Roadha Mihaaru
ރެއިންބޯ އިޔާ އެންޑް ސޭލް ފަށައިފި

ރެއިންބޯ އިޔާ އެންޑް ސޭލް ފަށައިފި

25 ނޮވެމްބަރ 2019

މި އަހަރުގެ އިޔާ އެންޑް ސޭލް ރެއިންބޯއިން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ އިޔާ އެންޑް ސޭލް ރެއިންބޯއިން ފަށައިފި އެވެ.

މި ހާއްސަ ސޭލް ރެއިންބޯ އެންޓަޕްރައިޒަސްގެ ފަރާތުން ހިންގާ ރެއިންބޯ ލިވިން މޯލާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އާއި ރެއިންބޯ ތިނަދޫ އާއި ރެއިންބޯ އޮފީސް ސިސްޓަމާއި ރެއިންބޯ އައްޑޫގެ އިތުރުން ރެއިންބޯ އޮންލައިން ސްޓޯރުގައި ވެސް ކުރިއަށްދާނެ އެވެ.

މިއަދު ފަށާ މި ސޭލް އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ހާއްސަ ސޭލްގެ ދަށުން 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ހާއްސަ ޕްރޮމޯޝަނުން ހޮވޭ ތިން ނަސީބުވެރި ފަރާތެއްގެ ބިލްގެ ޖުމްލަ އަދަދު އަނބުރާ ލިބޭނެ އެވެ. މި ސޭލްގެ ގުރުއަތު ނެގުން އޮންނާނީ ފެބްރުއަރީ 1، 2020 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު ވެސް ރެއިންބޯއިން އިޔާ އެންޑް ސޭލް ކުރިއަށް ގެންދިޔަ އެވެ. އެފަހަރުގެ ސޭލަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ރެއިންބޯއަކީ ރާއްޖޭގައި ފަނުރީޗަރާއި ގޭތެރެ އަށް ބޭނުންވާ ސާމާނު ވިއްކުމުގައި ނަން މަޝްހޫރު ކުންފުންޏެކެވެ.