16 ސެޕްޓެމްބަރ 2018
ކ. އެނބޫދޫފަޅު ހިއްކައިގެން އެތަނުގައި ރިސޯޓުތަކެއް ހެދުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތައިލެންޑުގެ ކުންފުންޏަށް އެ ފަޅު ވިއްކާލީ އެންމެ ތިން މިލިއަން ޑޮލަރަށް ކަމަށާއި އެކަމަކު، އެކަން އެނގިވަޑައިގެންނެވި ހިސާބުން އެ މަޝްރޫއު ހުއްޓުވައި ދައުލަތަށް 40 މިލިއަން ޑޮލަރު ހޯއްދަވައި ދެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ކ. އެނބޫދޫފަޅު ހިއްކައިގެން އެތަނުގައި ރިސޯޓުތަކެއް ހެދުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތައިލެންޑުގެ ކުންފުންޏަށް އެ ފަޅު ވިއްކާލީ އެންމެ ތިން މިލިއަން ޑޮލަރަށް ކަމަށާއި އެކަމަކު، އެކަން އެނގިވަޑައިގެންނެވި ހިސާބުން އެ މަޝްރޫއު ހުއްޓުވައި ދައުލަތަށް 40 މިލިއަން ޑޮލަރު ހޯއްދަވައި ދެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެނބޫދޫފިނޮޅު ފަޅުގައި ރިސޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ދޫކޮށްފައި ވަނީ ތައިލެންޑުގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ސިންގް އެސްޓޭޓް ކުންފުނިން ހަދާ ކްރޮސްރޯޑްސް އިންނެވެ. މަތީ ފެންވަރުގެ އެ ރިސޯޓުތަކުގައި ޖުމްލަ 1،300 ކޮޓަރި ހުރެ އެވެ.
ގާތްގަނޑަކަށް 680 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރުވަމުން އަންނައިރު، މި ފިޔަވަހީގައި ހިމެނެނީ އެންމެ މަތީ ފެންވަރުގެ ލައިފްސްޓައިލް ދެ ރިސޯޓެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އެކަނި ބައިވެރިވެވަޑައިގެން، ދިވެހި ގައުމީ ޔުނިވަސިޓީން ބޭއްވި ބަހުސްގެ މޮޑަރޭޓަރު ޑރ. އިބްރާހިމް ހަސަން ދެންނެވި ސުވާލަކާ ގުޅިގެން، ރައީސް ވިދާޅުވީ، އެނބޫދޫފަޅު ވިއްކި އަގުގެ މައްސަލަ ފެންމަތިވި ހިސާބުން އެ މަޝްރޫއު އެމަނިކުފާނު ހުއްޓުވި ކަމަށެވެ. އަދި އެކުއިޒިޝަނަށް ވާ ފައިސާ ނުދައްކައި ހުރި، ހުރިހާ މުއާމަލާތެއް ފްރީޒް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އެ ހުރިހާ މުއާމަލާތްތަކެއް ހުއްޓައިލަން އޭރު ނިންމެވީ ރައީސް ވިދާޅުވި ގޮތުގައި ކެބިނެޓުން ފާސްކުރުމަށް ފަހު އެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން، އެ ކުންފުނީގެ އެންމެ ސީނިއާ ވަކީލުން އެމަނިކުފާނާ ބައްދަލުކުރަން ރައީސް އޮފީހަށް ގޮސް މަޝްވަރާ ކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އައިސްފައި ސިޓީ ދެއްކި. އަޅުގަނޑު ބުނިން މި ރައީސް ކައިރިއަކު ތި އަދަދަކަށް ތި ތަނެއް ނުދާނެއޭ. ކިހާވަރަކަށް ތޯ ދާނީ އެހީމާ އަޅުގަނޑު ބުނިން، އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުގެ ސަރުކާރުގައި އެންމެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އެނބޫދޫފިނޮޅު ފަޅުގައި އަޅުގަނޑު ހިޔާރު ކޮށްފައި އޮތީ 10 ރިސޯޓު ހިއްކައިގެން 10 ރިސޯޓު ވިއްކަން. ރިސޯޓަކަށް އެކުއިޒިޝަން ކޯސްޓަކަށް ހަތަރު މިލިއަން ޑޮލަރު ލިބުނަސް އެންމެ އާދައިގެ ވަރަކީ 40 މިލިއަން ޑޮލަރޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އެހެން ދެންނެވުމާ އެކު، ސިންގް އެސްޓޭޓް ކުންފުނީގެ ވަކީލުން އެކަމާ ދެކޮޅު ހެދުމަށް ފަހު ބައްދަލުވުމުން ދިޔައީ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް ވެސް ވަކީލުން އޭރު ބުނި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު، އަޅުގަނޑުގެ ގޮތުގައި ހިފެހެއްޓީ. ތިން ހަފުތާ ފަހުން އެނބުރި އައިސްފައި ސަރުކާރަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 30 މިލިއަން ޑޮލަރު ދައްކާފައި، ސީއެސްއާރުގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކާފައި، ތިން މިލިއަން ޑޮލަރަށް ވިއްކާފައި އޮތް ފަޅުން 40 މިލިއަން ޑޮލަރު ސަރުކާރުގެ ހަޒާނާއަށް އަޅުގަނޑު ވެއްދިން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތަފާތު އެނބޫދޫފަޅު ތަރައްގީ ކުރަނީ ތަފާތު 20 ޑިޒައިންގެ ރިސޯޓް ކޮންސެޕްޓަށް ކަމަށާއި އެތަން ތަރައްގީ ކުރުމުން 11،500 ވަޒީފާ އުފެދޭނެ ކަމަށެވެ.
"މިތަނަށް އެ ޑަމްޕް ކުރީ އެއް ބިލިއަން ޑޮލަރު. އަޅުގަނޑަށް ލިބޭ އުފަލަކީ ދިވެހި ރައްޔިތުންނަށް އާމްދަނީ ލިބިފައި އަޅުގަނޑު މިކުރާ އިގުތިސޯދީ މަސައްކަތަށް ފިއުލް ކުރާނެ ތަނަކަށް މިތަން ވެފައި މިތަނުން އެކަނި އެބަ އުފައްދައިދޭ 11،500 ވަޒީފާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެނބޫދޫފަޅު ސިންގް އެސްޓޭޓް ކުންފުންޏަށް ވިއްކާލި ގޮތާ ގުޅޭ ގޮތުން، ބަހުސްގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ އެނބޫދޫފަޅާއި ކުޅުދުއްފުށީގައި އެއާޕޯޓް ހެދުމަށްޓަކައި އެ ރަށުގެ ކުޅި ހިއްކުމަކީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ބުނާ ކަމަށް މޮޑަރޭޓަރު ދެންނެވުމުންނެވެ.
އެ ސުވާލާ ގުޅިގެން ރައީސް ވެސް މޮޑަރޭޓަރަށް ކުރިމަތިކުރެއްވީ ސުވާލެކެވެ؛ އެގޮތުން، އެފަދަ ސައިންޓިފިކް ދިރާސާ އަކީ ކޮބައިތޯ ރައީސް ސުވާލު ކުރެއްވި އެވެ.
"ކޮބައިތޯ ލިބުނު ގެއްލުމަކީ؟ އެންމެ ފުރަތަމަ އަޅުގަނޑު ކުޅުދުއްފުށީ ކުޅިން އެއްބައި ހިއްކީ. ކުޅުދުއްފުށީ ކުޅިން ހިއްކީ ވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ ތަންކޮޅެއް. އެ ހިއްކި ތަނުގައި އޮތީ ކޯޗެއްތޯ؟ މީރު ފެން ތޯ؟ ނޫނީ ދިރޭ މަހާ އެއްޗެހިތޯ އެތާނގައި އޮތީ؟ އެތަން އޮތީ ކުނި އަޅައި ހަލާކު ކޮށްފައި. ކޮބައިތޯ ތިމާވެށީގެ އެކްސްޕާޓުން؟ ކީއްވެގެންތޯ ކުޅުދުއްފުށީގެ ކުޅިއަށް އެ ލިބުނު ގެއްލުމުގެ ވާހަކަ ދައްކާފައި، އެހާ ބޮޑު ގެއްލުމެއް [ކުނި އެޅީމާ] ލިބުނު ވާހަކަ ނުދެއްކީ؟ ކީއްވެގެންތޯ ސައިންޓިކަލީ އެ ވާހަކަ ނުދެއްކުނީ؟" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ކުޅުދުއްފުއްޓަށް ކޮށްދެއްވީ ހެޔޮ ކަމެއް ކަމަށެވެ. އެއީ ކުޅި ސަރަހައްދަށް ކުނި އެޅުން ހުއްޓުވާފައި ވެމްކޯގެ ޚިދުމަތް ކުޅުދުއްފުއްޓަށް ތައާރަފު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މީހުންނަށް އަންނަ ތަރައްގީ އަކީ ތަންތަނަށް ކުނި އެޅުން ފަދަ ވިޔާނުދާ ކަންކަމުން ދުރަށް ދިއުމަށް ބާރުއެޅުން ކަމަށެވެ.
"ދިވެހިރާއްޖޭގައި އެނބޫދޫފަޅު ހިއްކައިގެން ރިސޯޓު ހަދަން ވީމަތޯ ތިމާވެއްޓަށް ގެއްލުން ވަނީ؟ މީހުން ދިރިއުޅޭ ރަށްރަށް ފުރި ބާރުވީމާ އަޅުގަނޑު ކީއްތޯ މި ކުރަނީ؟ އޭދަފުށި އަޅުގަނޑު ހިއްކައިފިން. ދެ ގުނަ ކޮށްފިން. ދ. އަތޮޅު މީދޫ އަޅުގަނޑު ހިއްކައިފިން. ދެ ގުނަ ކޮށްފިން. ސ. އަތޮޅު ފޭދޫ އަޅުގަނޑު ހިއްކައިފިން. ދެ ގުނަ ކޮށްފިން. ހުޅުމާލެ އަޅުގަނޑު ހިއްކައިފިން. ދެ ގުނަ ކޮށްފިން،" ރައީސް ވިދާޅުވި އެވެ.
"ކޮބާ ތިމާވެށި؟ އެހެންވީމާ ފަޅު ރަށެއް ބޮޑު ފަޅެއްގައި އޮތީމާ، އެތަނުން ރައްޔިތުން ބޭނުންވާ ކަންކަމަށް ފައިސާ ހޯދަން ހިއްކީމާ ގެއްލުން ވެފައި، މީހުން އުޅޭ ރަށްރަށުގައި މީހުންނަށް ނޫޅެވިގެން، އެ ރަށްރަށް ފުރުނީމާ ނުވާ ގެއްލުމެއް އަޅުގަނޑަށް ނުފެނޭ މިއަށް ވާނެ ކަމެއް. އަޅުގަނޑެއް ނުދެކެން ސައިންޓިފިކް އެއްވެސް އެއްޗެއް މިކަމާ ބެހޭ."
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
ކެހި ދެނީ އެންމެ ކައިރީގައި އުޅުުނު މީހުން: ރައީސް
ފާރިސް ދެކެ ރައީސް ޖެހިލުންވެ ވަޑައިގަންނަވާ: އަދީބު
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"
އިސްވެރިއަކު ރިސޯޓެއްގައި ހުމާމާ ބައްދަލުކުރި: ރައީސް
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް