10 އޯގަސްޓް 2016
އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އިން ދޭ ފެމިލީ ތަކާފުލް ސްކީމް ފަސޭހަކަމާ އެކު ފުލުހުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެއްބަސްވުމެއްގައި ސޮއިިކޮށްފި އެވެ.
އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އިން ދޭ ފެމިލީ ތަކާފުލް ސްކީމް ފަސޭހަކަމާ އެކު ފުލުހުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެއްބަސްވުމެއްގައި ސޮއިިކޮށްފި އެވެ.
އިއްޔެ އިސްކަންދަަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު ނިޔާޒް މުހައްމަދެވެ.
އެލައިޑުން ބުނި ގޮތުގައި މި ތަކާފުލް ސްކީމަކީ "ތިމާ އާއި ތިމާގެ އާއިލާގެ މުސްތަގުބަލް ބިނާކުރުމަށް ކުރިއާލާ އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެ"ކެވެ. މި ސްކީމުގައި ބައިވެރިވާ މީހާ މަރުވެއްޖެ ހިނދެއްގައި ވެސް އާއިލާއަށް މާލީ ރައްކާތެރިކަން ޔަގީންވާނެ ކަމަށް އެލައިޑުން ބުންޏެވެ.
ސޮއިކުރި އެއްބްސްވުމުގެ ދަށުން، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ މުސާރައިން ކެނޑޭގޮތަށް މި ސްކީމް ފުލުހުންނަށް ލިބޭނެ އެވެ.
ފެމިލީ ތަކާފުލްގައި ހިމެނޭ ޕްލޭންތަކުގެ ތެރޭގައި ދަރިންނަށް މަތީ ތައުލީމު ހާސިލްކޮށްދޭން އެހީވެދޭ ފަންޑު ހިމެނެ އެވެ. އަދި ޕްލޭނުގައި ބައިވެރިވާ ފަރާތާއި އޭނާގެ އާއިލާއަށް މާލީ ރައްކާތެރިކަން ޔަގީންކޮށްދޭ ޕްލޭނެއް ވެސް ހިމެނެ އެވެ.
އެލައިޑުން ބުނާ ގޮތުގައި ތިމާ ވަޒީފާއިން މުސްކުޅިކުރެވޭ ދުވަހާއި، ހައްޖަށް ދިޔުން ފަދަ ބޮޑެތި ކަންކަމަށް ރައްކާ ކުރާ ފައިސާ އާއި އާމްދަނީ ނުލިބޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އާއިލާއަށް ދެވޭ މާލީ އެހީތެރިކަމެއްގެ ގޮތުގައި މި ޕްލޭން ބޭނުންކުރެވޭނެ އެވެ.
"ފަހަށް ރައްކާ ކުރުމުގެ އާދަ އަށަގެންނެވުމަށްް ކުރެވޭ މަސައްކަތުގައި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ބޮޑެތި މުއައްސަސާތަކާއި ކުންފުނިތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށް، ހިދުމަތް ފުޅާ ކުރެވިގެން ދާނެ،" އެއްބަސްވުުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނިޔާޒް ވިދާޅުވި އެވެ.
އެލައިޑުން ދެ އިނީޝިއޭޓިވްއެއްގައި ބައިވެރިވެއްޖެ
ވެމްކޯ އާއި ޕޮލިހަށް ރަނގަޅު ފެށުމެއް
"ރައްކާ ރޯޑް ޝޯ" ގައި ވާޗުއަލް ރަންއެއް
ގަވާއިދަށް ދުއްވާ މީހުންނަށް އެލައިޑުން ހަދިޔާއެއް
"ރައްކާ" ކެމްޕޭން މިއަހަރު ސިޓީތަކަށް
ކުށް މަދުކުރުމުގެ ބޮޑު ކެމްޕެއިނެއް ފުލުހުން ފަށައިފި
މޮޓޯ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރަނީ
އެލައިޑްގެ ފައިސާތަކަށް ހިޔާނަތްތެރިވި މައްސަލަ ބަލަނީ
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު