02 އޮކްޓޯބަރ 2018
ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅާލަން ސަރުކާރުން ކޯޒްވޭ ހަދާފައި ވަނީ، އޭގެ ސަބަބުން ހޯޑެއްދޫގެ ދަނޑުތައް ހަލާކުވުމުގެ ފުރުސަތު އޮތް ކަން އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅާލަން ސަރުކާރުން ކޯޒްވޭ ހަދާފައި ވަނީ، އޭގެ ސަބަބުން ހޯޑެއްދޫގެ ދަނޑުތައް ހަލާކުވުމުގެ ފުރުސަތު އޮތް ކަން އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެންވަޔަރުމަންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް (އީއައިއޭ) ގައި ބުނެފައި ވަނީ އެއް ފަޅެއްގައި އޮންނަ މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލަން ކޯޒްވޭ ހެދުމުން ހޯޑެއްދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.
"އީއައިއޭ ރިޕޯޓުގައި، ކޯޒްވޭ ހަދައިފި ނަމަ ދަނޑުތަކަށް ގެއްލުންވާނެ ކަމަށް ބުނެފައި ވަނީ. އެއީ އެތަން ހެދުމުގެ ކުރިން ވެސް ސަރުކާރަށް އެނގޭނެ މައުލޫމާތު،" ނޫހުގައި ނަން ނުޖެހުމަށް އެދިވަޑައިގެން ވާހަކަދެއްކެވި، ސަރުކާރުގެ ކަމާ ބެހޭ ބޭފުޅަކު ވިދާޅުވި އެވެ.
ހޯޑެއްދު އަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ. އެގޮތުން އެރަށުގެ ތިން ބައިކުޅަ ދެބައިގައި އޮންނަނީ ދަނޑު ހައްދާފައި ކަމަށްވެ އެވެ. އެކަމަކު މި ފަހަރުގެ އުދާގައި ރަށުގެ ވަރަށް ގިނަ ދަނޑުތަކަށް ލޮނުގަނޑު ވަދެފައިވެ އެވެ.
އެހެންވެ ހޯޑެއްދޫ ރައްޔިތުން ނިކުމެ ވަނީ ކޯޒްވޭ ހަލާކުކޮށް، އެ ހިސާބުން އޮއި ދަތުރު ކުރެވޭނެ ގޮތް ހަދައިފަ އެވެ.
މަޑަވެލީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަޒަމް ވިދާޅުވީ މިދިޔަ މަހު އުދަ އެރި ދުވަސްކޮޅު އޭނާ އެ ރަށަށް ވަޑައިގެންނެވި އިރު ކަކުލާ ހަމައަށް ލޮނުގަނޑު ބޮޑުވެފައި އޮތް ކަމަށެވެ.
"މި ދެ ރަށް ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ ކޯޒްވޭ ހަދާފައި އޮތް ގޮތުން ރަށަށް ލޮނު އަރާނެކަން. މިއީ ސިޔާސީ ގޮތުން ކުރި ކަމެއް. ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ފެއްޓި މަސައްކަތެއް މިއީ. ރައްޔިތުންނަށް ކޮށްދިން ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޮއި ބާރު ސަރަހައްދު ބައްދާލައި، ވެލީގެ ފާލަމެއް އެޅުމުން އެކަށީގެންވާ ވަރަށް ލޮނުގަނޑު ދެމިގެން ނުދާތީ، ދިޔަވަރު ބޮޑުވެ، އުދައިގެ އަސަރުކުރާ ދުވަސްވަރު ހޯޑެއްދޫގެ ހުރިހާ ފަރާތަކަށް ވެސް ވަނީ ރާޅު އަރައިފަ އެވެ. އަދި ބައެއް ފަހަރު ކޯޒްވޭ މަތިން ވެސް ލޮނުގަނޑު އަރަ އެވެ.
ކޯޒްވޭ ހެދީ ތިން ދިމާލަކުން ލޮނުގަނޑު ދައުރުވާ ގޮތަށެވެ. އެކަމަކު އެއީ އެ ސަރަހައްދުގެ އޮއިވަރު އޮންނަ ގޮތުން އެކަށީގެންވާ ވަރުގެ ޖާގަތަކެއް ނޫން ކަމަށްވެ އެވެ.
ކޯޒްވޭ ހަލާކުކޮށްލުމުން ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ވެސް އެކަން ކުށްވެރިކުރެއްވި އެވެ.
ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން، 2016 ވަނަ އަހަރު ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ.
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަށް 84 މިލިއަން ރުފިޔާ
މަޑަވެލީގެ އިހްތިސާސްގައި ހާދޫ ހިމަނަން އެދިއްޖެ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަލުން ހަދަނީ
ބަޔަކު ނުކުމެ މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލައިފި
ކޯޒްވޭ ކަނޑާލުމާ މަޑަވެލި ކައުންސިލުން ދެކޮޅު
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ނަގަން އެދިއްޖެ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ބަަދަލު ހޯދަން އެދެވިދާނެ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަކީ އިސްރާފެއް: ރިޕޯޓް
ހޯޑެއްދޫ-މަޑަވެލި ހިމާޔަތްކުރަން އެދުނިން: މުއިއްޒު
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލުން ގަބޫލެއް ނުކުރަން