12 އޮކްޓޯބަރ 2018
ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، ރިފަންޑު ހޯދުމަށްޓަކައި އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް ހިލޭ ވަކާލާތު ކޮށްދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ސުނާނާ ނިންމަވައިފި އެވެ.
ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، ރިފަންޑު ހޯދުމަށްޓަކައި އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް ހިލޭ ވަކާލާތު ކޮށްދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ސުނާނާ ނިންމަވައިފި އެވެ.
ސީލައިފުން އިމާރާތް ކުރަން ބުނި ފްލެޓްތަކުގެ ތެރެއިން އެއް ތަން ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރޭގައި ވެސް ހިމެނޭ ސުނާނާ މިއަދު ވިދާޅުވީ، އެ ކުންފުނީގެ އޮފީސް ބަންދު ކޮށްފައިވުމާއި އެ ތަނުގެ ޑިރެކްޓަރުންގެ ފަރާތުން އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާތީ، ރިފަންޑު ހޯދުމަށް އެދި ފުލުހުންނަށާއި ސިވިލް ކޯޓަށް ހުށަހަޅާ މައްސަލާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެޑްވާންސް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ރިފަންޑް ނުލިބިވާ މީހުންނަށް، އެ މައްސަލައިގައި ސުނާނާ ވަކާލާތުކޮށް ދެއްވާނީ ހިލެ އެވެ. ސީލައިފް ގްލޯބަލްއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ސުނާނާ ނިންމަވާފައިވާއިރު، މިހާތަނަށް 55 މީހަކު ވަނީ އެކަމަށް އެދި ލިޔުންތައް ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެޕާޓްމަންޓު ގަތުމަށްޓަކައި ސީލައިފަށް ފައިސާ ދެއްކި ކަމުގެ ރަސީދާއި އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ރިފަންޑު ހޯދަން އެދި ލިޔެފައިވާ ސިޓީ މާދަމާގެ ނިޔަލަށް ފޮނުވައި ދިނުމަށް ސުނާނާ އެދިވަޑައިގަންނަވަ އެވެ. އެ ލިޔުންތައް ފޮނުވަން ޖެހޭ އީމެއިލް އެޑްރެހަކީ shunana@liticalaw.com އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެޕާޓްމަންޓްތައް ނިންމާނެ އެކިއެކި ތާރީޚުތައް އިއުލާން ކުރި ނަމަވެސް މިހާތަނަށް އެޕްރޮޖެކްޓްގެ މާ ބޮޑު މަސައްކަތެއް ކޮށްފައެއް އެވެ.
މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހުން ވަނީ ބުކިން ފީ ދައްކައިފަ އެވެ. އެގޮތުން ކޮންމެ މީހެއްގެ އަތުން 50،000 ރުފިޔާގެ ފީއެއް ނަގާފައިވެ އެވެ. އެ ފައިސާ ދައްކާފައި ވަނީ އެ މީހަކު ބޭނުން ވެއްޖެ އިރެއްގައި އަނބުރާ ނެގޭ ގޮތަށެވެ.
Mas dhuvas thereygai Refund dheynan: SeaLife
The most trusted news source in the Maldives
Mihaaru
އޮގަސްޓް މަހުގެ ނިޔަލަށް ފައިސާ ދޭނެ ކަމަށް ކުރިން ބުނުން--
އެ މަސައްކަތް ނުފެށި ލަސްވާތީ ގިނަ ބަޔަކު ދަނީ ފައިސާ ހޯދުމަށް އެދެމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ރިފަންޑް ނުލިބުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ކުރިން ވިދާޅުވެފައި ވަނީ ރިފަންޑް ހޯދަން އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފައިސާދީ ނިންމާފައިވާ ކަމަށެވެ. ފައިސާ ނުދެވި ވަނީ 47 މީހަކަށް ކަމަށާއި އެ ފައިސާ މިދިޔަ އޮގަސްޓު މަހުގެ ކުރިން ދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެކަމަކު، އެ ފައިސާ އަދިވެސް ނުލިބޭ މީހުން ގިނަ އެވެ.
ރާއްޖޭގެ ކުންފުންޏަކާއި ދުބާއީގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީލައިފަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ އަންނަ އަހަރު ނިންމާ ގޮތަށެވެ. އެ ތަނުގައި ފްލެޓްތައް އަޅަނީ ތިން ބްލޮކަކަށް ބަހާލައިގެން، ބްލޮކެއްގައި 1،000 އެޕާޓްމެންޓްމެންޓް ހިމެނޭ ގޮތަށެވެ. އަންމަޓީ ވިދާޅުވެފައި ވަނީ އޭގެ ތެރެއިން އަންނަ އަހަރުގެ ނިޔަލަށް ނިންމަންޖެހެނީ 270 އެޕާޓްމަންޓް ކަމަށާއި ލޯން ހަމަޖެހި މަސައްކަތް ފެށުމުން އެ ތާރީޚަށް އެޕާޓްމަންޓްތައް ނިންމައިލެވޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ޕްރޮޖެކްޓްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިފައެއްނުވެ އެވެ.
އިންސާފު ހޯދަން ދުވަނީ، 'ބޮޑުން" ތިބީ ފިލައި!
ސީ ލައިފުން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަނަށް
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން
މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑާ ގުޅިގެން ކޯޓަށް
ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ފުލުހުންގެ ފްލެޓްތައް މުއްދަތަކަށް ނުނިންމޭނެ: ސަރުކާރު
ކްރިކް ރިޒާގެ ބިމެއް 20 މިލިއަނަށް ވިއްކާލައިފި
ފްލެޓް އެއްބަސްވުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަނަށް
ބޯހިޔާވަހިކަމުގެ "ކޮޅެއް މެދެއް ނޭނގޭ" ދެ މަޝްރޫއު