Roadha Mihaaru
ގެލަކްސީ ނޯޓް 9 އަށް ފަހު، ނޯޓް މަރުކާ ހުއްޓާލަނީ

ގެލަކްސީ ނޯޓް 9 އަށް ފަހު، ނޯޓް މަރުކާ ހުއްޓާލަނީ

24 ޖުލައި 2018

ސެމްސަންގް ގެލަކްސީ ނޯޓް 9 އަށް ފަހު، ނޯޓް މަރުކާގެ އިތުރު ފޯނެއް ދެން ނުނެރޭނެ ކަމަށް ބުނެވެން ފަށައިފި އެވެ. އިލެކްޓްރޯނިކް ސިނާއަތުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، މިއީ ނުވުމަށް ވުރެ، ވުން ކައިރި ކަމެއް ކަމަށް ބެލެވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމްސަންގް ގެލަކްސީ ނޯޓް 9 އަށް ފަހު، ނޯޓް މަރުކާގެ އިތުރު ފޯނެއް ދެން ނުނެރޭނެ ކަމަށް ބުނެވެން ފަށައިފި އެވެ. އިލެކްޓްރޯނިކް ސިނާއަތުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، މިއީ ނުވުމަށް ވުރެ، ވުން ކައިރި ކަމެއް ކަމަށް ބެލެވެ އެވެ.

ގެލަކްސީ ނޯޓް އާއިލާ ހުއްޓާލަން އުޅޭ ކަމަށް ބެލެވޭ އެއްވެސް އިޝާރާތެއް، ސެމްސަންގުގެ ކިބައިން އަދި ނުފެނެ އެވެ. ނަމަވެސް، މިއީ ވެދާނެ ކަމެއް ކަމަށް ބެލެވޭ ސަބަބުތަކެއް އެބަ ހުއްޓެވެ.

ގެލަކްސީ އެސް މަރުކާގެ ފޯނުތައް އަދި ނޯޓް މަރުކާގެ ފޯނުތަކަކީ، ސެމްސަންގުން ނެރޭ އެންމެ ބާރުގަދަ ފޯނުތަކެވެ. ސްމާޓްފޯން މާކެޓަށް ޖުމުލަ ގޮތެއްގައި ބެލި ނަމަވެސް، މި ދެ ފޯނު ހިމެނެނީ މަތީ ފަށަލައިގަ އެވެ. ނަމަވެސް، ގެލަކްސީ ނޯޓް މަރުކާގެ ފޯނުތަކަށް ބަލާއިރު، ނޯޓްތައް ކޮރަން ގެންގުޅޭ ދަނޑިކޮޅުގެ ކުޅަދާނަކަން ފިޔަވައި، ގެލަކްސީ އެސް މަރުކާގެ ފޯނުތަކާ ބޮޑު ފަރަގެއް ނުހުރެ އެވެ. އެހެންކަމުން، ބާރުވެރިކަމުގައި އެއް ހަމައެއްގެ ދެ ފޯނު އަދި އެއް ދުވަސްވަރެއްގައި ނެރުމަކީ ވިޔަފީރި އުސޫލުން ރަނގަޅު ކަމެއް ގޮތުގައި ސެމްސަންގް އަށް ތަޖުރިބާކުރެވިފައެއް ނުވެ އެވެ.

ގެލަކްސީ ނޯޓް އުފައްދައި މާކެޓްކުރަން ހިނގާ ޚަރަދު އަދި "އެސް" އުފައްދައި މާކެޓްކުރަން ހިނގާ ޚަރަދު އެއީ މި ދެފޯނުން ކުރެ ކޮންމެވެސް އެއް ފޯނެއް އުަފައްދައި މާކެޓްކުރަން ހިނގާ ޚަރަދަށް ހެދިއްޖެ ނަމަ އެއީ ކުންފުންޏަށް ފައިދާ ބޮޑު ގޮތް ކަމަށް ސެމްސަންގަށް ވަނީ ވިސްނިފަ އެވެ.

އިލެކްޓްރޯނިކް ސިނާއަތުގައި ހުރި ވާހަކަތަކަށް ބަލާއިރު، ގެލަކްސީ އެސް މަރުކާގެ ފޯނަކަށް ދަނޑިކޮޅު ދިނުމުން، ނޯޓަކަށް ވީ އެވެ. މި މިސްރާބަށް އަމާޒުހިފައި ކުންފުނި ދީއްލައިލަފާނެ ކަމަށް އަންދާޒާކުރެވެ އެވެ. ސެމްސަންގް ގެލަކްސީ ނޯޓް 9 ބޯމަތިވެފައި ވާއިރު، "އެސް" މަރުކާގެ ފޯނުތައް ސައިޒުތަކަކަށް ބަހާލާނެ ކަމަށް ވެސް ބުނެވެ އެވެ. އަދި އޭގެ ތެރެއިން ކޮންމެވެސް ސައިޒަކަށް "ސްޓައިލަސް" ދިނުމުން ބާރުގަދަ ނޯޓަކަށް ވީ އެވެ.