13 ސެޕްޓެމްބަރ 2018
ރައީސް އަބްދުﷲ ޔާމީން، އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން، އައްޑު އާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އައްޑު އާއި ފުވައްމުލަކުގައި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ސ. ހުޅުދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި ފެނުގެ ޚިދުމަތް އިފުތިތާހު ކޮށްދެއްވުމާއި އެ ރަށުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައި ދެއްވުމާއި އަދި ހުޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވުމެެވެ. އަދި ހިތަދޫގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައި ދެއްވުމާއި ހައުސިން ޔުނިޓްތަކާއި ނޭޗާ ޕާކާއި ސޯލާ ހައިބްރިޑް ޕަވާ ސިސްޓަމް ހުޅުއްވައި ދެއްވުމުގެ އިތުރުން ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފައްޓަވައި ދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި ފޭދޫ ބިންހިއްކުމުގެ މަޝްރޫއުގެ ނިމުން ވެސް ރައީސް ޔާމީން ފާހަގަކޮށްދެއްވާނެ އެވެ.
މި ދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި، ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފައްޓަވައި ދެއްވާނެ އެވެ. އަދި އެ ސިޓީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާއި ނޭޗާ ޕާކް ހުޅުއްވައި ދެއްވުމުގެ އިތުރުން ފުވައްމުލަކުގެ ބަނދަރުގެ އެއްގަމުތޮށި ހަދައި ނިމުން ވެސް އެމަނިކުފާނު ފާހަގަކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޔާމީން ދެކުނުގެ ތިން އަތޮޅަކަށް ވަޑައިގަންނަވަނީ
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
ޕީޕީއެމްގެ މީދޫގެ "މުގޫ" އެމްޑީޕީ އަށް
އައްޑޫގެ ތަރައްގީއަށް ޔާމީނުގެ މަލާމާތް!
އައްޑޫ ތަރައްގީކުރަން އިތުރު ފުރުސަތެއް ބޭނުންވޭ:ޔާމީން
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
ރައީސް ގެމަނަފުއްޓަށް، ނައިބު ރައީސް އައްޑުއަށް
ސަލާމަތް ވާނީ އެމްޑީޕީއަށް ވޯޓު ދީގެން: ނަޝީދު
ފަސްޓްލޭޑީ އައްޑު އަށް ވަޑައިގެންފި
އިބޫގެ މެސެޖެއް، ރައީސް ޔާމީނަށް: "ވޯޓާ ނުކުޅުއްވާތި"!