އެލައިޑް އިންޝުއަރެންސްގެ ފައިސާތަކަކަށް އެ ތަނުގެ މުވައްޒަފަކު ހިޔާނަތްތެރިވި މައްސަލައެއް ފުލުހުން ބަލަން ފަށައި އެ މައްސަލައިގެ ތުހުމަތަށް އެތާނގެ މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ.
25 މެއި 2016
އެލައިޑް އިންޝުއަރެންސްގެ ފައިސާތަކަކަށް އެ ތަނުގެ މުވައްޒަފަކު ހިޔާނަތްތެރިވި މައްސަލައެއް ފުލުހުން ބަލަން ފަށައި އެ މައްސަލައިގެ ތުހުމަތަށް އެތާނގެ މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ "މައްސަލައިގެ ގޮތުން" އިތުރު ތަފުސީލެއް ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެލައިޑުން ބުނި ގޮތުގައި ގޮތުގައި އެ ކުންފުނީގެ ފައިސާތަކަކަށް ޚިޔާނާތްތެރިވީ އެ ކުންފުނީގެ އޮފިސަރުގެ މަގާމުގައި ހުރި އަބްދުލް ބާސިތު ތައުފީގެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖަރު ނާޒިމް ހަބީބު މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ކްލައިންޓަކު އެ މައްސަލަ ފެންމަތިކުރުމާ އެކު އިިންޓާނަލް އޮޑިޓިންއެއް ހިންގި ކަމަށާއި އަދި ޕޮލިސީ ފޯޖުކޮށްގެން ފައިސާތަކެއް ހޯދި ކަމަށް ބާސިތު އެއްބަސްވުމުން ވަޒީފާ އިން ވެސް ވަކިކޮށްފައިވާ ކަމަށެވެ. ޕޮލިސީ ފޯޖުކޮށްގެން އޭނާ ފައިސާ ހޯދީ އެލައިޑްގެ ލެޓަހެޑް ބޭނުންކޮށްގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސުވާލު ކުރީމަ އޭނަ އަމިއްލަ އަށް އިއުތިރާފުވީ އެކަން ކުރި ކަމަށް. އެހެންވެ އަޅުގަނޑުމެންނަށް ޖެހުނީ ވަޒީފާގެ އެއްބަސްވުން އުވާލަން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބާސިތު ފޯޖުކުރި އިންޝުއަރެންސް ޕޮލިސީގެ އަގަކީ 128،000ރ. ކަމަށާއި ގިނަވެގެން ވެސް އޭނަ އަށް ހިޔާނަތުގެ ގޮތުގައި ހޯދޭނީ އެ އަދަދަށް ކަމަށް އެލައިޑުން ބުންޏެވެ. ނަމަވެސް އެތައް މިލިއަން ރުފިޔާގެ ފައިސާތަކަށް ހިޔާނަތްތެރިވި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި އޮތަސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މީހެއްގެ ގަޔަށް ކުލަ އެޅި މައްސަލަ ފުލުހުން ބަލަނީ
އަނިޔާނުކޮށް ގާނޫނުން ހައްލު ހޯދާ: އެޗްއާރުސީއެމް
ރަހީނުކުރި މައްސަލައިގައި ހިމެނޭ މީހަކު އަލުން ހައްޔަރު
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
ދެ ފިރިހެނުން ވައްކަންކުރަން އަންހެން ހެދުމުގައި!
އެއާޕޯޓުން ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަނީ
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި