23 އޮކްޓޯބަރ 2018
ބައެއް ކަހަލަ ކޮސްމެޓިކްގެ ބާވަތްތައް އުފައްދަން ކޮފީ ބޭނުންކުރާކަން ގިނަ ބަޔަކަށް އެނގޭނެ އެވެ.
ބައެއް ކަހަލަ ކޮސްމެޓިކްގެ ބާވަތްތައް އުފައްދަން ކޮފީ ބޭނުންކުރާކަން ގިނަ ބަޔަކަށް އެނގޭނެ އެވެ.
ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ކޮފީ ބުއިމަކީ ހަމަށް ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. އެގޮތުން ހަމަށް ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ކޮފީ ބުއިމުން ފަރުވާ ލިބޭކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެމެރިކަން މެޑިކަލް އެސޯސިއޭޝަން ޑާމަޓޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ބްރައުން ޔުނިވަސިޓީން ހެދި ދިރާސާގައި ބުނީ ދުވާލެއްގެ މައްޗަށް މަދުވެގެން އެއް ތަށި ކޮފީ ބުއިމަކީ ހަމުގެ ބައްޔެއް ކަމަށްވާ ރޮޒޭޝާ އަށް ފަރުވާއެކެވެ. މިއީ މޫނުގެ ހަންގަނޑު ރަތްވާ ސިއްހީ މައްސަލައެކެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މަހަކު އެންމެ ކޮފީއެއް ބޯ މީހުންނާ ހިލާފަށް ކޮންމެ ދުވަހަކު ކޮފީ ބޯ މީހުންނަށް ރޮޒޭޝާ ތަޖުރިބާކުރަން ޖެހުމުގެ ފުރުސަތު 20 ޕަސެންޓަށް ދަށްކޮށްދެ އެވެ.
ދިރާސާގައި ބުނީ ކޮފީއަކީ ލޭހޮޅިތައް ބެދުމާއި ހަންގަނޑު ރަތްވުން ފަދަ ކަންކަމުން ދުރުކޮށްދޭ އެންޓި-އިންފްލެމެޓަރީ މާއްދާތައް އެކުލެވޭ ބުއިމެއް ކަމަށެވެ.
ވަކިން ހާއްސަކޮށް މޫނުމަތީގެ ރީތިކަމާއި އުޖާލާކަން ދަމަހައްޓަން ބޭނުންވާ ނަމަ ކޮފީއަކީ އެހީއެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ބާލީހުގެ އުރަ އާއި ހަމުގެ ސިއްހަތާ ގުޅުން އެބަހުރި
ކޮފީއަށް ހަކުރު އެޅިޔަސް ނޭޅިޔަސް ފައިދާ
ނޭވާލެވޭ ގޮތަކުން ވެސް ހަންގަނޑު ހިކޭ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ކަޅު ކޮފީން ބަރުދަން ލުއިކޮށްދޭނެތަ؟
ފިނިފެން ފަރުވާއެއްގެ ގޮތުގައި
ނޭފަތުން ބްލެކްހެޑްސް ނައްތާލަން ފަސޭހަ ގޮތެއް
ކޮފީ މާ ގިނަވާ ނަމަ މައިގްރެއިންގެ އުނދަގޫ ބޮޑުވޭ
މިހާރު ބުނަނީ ރޭގަނޑު ކޮފީން ނިދަން އުނދަގޫނުވާކަމަށް