Roadha Mihaaru

ނޯޓް 9 ރިލީޒް ނުކުރަނީސް ހުރިހާ ކަމެއް ހާމަޔަށް

07 އޯގަސްޓް 2018

ސެމްސަންގުން ގެލެކްސީ ނޯޓް 9 ތައާރަފްކުރަން ހަމަޖައްސާފައި ވަނީ މި މަހުގެ 9 ގަ އެވެ. އެކަމަކު ސެމްސަންގަން "އޮޅިގެން" ހާމަކުރެވުނު ބައެއް މައުލޫމާތާ އެކު މި ފޯނުގެ ހުރިހާ މައުލޫމާތެއްހެން މާކުރިން އޮތީ އެނގިފަ އެވެ. މިހެން އޮއްވައި ސެމްސަންގް ނިއުޒިލޭންޑުގެ ޔޫޓިއުބް ޗެނަލްގައި ފޯނުގެ ޕްރޮމޯ ވީޑިއޯ ވެސް އާންމުކޮށްލެވުނީ އެވެ.

ކުރިން ލަފާކޮށްގެން ތިބި ކަންކަން މިހާރު "ކަށަވަރު"ވީ ކަމަށް ބެލިދާނެ އެވެ. އެކަމަކު ކުރިން އެނގިފައިވާ ކަންކަމުގެ އިތުރަށް ހާމަވީ އާ ފޯނުގެ ސްޓޮރޭޖް އާދަޔާ ހިލާފަށް ބޮޑުކޮށްފައި ވުމެވެ.

ވީޑިއޯގައި ދައްކާ ގޮތުން ނަމަ މިއީ 1 ޓީބީއާ ހަމަޔަށް ސްޓޮރޭޖް އިތުރުކޮށްލެވޭނެ ފޯނެކެވެ. ފޯނުގެ އިންޓާނަލް މެމަރީ 512 ޖީބީ އެވެ. މިއީ ވަރަށް ބޮޑު އަދަދެއް ކަމަށް ބުނަން ޖެހެނީ ވާދަވެރި އައިފޯނުގެ ވެސް އެންމެ ބޮޑު ކެޕޭސިޓީއަކީ 256 ޖީބީ ކަމަށް ވާތީ އެވެ.

ހަގީގަތުގައި މިއީ ސެމްސަންގުން ވެސް ކުރީގެ އާދަޔަށް އެނބުރި އައުމެކެވެ. ފޯނުގެ އިންޓާނަލް ސްޓޮރޭޖް ކުޑަކުރުމަށް ފަހު އެކްޕެންޑަބްލް މެމަރީ އިތުރުކުރެވޭ ގޮތް ހަދަމުން ދިއުން ދޫކޮށްލީ އެވެ.

ނޯޓް 9 ގެ އެސް ޕެންގެ ފެންވަރު ރަނގަޅުކޮށް އަދި ބެޓެރީގެ ބާރު ވެސް ވަނީ ގަދަކޮށްފަ އެވެ. ބުނެވޭ ގޮތުގައި އެސް ޕެން މިފަހަރު ވަނީ ބްލޫޓޫތު ޑިވައިސް އަކަށް ބަދަލުކޮށްފަ އެވެ.

"ސުޕަ ޕަވާ" އެއް ކަމަށް ސެމްސަންގުން ބުނާ މި ފޯނުގައި މި ފީޗާތައް ހުރެއްޖެ ނަމަ ހަގީގަތުގައި ވެސް ވާނީ މުހިންމު ބަދަލަކަށެވެ.