Roadha Mihaaru
ކުޑަކުދިންނަށް ހާއްސަ "ފަން ގޯ" ޖޫސް ދަ ބާސްކެޓުން

ކުޑަކުދިންނަށް ހާއްސަ "ފަން ގޯ" ޖޫސް ހޯލްސޭލްކޮށް ދަ ބާސްކެޓުން

16 ނޮވެމްބަރ 2021

ކުޑަކުދިންނަށް ހާއްސަކޮށް އުފައްދާ ބުއިމެއް ކަމަށްވާ "ފަން ގޯ" ޖޫސް ޕެކެޓު ދަ ބާސްކެޓުން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ކުޑަކުދިންނަށް ހާއްސަކޮށް އުފައްދާ ބުއިމެއް ކަމަށްވާ "ފަން ގޯ" ޖޫސް ޕެކެޓު ދަ ބާސްކެޓުން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މިދިޔަ މަހު ތައާރަފުކުރި މި ޖޫސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފަ އެވެ. މިއީ ކުދިންނަށް ބޭނުންވާ ހަކަތަ ލިއްބައިދޭ ގޮތަށް އުފައްދާފައިވާ މީރު ޖޫހެކެވެ.

ހަކުރު ހުންނަ ބުއިންތަކުން ކުދިންގެ އުޅުމަށް ބަދަލު އައިސް "ހައިޕަ" ވުމަކީ ދިމާވާ މައްސަލައެކެވެ. ނަމަވެސް ފަން ގޯ ޖޫހަކީ މި ކަންކަމަށް ވިސްނައިގެން އުފައްދާފައިވާ ޝުގަ ފްރީ އަދި ވީގަން ބުއިމެކެވެ.

ލަންޗު ބޮކްސްގައި ފަންގޯ ޖޫސް ޕެކެޓެއް ބަހައްޓާފައި: ތަފާތު ފްލެވާތައް ދަ ބާސްކެޓުން ލިބެން ހުންނާނެ--

ލަންޗު ބޮކްސްގައި ފަންގޯ ޖޫސް ޕެކެޓެއް ބަހައްޓާފައި: ތަފާތު ފްލެވާތައް ދަ ބާސްކެޓުން ލިބެން ހުންނާނެ--

މި ޕެކެޓު ތައްޔާރު ކޮށްފައިވަނީ ވެސް ކުޑަކުދިން ޝައުގުވެރިވާ ގޮތަކަށެވެ. ކޮންމެ ޕެކެޓެއްގެ ބޭރުގައި "މޮންސްޓާ" އެއް ކުރަހައި ކުޑަކުދިންނަށް ކަމުދާ ގޮތަށް ހުންނަނީ ޑިޒައިންކޮށްފަ އެވެ.

މިއީ އާއްމުކޮށް ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ ބުއިންތަކަށްވުރެ އަގުހެޔޮ އުފެއްދުމެއް ވެސް މެ އެވެ. ފަސް ރަހަޔަކުން ލިބޭ މި ބްރޭންޑުގެ ބުއިންތައް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާނީ ދަ ބާސްކެޓުންނެވެ.

ފަން ގޯ ޖޫސް މާލޭގެ އިތުރުން ރަށްރަށަށް ވެސް ދަ ބާސްކެޓުން ޑިސްޓްރިބިއުޓް ކުރެ އެވެ. ރަށްތަކުން ހޯލްސޭލްކޮށް ގަތުމުން އެ ރަށެއްގެ ބޯޓަށް ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ އެވެ. ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ނަމަ 9199966 އަށް ގުޅައިގެން ނުވަތަ ދަ ބާސްކެޓަށް ގޮސްގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ.