Roadha Mihaaru
ސެމްސަންގް މެދުފަންތީގެ ފޯނުތަކަށް ވަޔަލެސް ޗާޖިން

ސެމްސަންގް މެދުފަންތީގެ ފޯނުތަކަށް ވަޔަލެސް ޗާޖިން

05 އޮކްޓޯބަރ 2018

ވާދަވެރި މާކެޓްގައި ގަދަބާރަކަށް ވުމަށް، ސެމްސަންގް ބޮލުން ކުޅެން ފަށައިފި އެވެ. ގެލަކްސީގެ އަގު ބޮޑު ފޯނުތަކުގައި ހުރި ފީޗާތައް، މެދުފަންތީގެ ފޯނުތަކަށް ގެނެސް ކުލަވަރު ރީތިކުރަން ވަނީ ފަށައިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވާދަވެރި މާކެޓްގައި ގަދަބާރަކަށް ވުމަށް، ސެމްސަންގް ބޮލުން ކުޅެން ފަށައިފި އެވެ. ގެލަކްސީގެ އަގު ބޮޑު ފޯނުތަކުގައި ހުރި ފީޗާތައް، މެދުފަންތީގެ ފޯނުތަކަށް ގެނެސް ކުލަވަރު ރީތިކުރަން ވަނީ ފަށައިފަ އެވެ.

ސްމާޓްފޯން މާކެޓްގައި ސެމްސަންގް އަށް ވެސް ވަނީ ވާދަވެރިންނާ ކުރިމަތިލާން ޖެހިފަ އެވެ. ޗައިނާގެ ވާވޭ، އޮޕޯ އަދި ޝޯމީ ފަދަ ކުންފުނިތަކުން އުފައްދާ އަގު ހެޔޮ ފޯނުތަކުގެ ސަބަބުން، ސެމްސަންގަށް ވަނީ އެ އަށް ވުރެ މޮޅަށް ވިޔަފާރި ދަސްކުރަންޖެހިފަ އެވެ. އަގު ބޮޑު ފޯނުތައް، ގެލަކްސީ ނޯޓް އަދި ގެލަކްސީ އެސް މަރުކާގެ ފޯނުތަކުގައި ހުރި ފެންވަރު ރަނގަޅު ފީޗާތައް، އަގު ހެޔޮ ފޯނުތަކަށް ގެންނަނީ މި ސަބަބަށްޓަކަ އެވެ.

ސައުތު ކޮރެއާގެ އޮންލައިން ނޫސްތަކުން ބުނާ ގޮތުގައި، "ގެލަކްސީ އޭ" އަދި "ގެލަކްސީ ޖޭ" ފަދަ މަރުކާގެ ފޯނުތަކުގައި ވަޔަލެސް ޗާޖިން ހިމަނައި، އެ ފޯނުތަކަށް ޚާއްސަ ވަޔަލެސް ޗާޖަރެއް ސެމްސަންގުން އެބަ އުފައްދަ އެވެ. މި ފޯނުތަކުގައި ވަޔަލެސް ޗާޖިން ހިމެނި ނަމަވެސް، އަގު ބޮޑު ފޯނުތަކެއް ގޮތުގައި ކަނޑަނާޅާނެ ކަމަށް ވެސް ވެ އެވެ.

ސެމްސަންގުން ގެލަކްސީ މެދުފަންތީގެ ފޯނުތަކަށް ދޭ ސަމާލުކަން އިތުރުކޮށް، ގެލަކްސީ އެސް މަރުކާގެ ފޯނުތައް ފަދައިން ޑިސްޕްލޭ ލަންބާލަން ވަނީ ގަސްދުކޮށްފަ އެވެ. ބޭނުމަކީ މެދުފަންތީގެ ފޯނުތަކަށް ތަރުހީބު އިތުރުކޮށް ކުންފުންޏަށް އާމްދަނީ އިތުރުކުރުމެވެ.