03 އޯގަސްޓް 2016
ސްމާޓްފޯނެއްގައި ހުރުމަށް އެދޭ ހުރިހާ ފަސޭހަކަމެއް، ސެމްސަންގް ގެލަކްސީ އެސް7 ގައި އެބަ ހުއްޓެވެ. އެ ސީރީޒުގައި ދެން އޮތީ ގެލަކްސީ އެސް8 އެވެ. އެސް7 ގައި ނެތް މޮޅުކަމެއް، އެސް8 ގައި ހިމަނަން ހުރީ ކޮން ކަމެއް ހެއްޔެވެ؟ ކުރަން ރަނގަޅު ސުވާލެކެވެ.
ސްމާޓްފޯނެއްގައި ހުރުމަށް އެދޭ ހުރިހާ ފަސޭހަކަމެއް، ސެމްސަންގް ގެލަކްސީ އެސް7 ގައި އެބަ ހުއްޓެވެ. އެ ސީރީޒުގައި ދެން އޮތީ ގެލަކްސީ އެސް8 އެވެ. އެސް7 ގައި ނެތް މޮޅުކަމެއް، އެސް8 ގައި ހިމަނަން ހުރީ ކޮން ކަމެއް ހެއްޔެވެ؟ ކުރަން ރަނގަޅު ސުވާލެކެވެ.
ގެލަކްސީ އެސް8 މާކެޓަށް ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކުރީކޮޅު އެވެ. ގެލަކްސީ އެސް7 ގައި ހުރި، ހުރިހާ ފީޗާއެއް އެސް8 ގައި ހުންނާނެ އެވެ. ގެލަކްސީ ނޯޓް7 ގައި އަލަށް ގާއިމުކުރި ފީޗާއެއް ނަމަ އެ ވެސް ވާރުތަކުރާނެ އެވެ. އެހެން ނަމަވެސް ބަލަން މި އުޅެނީ އޭގެ އިތުރުން ދެން ހުންނާނެ ކަމަށް ބެލެވޭ ފީޗާތަކަށެވެ.
މައިކްރޮއެސްޑީ ކާޑަށް ވުރެ ދުވެލި ބާރު ކާޑެއް ސެމްސަންގުން އުފައްދައިފި އެވެ. "އެއީ ޔޫއެފްއެސް" (ޔުނިވާސަލް ފްލޭޝް ސްޓޯރޭޖް) ކާޑެވެ. ހިތާމަ އަކީ ޔޫއެފްއެސް ކާޑު ބޭނުންކުރެވޭ ޑިވައިސްއެއް އަދި ދުނިޔޭގައި ވެސް ނެތުމެވެ. މައިކްރޮއެސްޑީ ކާޑާއި، ޔޫއެފްއެސް ކާޑް އެއް ސްލޮޓެއްގައި ބޭނުންކުރެވޭ ގޮތް ސެމްސަންގުން ވަނީ ހަދާފަ އެވެ. ގެލަކްސީ އެސް8 ގައި ޔޫއެފްއެސް ކާޑް ސްލޮޓެއް ހުންނާނެ ކަމަށް ބެލެވެ އެވެ.
ފޯނެއްގައި 128ޖީބީ "އިންޓާނަލް ސްޓޯރޭޖް" ހުރުން އާދަޔާ ޚިލާފު ކަމަކަށް މިހާރު ނުވެ އެވެ. އެދެވެނީ އެސް8 ގައި އެ އަށް ވުރެ "އިންޓާނަލް" ޖާގަ އިތުރުވުމެވެ.
ގެލަކްސީ ފޯނުތައް ދުވާލަކު އެއް ފަހަރު ޗާޖުކުރަން ޖެހެ އެވެ. އެއީ ވަރަށް ބަލައިގެން އުޅޭ މީހަކަށް ވެސް ވާ ވަރެވެ. އެސް8 އަށް އުމުރު ދިގު ބެޓެރީއެއް ކޮންމެހެން ވެސް މުހިންމެވެ. އެއް ދުވަހަށް ވުރެ ގިނައިރު ޗާޖު ހުންނާނެ ކޮންމެ ވެސް ގޮތެއް ކަށަވަރުވާން ޖެހެ އެވެ.
ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް ކޮންމެހެން ވެސް މުހިންމެވެ. ކަނު އަނދިރީގައި ވެސް ބެޓެރީ ޗާޖުކުރަން ޖެހެ އެވެ. ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓަރު ފޯނަށް ގުޅުމަށް ފުށް ބަދަލުކުރާކަށް ނުޖެހެ އެވެ. ގެލަކްސީ ނޯޓް7 އަށް ވެސް ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް ވަނީ ދީފަ އެވެ. ބެލެވޭ ގޮތުގައި ނޯޓް7 އަށް ވުރެ އެ ޕޯޓް ފުރިހަމަވާނެ އެވެ.
ސްކްރީން ރިޒޮލޫޝަން އޮބި ނޯންނަ ވަރު ވެގެން ނޫނީ ވާކަށް ނެތެވެ. އެސް8 ގައި "4ކޭ" ޑިސްޕްލޭއެއް އަޅުވައިގެން މެނުވީ ވާދަވެރިން ހިތްތަޅުވައެއް ނުލެވޭނެ އެވެ. ސެމްސަންގް އަކީ ޑިސްޕްލޭ ޓެކްނޮލޮޖީ އަށް ފަރިތަ ކުންފުންޏެކެވެ.
ގެލަކްސީ އެސް8 ގައި ކިތަންމެ ގިނަ ފީޗާތަކެެއް ހިމެނި ނަމަވެސް ބޭނުންކުރާ މީހުންނަށް އެންމެ މުހިންމީ އަގެވެ. ސެމްސަންގް އަކީ ހާޑްވެއާ އަދި ސޮފްޓްވެއާ އަމިއްލަ އަށް އުފައްދާ ކުންފުންޏަކަށް ވުމުން، އެދެވެނީ ފޯނުގެ އަގު ވެސް ޖީބަށް ލުއިވުމެވެ.
ގެލަކްސީ އެސް8 ގައި އިތުރު ފީޗާއެއް ހުރުމަށް އެދޭ ނަމަ މަތީގައި އެ ވާ ވީޑިއޯ ބަލާލާށެވެ. ދެ ކެމެރާގެ ވާހަކަ އަދި ނުދައްކަމެވެ. ބުނަން ދެން އޮތީ ކޮން އެއްޗެއް ހެއްޔެވެ؟
ކޮންމެ މީހެއްގެ ފިންގަޕްރިންޓުން ވެސް އެސް10 ހުޅުވޭ
ސެމްސަންގް މެދުފަންތީގެ ފޯނުތަކަށް ވަޔަލެސް ޗާޖިން
އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި މާ ގަދަ
ސެމްސަންގް ގެލަކްސީ ނޯޓް 9: އެންމެ ތަފާތީ ކުލަތައް
ނޯޓް 9 ރިލީޒް ނުކުރަނީސް ހުރިހާ ކަމެއް ހާމަޔަށް
ގެލަކްސީ ނޯޓް 9 އަށް ފަހު، ނޯޓް މަރުކާ ހުއްޓާލަނީ
ސެމްސަންގް ނޯޓް 8 ދައްކާލައިފި؛ އަގު ވަރަށް ބޮޑުވާނެ
ގެލަކްސީ ނޯޓް 8: އޮންނާނެ ކަމަށް ބެލެވޭ ސިފަ
ކަޅި ދެނެގަންނަ ސެންސަަރެއް ހިމެނޭ ނޯޓު 7 ދައްކާލައިފި
އޯގަސްޓްގައި ގެލެކްސީ ނޯޓް 6 ދައްކާލަފާނެ