Roadha Mihaaru
ޖަލުގައި ކުރި އަނިޔާއަށް ބަދަލު ދޭން ފައުޒިއްޔާ އެދެފި

އިންޑިއާ ޖަލުގައި ދިން އަނިޔާ އަށް ބަދަލު ދޭން ފައުޒިއްޔާ ގޮވާލައިފި

27 ސެޕްޓެމްބަރ 2018

އިންޑިއާ ޖަލުގައި ތިން އަހަރު ބަންދުކޮށް ތަކުރާރުކޮށް އަނިޔާ ކުރި މައްސަލައިގައި އޭނާ އަށް ބަދަލުދޭން އިންޑިއާ ސަރުކާރަށް ދިވެހި ފިލްމީ ތަރި ފައުޒިއްޔާ ހަސަން ގޮވާލައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އިންޑިއާ ޖަލުގައި ތިން އަހަރު ބަންދުކޮށް ތަކުރާރުކޮށް އަނިޔާ ކުރި މައްސަލައިގައި އޭނާ އަށް ބަދަލުދޭން އިންޑިއާ ސަރުކާރަށް ދިވެހި ފިލްމީ ތަރި ފައުޒިއްޔާ ހަސަން ގޮވާލައިފި އެވެ.

ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ބުނެ ފައުޒިއްޔާ އާއި އިތުރު ދިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ އާއި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ހައްޔަރުކޮށްފައި ވަނީ 1994 ގަ އެވެ. ކެރަލާ ޖަލެއްގައި އެ މީހުން ދެ އަހަރު ބަންދުކޮށްފައި ބެހެއްޓި އެވެ.

ޖަލުގައި ހޭދަ ކުރި ތިން އަހަރު ލިބުން އަނިޔާގެ ބަދަލު ދިނުމަށް ފައުޒިއްޔާ ގޮވާލާފައި މި ވަނީ ސައިންޓިސްޓު ނަބްމީ އަށް އެ މައްސަލައިގައި ބަދަލެއްގެ ގޮތުގައި ފަސް މިލިއަން ރުޕީސް (އެއް މިލިއަން ރުފިޔާ) އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ.

"އަޅުގަނޑަށް ބަދަލު ލިބެން ޖެހޭނެ. އިންޑިއާ ޖަލުގައި އަޅުގަނޑަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާ ދިނީ އަޅުގަނޑުގެ ކުށެއް އޮވެގެނެއް ނޫން،" ސްރީ ލަންކާގައި ހުރެ ދަ ހިންދޫ އަށް ދިން އިންޓަވިއުއެއްގައި ފައުޒިއްޔާ ބުނެފައިވެ އެވެ.

ފައުޒިއްޔާ އަދި އޭނާއާއެކު ހައްޔަރު ކުރި މަރިޔަމް ރަޝީދާ ހައްޔަރުކޮށްގެން ގެންދަނީ: ދެ އަހަރު ވަންދެން އިންޑިއާ ޖަލުގައި އަނިޔާ ކުރި ކަމަށް ފައުޒިއްޔާ ބުނޭ -- މިހާރު ފައިލް ފޮޓޯ

ފައުޒިއްޔާ އަދި އޭނާއާއެކު ހައްޔަރު ކުރި މަރިޔަމް ރަޝީދާ ހައްޔަރުކޮށްގެން ގެންދަނީ: ދެ އަހަރު ވަންދެން އިންޑިއާ ޖަލުގައި އަނިޔާ ކުރި ކަމަށް ފައުޒިއްޔާ ބުނޭ -- މިހާރު ފައިލް ފޮޓޯ

ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް 1994 ގައި އެއްބަސްވެފައި ވަނީ ވަރަށް ބޮޑެތި އަނިޔާ އާއި ބިރާ ކުރިމަތިލާންޖެހުމުން ކަމަށް ވެސް ފައުޒިއްޔާ ބުންޏެވެ.

"އިންޓެލިޖެންސް ބިއުރޯގެ ފުލުހުން ބުނީ އަޅުގަނޑުގެ އަންހެން ދަރި ހައްޔަރުކޮށް އަޅުގަނޑު ކުރިމަތީ ރޭޕް ކުރާނަމޭ. އެހެން ބުނީމަ އެ މީހުންގެ ބުނި ގޮތަކަށް އެއްބަސްވެފައި އަޅުގަނޑު ބަޔާން ދިނީ،" ފައުޒިއްޔާ ބުނެފައިވެ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ސައިންޓިސްޓު ނަބްމީ އަށް ބަދަލުގެ ގޮތުގައި ފަސް މިލިއަން ރުފީސް ދެއްކުމުގައި، އޭނާ ހައްޔަރުކޮށް ތަހުގީގުގައި އުޅުނު އިސް އޮފިސަރުން ޒިންމާ ކުރުވުމުގެ ބާރު ކެރަލާ ސަރުކާރަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ. އެ ތަހުގީގުގައި އުޅުނު ފުލުސް އޮފިސަރުން މިހާރު ތިބީ ފުލުހުންގެ ޚިދުމަތުން ރިޓަޔާކޮށްފަ އެވެ.

ނަބްމީއަށް ބަދަލުގެ ގޮތުގައި 10 ލައްކަ ރުޕީސް ދޭން އިންޑިއާގެ ހިއުމަން ރައިޓްސް ކޮމިޝަނުން 2001 ގައި ވެސް އެންގި އެވެ. އޭނާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އޭނާގެ ނަމާއި އަބުރަށް ލިބުނު ގެއްލުމުގެ އިތުރުން ތަހައްމަލުކުރެއްވި ވޭންތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯއްދެވުމަށާއި ކުށެއް ނެތި، އޭނާ ހައްޔަރުކޮށް "އޭނާގެ ނަމާއި މުސްތަގްބަލް ގެއްލުވާލި" ފުލުސް އޮފިސަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކޮށްދިނުމަށް އެދި އެވެ.