18 އޮކްޓޯބަރ 2018
ވޮޝިންޓަން (އޮކްޓޯބަރު 18) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުން ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލާފައިވާ ކަމަށް ތުރުކީން ބުނާ އޯޑިއޯ ހެކި ހޯދަން އެމެރިކާ އިން އެދިއްޖެ އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 18) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުން ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލާފައިވާ ކަމަށް ތުރުކީން ބުނާ އޯޑިއޯ ހެކި ހޯދަން އެމެރިކާ އިން އެދިއްޖެ އެވެ.
"އެ ބުނާ ރެކޯޑިންއެއް އޮތް ކަމަށް ވަންޏާ އެ ހޯދަން ތުރުކީގައި އެދިފައިވާނީ،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ.
ކޮންސިއުލޭޓަށް ޚާޝޮގްޖީ ވަނީ މި މަހު 2 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ނޫސްވެރިޔާ މަރާލި ކަމަށް ބުނާ ވާހަކަތައް ސައުދީން ދޮގު ކުރެ އެވެ.
ޓްރަމްޕް ވިދާޅުވީ ތުރުކީން ބުނާ ޓޭޕަކީ އޮތް އެއްޗެއްކަން ޔަގީން ނުވާ ކަމަށެވެ. އަދި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ ދަތުރަށް ފަހު މި ހަފުތާގެ ފަހުކޮޅު ވަރަށް ގިނަ މައުލޫމާތު ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިޔާ މަރާލި ކަމުގެ ޒިންމާ ފުރިހަމަ ހެއްކާ އެކު ނޫނީ ސައުދީގެ ބޮލުގައި ނޭޅުވުމަށް ޓްރަމްޕް ކުރިން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ސައުދީއާ މެދު ކަންތައް ކުރަމުން ދަނީ ކުށްވެރިވުމުގެ ކުރިން ކުށްވެރިއެއްގެ ގޮތުގައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ސައުދީގެ ހިމާޔަތުގައި މަސައްކަތް ކުރައްވަން ފެއްޓެވީތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ ސައުދީ ދިފާއު ކުރަނީ ނޫން ކަމަށާއި އެކަމަކު ބޭނުން ވަނީ ހަގީގަތް ހޯދަން ކަމަށެވެ.
ނޫސްވެރިޔާ މަރާލި ކަމުގެ އޯޑިއޯ ހެކި ލިބިފައިވާ ކަމަށް ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރާ ތުރުކީގެ ފޮރެންސިކް ޓީމުތަކުންނެވެ.
ނޫސްވެރިޔާ މަރަން އަމުރުކުރީ ކާކުކަން ސައުދީން ބުނެދީފި
"ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމާއެކު ވަނީ މަރާލާފައި"
"ސައުދީން ޖަވާބު ދޭން ޖެހޭ ސުވާލުތައް އަދިވެސް ގިނަ"
ޚަޝޯގީގެެ މައްސަލައިގައި ސަރުކާރު އަދިވެސް ސައޫދީއާއެކު
"ހަށިގަނޑު ވަކިވެ ދިޔަޔަސް ހިނިތުންވުން ވަކިވެނުދާނެ"
ސައުދީން މިހާރު ބުނަނީ ނޫސްވެރިޔާ މަރާލީ ކަމަށް
ޚާޝުގްޖީގެ މަރުން ރިލްވާންގެ ހަނދާންތައް!
ޖަމާލް ޚަޝޯގީ: ގެއްލުނު ހަށިގަނޑު
ނޫސްވެރިޔާގެ މައްސަލައިގައި ރާއްޖެ ސައޫދީއާ އެކު
ނޫސްވެރިޔާ މަރާލި ކަމަށް ބުނުމަކީ ބޮޑު ދޮގެއް: ސައުދީ