01 އޮކްޓޯބަރ 2018
ސައޫދީ އަރަބިއްޔާ އަށް މި ފަހުން ބޮޑެތި ބަދަލުތަކެއް އެބަ ގެނެ އެވެ. އެގޮތުން އަންހެނުންނަށް މަނާކޮށްފައި އޮތް ކިތަންމެ ކަމެއް ވަނީ ހުއްދަކޮށްފަ އެވެ.
ސައޫދީ އަރަބިއްޔާ އަށް މި ފަހުން ބޮޑެތި ބަދަލުތަކެއް އެބަ ގެނެ އެވެ. އެގޮތުން އަންހެނުންނަށް މަނާކޮށްފައި އޮތް ކިތަންމެ ކަމެއް ވަނީ ހުއްދަކޮށްފަ އެވެ.
ސައޫދީގެ އަންހެނުންނަށް މި ފަހުން ލިބުނު އެންމެ ބޮޑު އެއް ފުރުސަތަކީ ކާރު ދުއްވުމުގެ ހުއްދަ ލިބުމެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ހުޅުވުނު ދޮރާއެކު ސައޫދީގެ ބައެއް ޒުވާން އަންހެނުން މިހާރު އަންނަނީ ރޭސިންއާ ދިމާއަށް ވެސް މިސްރާބު ޖަހަމުންނެވެ.
އަންހެންވެރިންނަށް ސައުދީގައި ލިބެމުން އަންނަ ފަހި ފުރުސަތުތަކާ އެކު ޔޯގާއާ އެކު އަންހެނުން މިހާރު އަންނަނީ ދެމިލަމުންނެވެ. ކުޅިވަރެއްގެ ގޮތުގައި ސައޫދީގައި ޔޯގާ އަށް ރަސްމީކޮށް ހުއްދަ ދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ސައުދީގެ އަންހެނުންތަކެއް ޔޯގާ ކުލާހެއްގައި.
މިއީ ޒުވާން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގައުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވަން ފެށި ފަހުން އަންނަން ފެށި ބަދަލުތަކެކެވެ. ސިނަމާތައް ހުޅުވައި، އެ ގައުމުގައި އަލުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް އަލުން ފަށާފައި ވަނީ ސަލްމާންގެ ސިޔާސަތުތަކުގެ ދަށުންނެވެ.
ސައުދީގެ ވަރަށް ގިނަ އަންހެނުން މިހާރު އަންނަނީ ޔޯގާ ހަދައި، ވިޔަފާރިއެއްގެ ގޮތުގައި ވެސް ޔޯގާގެ ހިދުމަތް ދެމުންނެވެ. އެގޮތުން މައްކާ އާއި މަދީނާ އާއި ޖިއްދާ އަދި މަރްވާއީ ފަދަ ސިޓީތަކުގައި އަންނަނީ ޔޯގާ ސްޓޫޑިއޯތައް ގިނަވެ، އެތަންތަނުގެ ބޭނުން ހިފާ އަންހެނުންގެ އަދަދު ވެސް އިތުރުވަމުންނެވެ. މީގެ ސަބަބުން ޔޯގާގެ ހިދުމަތުން އާމްދަނީ ލިބޭ އަންހެނުން ވެސް އަންނަނީ އިތުރުވަމުންނެވެ.
ޔޯގާ ޓްރެއިނަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އަރަބް ޔޯގާ ފައުންޑޭޝަންގެ ވެރިޔާ ނައުފް މަރްވާއީ ބުނި ގޮތުގައި މީގެ ފަސް ވަރަކަށް އަހަރު ކުރިން ސައުދީގައި ޔޯގާ ޕްރެކްޓިސް ކުރުމަކީ ބޮޑު ނުރައްކަލެކެވެ. އެކަމަކު އޭނާއަކީ ޔޯގާ އަށް ހޭލުންތެރި ކުރުމަށް ފާއިތުވި ތަނުގައި ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި މީހެކެވެ.
ސައުދީގެ އަންހެނުންތަކެއް ޔޯގާ ކުލާހެއްގައި.
"ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި މީގެ ކުރިން އަހަރެމެން ޔޯގާ ޕްރެކްޓިސް ކުރީ. އަދި މީގެ ސަބަބުން އެކި ކަހަލަ އިންޒާރުތައް ކެނޑިނޭޅި ލިބެމުން ދިޔަ،" 38 އަހަރުގެ ނައުފް ބުންޏެވެ.
މިހާރު ގަވައިދުން ޔޯގާ ހަދާ ސައުދީގެ ބައެއް އަންހެނުން މީޑިއާތަކަށް ބުނި ގޮތުގައި މިއީ އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލެއް ގެނެސްދިން ކަމެކެވެ. އެގޮތުން ކުރިން ހަށިގަނޑުގައި ހުރި ބަރުހެލިކަމާއި އުނދަގޫތައް ޔޯގާ ސަބަބުން ނެތެމުންދާ ކަމަށް ބުންޏެވެ.
"މި ކަހަލަ ފުރުސަތުތައް އަންހެނުންނަށް ފަހިކޮށް ދީގެން ނޫނީ ދުޅަހެޔޮ ޖީލެއް ވެސް ބިނައެއް ނުކުރެވޭނެ،" ސިއްހީ މައުލޫމާތު ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާ އާޔަތު ސައްމާން، 32، ބުންޏެވެ.
ސައުދީގެ އަންހެނުންތަކެއް ޔޯގާ ކުލާހެއްގައި.
އޭނާ ފާހަގަކުރި ގޮތުގައި ކުރިން ހަރަކާތްތެރި ކުޑަވެ، ހެލިފެލިވެ އުޅެން ދަތިވެފައިވާ އަންހެނުންނަށް ޔޯގާއާ އެކު މިހާރު ވަނީ އާ ދިރިއުޅުމެއް ލިބެން ފަށައިފަ އެވެ. އަދި މިއީ ހިތުގެ މައްސަތަލަތަކާއި ޑިޕްރެޝަނާއި އެ ނޫން ވެސް ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަކަށްވާތީ، ސައުދީގެ ވަރަށް ގިނަ އަންހެނުން ޔޯގާ އަށް ލޯބިކުރަން ވެސް ފަށާފައިވާ ކަމަށް އާޔަތު ބުންޏެވެ.
"މިއީ އަހަރެން އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރަމުން އައި ކަމެއް. މިހާރު އެއްވެސް ބިރެއް ނެތި ޔޯގާ ހަދަން ލިބޭތީ އުފަލުން ގޮސް ރޭވޭ ފަހަރު ވެސް އާދޭ،" ޔާސްމީން މަކްރީ، 32، ބުންޏެވެ.
ސައޫދީގައި ރޭލު ދުއްވަން އަންހެން ޑްރައިވަރުން ނެރެނީ
ސައޫދީގައި ޔޯގާ ރެފްރީން ތަމްރީންކޮށްފި
މަހްރަމަކާ ނުލައި އަންހެނުން ފުރަތަމަ ފަހަރަށް ހައްޖަށް
ޕެޑް ލޯންޗްކުރި އިވެންޓްގައި އަންހެނުން ނެތުމުން ފާޑުކިޔައިފި
ބަލިވެއިނުމުގެ ދޭތެރެ ދުރުކުރަންވީ ކިހާ ވަރަކަށް؟
ސައުދީ އަންހެނުންނަށް އެދެނީ އިތުރު ކުރިއެރުން: ދުންޔާ
މާލޭގެ އަންހެނުންގެ ހާލަތު ބަލަން ނިކުންނަނީ
ފުލުހުން ތެރޭގައި އަންހެނުން އިސްވުން މުހިންމު: ސާޖިދާ
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް
މަޖިލީހަށް ކުރިމަތިލީ އެންމެ 10 ޕަސެންޓު އަންހެނުން!