Roadha Mihaaru
އަހަރީ ދުވަހާ ދިމާކޮށް ރެއިންބޯގެ ހާއްސަ ޕްރޮމޯޝަނެއް

އަހަރީ ދުވަހާ ދިމާކޮށް ރެއިންބޯގެ ހާއްސަ ޕްރޮމޯޝަނެއް

09 އޮކްޓޯބަރ 2018

ރެއިންބޯ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރެއިންބޯ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ފަރުނީޗަރު ވިއްކުމަށް ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނީގެ 28 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ކުންފުނީގެ ހަތަރު ފިހާރައަކުން ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަަށް ބޮޑު ޑިސްކައުންޓެއް ދޭން ނިންމައިފަ އެވެ.

ރެއިންބޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަފީގު، ރެއިންބޯގެ އޮންލައިން ސްޓޯރު ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރެއިންބޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަފީގު، ރެއިންބޯގެ އޮންލައިން ސްޓޯރު ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ޑިސްކައުންޓް ދޭން ނިންމާފައިވަނީ ރެއިންބޯ ބިލްޑް ވެއާ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ އަދި ރެއިންބޯ އޮފީސް ސިސްޓަމް ފިހާރައިން ކުރާ ވިޔަފާރިތަކަށެވެ.

ފަރުނީޗަރުގެ އިތުރުން ގެއަަަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު ވެސް، ހެޔޮ އަގެއްގައި ރެއިންބޯގެ ފިހާރަތަކުން ލިބޭނެ އެވެ.

ރެއިންބޯގެ އޮންލައިން ސްޓޯރު ވެސް މިއަދު ވަނީ ލޯންޗުކޮަށްފަ އެވެ. އެ ސްޓޯރުން، ފިހާރަތަކުގައި ވިއްކަން ހުރި ސާމާނާއި އެ އެއްޗެހީގެ އަގުތައް އެނގި ފަސޭހައިން ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.