބޫރު ކުރެއްވުން ފަދަ ކިތަންމެ ކަމެއް ހިނގާފައިވާ ކަމަށް، ބައެއް މެމްބަރުން ވިދާޅުވެ އެވެ.
ރާއްޖޭގެ އާ ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހަކީ ގައުމުގެ އެންމެ ބާރުގަދަ މުއައްސަސާ އެވެ. އެކަމަކު މަސީހަކީ ރައީސް ޔާމީނާއި، ބާރުގައި ހުންނެވި އިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ "ކުޅޭ ބުދަކަށް" ވުމުން، މަޖިލިހުގެ އަސްލު ގުނަވަންތަކުގެ ވާގި އޮތީ ކަނޑާލައްވައިފަ އެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ، ރައީސް އާއި އަނިލް އާއި އަދީބު އަންގަވާހާ ގޮތަކަށް ކަމަށް، ބައެއް މެމްބަރުން ކުރިއްސުރެ ގެންދިޔައީ ވިދާޅުވަމުންނެވެ. އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް އައިޝަތު އާޒިމާ ޝަކޫރު ވަޑައިގަތުމާ އެކު، މަސީހަށް ނުފޫޒު ފޯރުއްވާ ބޭފުޅުންގެ އަދަދު އިތުރުވި ކަމަށް، ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވިދާޅުވެ އެވެ.
މަސީހާ މެދު ހިތްހަމަނުޖެހުން އޮތީ ހަމައެކަނި އިދިކޮޅު މެމްބަރުންގެ ތެރެޔަކު ނޫނެވެ. ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުން ވެސް މަސީހުގެ އަމަލްތަކާއި ރިޔާސަތުން މަޖިލިސް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމައެއް ނުޖެހެ އެވެ. އެކަމަކު ރައީސް ޔާމީންގެ ބާރު ގަދަވުމާއި، މިނިވަންކަމާ އެކު މަސައްކަތްކުރާނެ ޖާގަ ނެތުމުން، ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރަން ޕީޕީއެމްގެ އެ މެމްބަރުންނަށް އަމަލީ ގޮތުން ނޫޅުއްވުނެވެ. އޭގެ ބަދަލުގައި ފެނުނީ، ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމެކޭ އެއްގޮތަށް، މަޖިލިސް ކުރިއަށް ގެންދަން އެހީތެރިވެވަޑައިގެންނެވި ތަނެވެ.
އިދިކޮޅު މެމްބަރުންގެ އަޑުގަދަކުރުމާ ރައީސް ޔާމީން ކުރިމަތިވެވަޑައިގެންނެވި 2015 ގެ ރިޔާސީ ބަޔާން އިއްވި ދުވަހުގެ ޖަލްސާ: ހުރިހާ ގޮތަކުން ވެސް މަސީހު ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި
ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ކިރިޔާވެސް ލަދެއް ހުރި ނަމަ މަސީހު އެ ގޮނޑީގައި މިހާރު ނީންނަވާނެ އެވެ. އޭނާއާ ދެކޮޅަށް މީގެ ކުރިން އިތުބާރު ނެތްކަމުގެ ދެ މައްސަލައެއް ވެއްދި އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު، ޕީޕީއެމް މެމްބަރުން، ރައްޔިތުންގެ މަޖިލިހުގެ ރޫހާއި، އެ މަޖިލިހުގެ ތެރޭގައި އޮންނަން ޖެހޭނެ މިނިވަންކަން ފުނޑުކޮށްލެއްވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދު ކުރިން އޮތް ގޮތުން ނަމަ މަޖިލިހުގެ ތިން ބައި ކުޅަ އެއް ބައި މެމްބަރުންގެ ސޮޔާ އެކު، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނެ އެވެ. އެ ފުރުސަތުގެ ބޭނުން ހިއްޕަވައިގެން އޭރުގެ އިދިކޮޅު 26 މެމްބަރަކު މާޗު 8، 2017، ގައި މަސީހާ ދެކޮޅަށް މައްސަލައެއް ވެއްދެވި އެވެ. އެކަމަކު އަތް ނަގައިގެން ވޯޓު ލާ ގޮތަށް ހަމަޖެއްސުމުން، އެ ވޯޓު އިދިކޮޅު މެމްބަރުން ބޮއިކޮޓްކުރެއްވި އެވެ. އަދި ޕީޕީއެމް އާއި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވޯޓު ލައްވައިގެން އެ މައްސަލަ ބަލައިނުގަން ގޮތަށް ފާސްކުރެއްވި އެވެ.
މަސީހާ ދެކޮޅަށް އޮތް ރޫހުގެ ތެރޭގައި އަނެއްކާވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަފާނެތީ އެ ފުރުސަތު ކުޑަކުރަން ޕީޕީއެމްގެ މެމްބަރުން ދެން ބަދަލުގެނައީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަށެވެ. އެގޮތުން ރަައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު މެމްބަރުންގެ ސޮޔާ އެކު ނޫނީ އެފަދަ މައްސަލައެއް ހުށަނޭޅޭ ގޮތަށް ހަމަޖެއްސި އެވެ. ދެން ފެނުނީ ޖުލައި 4، 2017 ގައި 45 މެމްބަރުންގެ ސޮޔާ އެކު މަސީހާ ދެކޮޅު މައްސަލަ ވެއްދި ތަނެވެ. މިއީ ސިޔާސީ ގޮތުން މަސީހުގެ އިތުރުން ރައީސް ޔާމީންގެ ބާރު ވެސް އަސްލު ކެނޑުނު ދުވަހެވެ. އެކަމަކު އެ މައްސަލަ ތާވަލްނުކޮށް، މަޖިލިސް ބަދަލުވީ ސިފައިންނާއި ފުލުހުން ހިސޯރުކޮށްފައި އޮތް ތަނަކަށެވެ. އިދިކޮޅު މެމްބަރުންނަށް އެތަނަށް ވަންނަވަން ވެސް އެތައް ހުރަހެއް ކުރިމަތިވި އެވެ.
"މަސީހަށްޓަކައި" ދިވެހި ސިފައިން ރައްޔިތުންގެ މަޖިލިސް ސަރަހައްދު ބަލަހައްޓަނީ: ސިޔާސީ ބާރުގެ ތިލަފަތް މިހާރު ވަނީ ބަދަލުވެފައި --ފޮޓޯ: ނިޝާން އަލީ/މިހާރު
މަސީހަށްޓަކައި ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލިހާއި ވަށައިގެންވާ މަގުތައް ވެސް ވަރަށް ރަނގަޅަށް ބަލަހައްޓައިދިނެވެ. އޭގެ އިތުރުން މަޖިލިހުގެ ތަޅުމުގައި ރިޔާސަތުގެ މޭޒުކޮޅު ހިމެނޭ ސަރަހައްދު ވަށައި، ލަކުޑިން އުސް ފާރެއް ވެސް ހަދައިދިނެވެ. ދިވެހި ސިފައިންގެ ހިމާޔަތުގައި އެގޮތަށް ގެންގުޅުނު ރައްޔިތުންގެ މަޖިލިހުގެ ރައީސަކު، ދިވެހި ތާރީޚުގައި ވެސް ފެނިފައެއް ނުވެ އެވެ.
އެކަމަކު ރައީސް ޔާމީންގެ ގޮނޑިކޮއްކޮއެއްގެ ގޮތުގައި މަޖިލިހުގެ ފަހު ދުވަސްކޮޅު ވެސް ހަމަޖެހިވަޑައިގެން ހުންނެވޭނެ ފުރުސަތެއް މަސީހަކަށް ލިބިވަޑައެއް ނުގަތެވެ. މިއަދު އަނެއްކާ އެމަނިކުފާނާ ދެކޮޅަށް 45 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާ އެކު މައްސަލަ ވައްދަން އޮތީ ތައްޔާރުވެފަ އެވެ.
ދެން ހައްދަވާނީ ކިހިނެއް ހެއްޔެވެ؟ އަދިވެސް ހަމަ ގޮތްދޫނުކުރައްވާ، އެ އުސް ފާރުގެ ފަހަތުގައި އިންނަވާނީ ހެއްޔެވެ؟ ނޫން ނަމަ އެ މަގާމުން އިސްތިއުފާ ދެއްވާފައި، އާންމު މެމްބަރެއްގެ ގޮނޑިއަށް ވަޑައިގަންނަވާނީ ހެއްޔެވެ؟
މިއިން އެއްވެސް ސުވާލަކަށް މަސީހު ދެއްވާނެ ޖަވާބެއް އަދިއެއް ނޭނގެ އެވެ.
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
މަސީހާ ދެކޮޅަށް ކުރިން ހުށަހެޅި މައްސަލަ ތާވަލްކުރަނީ
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
51 މެމްބަރެއްގެ ސޮޔާއެކު މަސީހް ވަކިކުރަން މަޖިލީހަށް
51 މެމްބަރެއްގެ ސޮޔާ އެކު، މަސީހް ވަކިކުރަން ހުށަހަޅައިފި
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
މަޖިލީހުގެ ރައީސް ކަމަށް އަދުރޭ ވާދަކުރައްވަނީ