23 ސެޕްޓެމްބަރ 2018
މިއުނިކް (ސެޕްޓެމްބަރު 23) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒަށް އަބަދުވެސް އޭނާގެ އިތުބާރު އޮންނާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް ބުނެފި އެވެ.
މިއުނިކް (ސެޕްޓެމްބަރު 23) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒަށް އަބަދުވެސް އޭނާގެ އިތުބާރު އޮންނާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް ބުނެފި އެވެ.
ޖަރުމަން ލީގުގައި މި ފަހަރު ބަޔާން އިން ކުޅުނު ފުރަތަމަ ތިން މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ހަމޭސް ނުހިމެނެ އެވެ. އެކަމަކު ރޭ ރަށުން ބޭރުގައި ޝާލްކާ އަތުން 2-0 އިން ބަޔާން މޮޅުވި މެޗުގެ ފުރަތަަމަ އެގާރައިގައި ހަމޭސް ކުޅުނެވެ.
ރޭގެ މެޗުގައި ބަޔާން މޮޅުކޮށްދިނުމުގައި ހަމޭސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ރޭގެ މެޗުގެ އަށް ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ހަމޭސް އެވެ. އަދި ދެ ވަނަ ހާފުގައި ބަޔާނުން ދެ ވަނަ ލަނޑު ޖެހި ޕެނަލްޓީ ހޯދައިދިނީ ވެސް ހަމޭސް އެވެެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ރޮބަޓް ލެވަންޑޯސްކީ އެވެ.
"ވަރަށް ގިނަ ނޫސްވެރިން ވެސް ވަރަށް ގިނަ ބަޔަކު އޮޅުން ފިލުވަން ބޭނުންވޭ އަހަރެން ހަމޭސް އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުދެނީ ކީއްވެތޯ. ހަގީގަތުގައި މިއީ ދިގު ސީޒަނެއް. އަހަރެން މިއީ މި ޓީމަށް ވެސް އާ ކޯޗެއް. ފުރަތަމަ މި ދަނީ ކުޅުންތެރިން ދަސްކުރުމުގެ މަރުހަލާ. ހަމޭސް އަކީ އަހަރެން ވަރަށް ގަޔާވާ އަދި ވަރަށް އިތުބާރުކުރާ ކުޅުންތެރިއެއް،" ރޭގެ މެޗަށް ފަހު ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑަށް ދިން އިންޓަވިއުއެއްގައި ކޮވަޗް ބުންޏެވެ.
މި ފަހަރު ލީގުގައި ސައްތައިން ސައްތަ ރެކޯޑަކާ އެކު މިހާރު އޮތީ ބަޔާން އެކަންޏެވެ. ކޮވަޗް ބުނީ މުޅި ސީޒަން އެއްކޮށް އެގޮތަށް ހިފަހައްޓާލުމަކީ އަމާޒެއް ކަމަށާއި އެހެން ނަމަވެސް އެއީ ހީކުރާ ވަރަށް ވުރެން އުނދަގޫ މަސައްކަތެއް ކަމަށެވެ.
"ބަޔާންގެ ޓީމަށް ބަލާއިރު މިއީ ފަސޭހަ ކަމެއް ކަމަށް ގިނަ ބަޔަކަށް ހީވެދާނެ. އެކަމަކު ހަގީގަތުގައި ވާދަވެރި ޓީމުތައް ވެސް އޮތީ ވަރަށް ވަރުގަދަކޮށް. އަހަރެން ދެކޭގޮތުގައި އެކަން ކުރަން ވަރަށް އުނދަގޫވާނެ. ހަގީގަތުގައި ހަތަރު މެޗަށް ފަހު އެ ވާހަކަ ދެއްކުން ވެސް ރަނގަޅެއް ނޫން،" ކުރިން އެއިންޓްރެކްޓް ފްރޭންކްފާޓަށް ކޯޗުކޮށްދިން ކޮވަޗް ބުންޏެވެ.
ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ ހޮފެންހައިމްއާ 1-1 އިން އެއްވަރުވެފަ އެވެ.
ކޮމްޕެނީ އާއެކު ލީގުގައި ބެޔާނުގެ ފުރަތަމަ ބަލި
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި
ލީގު ހޯދަން ލެވަކޫސަނަށް ބޭނުން ވަނީ އެންމެ މޮޅެއް
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް
ވާދަވެރިންނަށްވުރެ ލެވަކޫސަން 10 ޕޮއިންޓް ކުރިއަށް!
ކޭން ލަނޑެއް ޖެހި، އެކަމަކު ބެޔާން އަނެއްކާވެސް ބަލި
ބެޔާނުގައި ކޭން ހުރީ އުފަލަކުން ނޫން: ޓުޗެލް
ބެޔާން ބަލިކޮށް ކޮންޓްރޯލް ލެވަކޫސަން އަށް
ޖަރުމަން ލީގުގައި ބެޔާން މިއުނިކް މައިތިރި ކޮށްފި