Roadha Mihaaru
އަގުހުރި އިނާމުތަކާ އެކު ރެއިންބޯ އިޔާ އެންޑް ސޭލް

ބޮޑެތި ޑިސްކައުންޓާއި އަގުހުރި އިނާމުތަކާ އެކު ރެއިންބޯ އިޔާ އެންޑް ސޭލް

27 ނޮވެމްބަރ 2022

ބޮޑެތި ޑިސްކައުންޓުތަކާއި އަގުހުރި އިނާމުތަކެއް ލިބޭ، "އިޔާ އެންޑް ސޭލް" ރެއިންބޯއިން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބޮޑެތި ޑިސްކައުންޓުތަކާއި އަގުހުރި އިނާމުތަކެއް ލިބޭ، "އިޔާ އެންޑް ސޭލް" ރެއިންބޯއިން ފަށައިފި އެވެ.

މިއީ ރެއިންބޯއިން ކޮންމެ އަހަރަކު ވެސް އަހަރު ނިންމާލުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި ރެއިންބޯއިން ލިބެން ހުންނަ ވަރަށް ގިނަ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ޕްރޮމޯޝަން ނިމުމުން، ނަސީބުވެރި ތިން ފަރާތެއް ހޮވާނެ އެވެ.

ރެއިންބޯގެ ޕްރޮމޯޝަނާއި ގުޅޭ ގޮތުން ކޮށްފައިވާ ޕޯސްޓެއް.

ޕްރޮމޯޝަންގައި ގުރުއަތުން އެއް ވަނަ އަށް ހުށަހަޅާފައި ވަނީ މައިކްރޮސޮފްޓް ސާފޭސް ޕްރޯއެކެވެ. ދެ ވަނަ އަށް 55 އިންޗީގެ ޓީވީއެއް އަދި ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ދޮންނަ މެޝިނެކެވެ. ޕްރޮމޯޝަނުގެ ގުރުއަތުނެގުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ ޖެނުއަރީ 10ގެ ނިޔަލަށެވެ.

ރެއިންބޯގެ އެ ޕްރޮމޯޝަން އެ ކުންފުނީގެ ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށް ދާނެ އެވެ. ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑް ވެއާ، ރެއިންބޯ ސެންޓްރަލް، ރެއިންބޯ ތިނަދޫ، ރެއިންބޯ އައްޑޫ، ރެއިންބޯ އޮފީސް ސިސްޓަމް، ރެއިންބޯ އޮންލައިން ސްޓޯރު އަދި އެވޯކްގައި ވެސް އެ ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.