10 އެޕްރީލް 2022
ރާއްޖޭގައިި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްއެޗްއޭ އިން އެ ކުންފުނީގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފި އެވެ.
ރާއްޖޭގައިި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްއެޗްއޭ އިން އެ ކުންފުނީގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމްގައި، ކޮންމެ ވިޔަފާރިއަކާ އެކު ބިލުގެ ފަސް ޕަސެންޓް ކަސްޓަމަރުންގެ އެކައުންޓަށް ޖަމާވާނެ އެވެ.
އެމްއެޗްއޭގެ ކަސްޓަމަރުންނަކީ އަބަދުވެސް އެ ކުންފުނިން ހޯލްސޭލްކޮށް މުދާ ގަންނަ ބަޔަކަށްވާތީ ކަސްޓަމަރުގެ އެކައުންޓަށް ޖަމާވާ އަދަދު ދެވަނަ ފަހަރަށް ވިޔަފާރިކުރާ ބިލުން އުނި ކުރެވޭނެ އެވެ. ކަސްޓަމަރު ބޭނުންވާ ނަމަ އެ އަދަދު ބޭނުން ނުކޮށް ކޮންމެ ބިލަކުން ފަސް ޕަސެންޓް އެކައުންޓަށް ޖަމާކުރެވޭނެ އެވެ. އަދި ބޮޑު ޑިސްކައުންޓަކާ އެކު ފަހުން ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
"ކަސްޓަމަރަކު 100ރ. ގެ ވިޔަފާރިއެއް ކުރީމާ އެ ކަސްޓަމަރުގެ އެކައުންޓަށް އެ ބިލުގެ ފަސް ޕަސެންޓަށްވާ ފަސް ރުފިޔާ ޖަމާކޮށްދޭނެ. މި ފަސް ރުފިޔާ ލިބޭނީ ދެން ފިހާރައަށް ވިޔަފާރި ކުރަން އަންނައިރު. އެ ފައިސާ އެއްކޮށްގެން ފަހުން ބޮޑު ވިޔަފާރިއެއް ވެސް ކުރެވޭނެ،" އެމްއެޗްއޭ އިން ބުންޏެވެ.
މި ލޯޔަލްޓީ ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް އެމްއެޗްއޭއިން ވަނީ ހުޅުވާލައިފަ އެވެ. އެ ކުންފުނީގެ ފިހާރަތަކުގެ ކައުންޓަރުތަކުން ފޯނު ނަންބަރު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. ކަސްޓަމަރުންނަށް އަނބުރާ ލިބޭ ފައިސާ ބޭނުންކުރެވޭނީ ފޯނަށް ލިބޭ އޯޓީޕީ ބޭނުންކޮށްގެންނެވެ.
މިއީ ރާއްޖޭގައި މިފަދަ ލޯޔަލްޓީ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. އެ ޕްރޮގްރާމާ އެކު ރަޖިސްޓްރީވާ ކަސްޓަމަރުންނަށް އެމްއެޗްއޭއިން އިތުރު ޕްރޮމޯޝަންތައް ވެސް ކުރިއަށްގެންދަން ވަނީ ރާވައިފަ އެވެ.
އެމްއެޗްއޭގެ ދެ ފިހާރައެއް މާލޭގައި ވަނީ ހުޅުވައިފަ އެވެ. އެއީ މަޖީދީމަގު މާލެ ގްރޭންޑުގައި ހުޅުވާފައިވާ ފިހާރަ އާއި ފަރީދީމަގުގައި ހުންނަ އެމްއެޗްއޭ މާޓެވެ.
އެމްޑަބްލިއުއެސްސީ ހިދުމަތުގައި ފަހަތަށް ބެލުމެއް ނެތް
ބިޔޯންޑުން "ޒާރާ"ގެ ހޯލްސޭލް ޕްރޮމޯޝަނެއް ފަށައިފި
ތައިލެންޑުގެ މަގުބޫލު ރޫމް ސްޕްރޭ ބިޔޯންޑުން ވިއްކަނީ
"މޮލިންޑޯ"ޕޭސްޓްރީ، ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް
ކުޑަކުދިންނަށް ހާއްސަ "ފަން ގޯ" ޖޫސް ދަ ބާސްކެޓުން
ބީއެޗްއެމުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ
ކުކުޅު ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް
ގޯޕްރައިމް: ރީޓެއިލް/ހޯލްސޭލް ފިހާރަތައް އެއްތަނަކުން
ކުކުޅު ފިހާރައިގެ އީ-ސްޓޯރުގެ ހިދުމަތް މުޅި ރާއްޖެއަށް
އޭސްހާޑްވެއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް