06 ނޮވެމްބަރ 2022
އައްޑޫ ތަރައްގީ ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ސިޓީގެ މީހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
އައްޑޫ ތަރައްގީ ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ސިޓީގެ މީހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
އިދިކޮޅު ޕީޕީއެމުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ ކެންޑިޑޭޓް އެހެން ވިދާޅުވީ، އައްޑު އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފޭދޫގެ މީހުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަށުގައި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް، ހަވީރު ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، އެ ސިޓީން މާބޮޑު ކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެހެންވެ، މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫގައި ޓޫރިޒަމް ނެތުމުން އެކަން ނުކުރެވި އޮތީ ޝަންގްރިއްލާ އާއި ހެރަތެރަ، ދިވެހިރާއްޖެއާ މާދުރުގައި އޮތުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހަތަރު ބައްރުން މި ތަނަށް ޖެޓްތައް އަންނައިރު ހަމައެކަނި މައްސަލައަކީ ޝަންގްރިއްލާ އާއި ހެރަތެރަ މި އޮތީ ދިވެހިރާއްޖެއާ މާދުރުގައި. އެހެންވީމާ ކިހިނެއް އެނދުތައް ފުރާނީ؟،" ސަމާސާ ރާގަކަށް ޔާމީން ވިދާޅުވި އެވެ.
އައްޑުއަކީ އެކި ދާއިރާތަކުން އެންމެ ފަންނީ މީހުން ތިބި ތަން ކަމަށާއި އެ މީހުން މި ސަރުކާރާ ކުރަންޖެހޭ ސުވާލަކީ މިހާ ދަށަށް އެ ތަނުގެ ހާލަތު ވައްޓާލީ ކީއްވެތޯ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ މީހުންގެ ޒިންމާއެއް އެބައޮތެއް ނޫންތޯ. މިއަދު މިއީ ޒަވާބުދާރީ ކުރަންޖެހޭ ދުވަސް،" މިހާރުގެ ސަރުކާރަށް އަމާޒު ކުރައްވައި އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް ބޭއްވުމަށް ހިތަދޫގައި ހެދި އިކުއިޓޯރިއަލް ވިލެޖަކަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވިއިރު އެތަން އޮތީ "ދެބައި ކުޅަ އެއްބައި ގަނބައި ފަނި އަޅާފައި" ކަމަށެވެ.
"އަޑީގައި އޮތީ ފަނި އަޅާފައި. އަޅުގަނޑު ދުށިން އެ ފޮޓޯތައް. އެކަމަކު އެއީ ބޮޑު ތަކުލީފަކަށް ވީމާ، އަޅުގަނޑުމެންގެ ވިސްނުން އައީ މިތަން ބަދަލުކުރާނަމޭ،" ޔާމީން ވިދާޅުވި އެވެ.
އައްޑޫގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދަންނަވަނީ-- ފޮޓޯ: ޕީޕީއެމް
ޔާމީން ވިދާޅުވީ އިކުއިޓޯރިއަލް ވިލެޖަކީ އައްޑޫގެ މީހުންނަށް ބޭނުން ހިފޭ ތަނަކަށް ހެދުމަށް އެ މަނިކުފާނުގެ ވެރިކަމުގައި އެތަން ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތް ފެށި ކަމަށެވެ.
"އެ އަޅާ ނިންމާފައި ދިޔަ މީހާ [ނަޝީދު] ވިދާޅުވީ މި އޮތީ ޓޫރިޒަމަށް މަގު ހުޅުވާލައިފައޭ. މިއީ ގެސްޓުން އަންނަންވީ ތަނެކޭ. އެ ވަރުގެ ފިކުރު ހުންނަ މީހުން މިއީ. އަޅުގަނޑުމެންނަށް ފެނުނީ އެންމެ ރަނގަޅު ކަމަކަށް ކުރެވޭނީ އެތަން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނެއް އެ މަނިކުފާނުގެ ވެރިކަމުގައި ހަމަކުރި ކަމަށެވެ. އެކަަމަކު އެވަރު ކޮށްދިނުމުން ވެސް އެތަނުގެ ބޭނުން ހިފަން މި ސަރުކާރަށް ނޭނގުމަކީ އެ މަނިކުފާނުގެ މައްސަލައެއް ނޫން ވިދާޅުވި އެވެ.
އައްޑޫގައި ބާއްވާ "މަވެސް ޕީޕީއެމް" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕީޕީއެމް
ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގޭއިރު ވެސް އެކި ރަށްރަށަށް ގޮސް ރައްޔިތުންނަށް އުއްމީދުތައް ދެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ޔާމީން ވިދާޅުވީ މި ވެރިކަމަށް ބާކީ ނުވަ މަސް ނެތަސް ބޮޑުތިލަދުންމަތީގައި ޓޫރިޒަމްގެ ބޭނުމަށް 8،000 އެނދު އަޅާ ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.
"މި ތަނަށް [އައްޑޫ] އަށް ބޭނުންވާނެ 8،000 އެއް ނޫން 10،000 އެނދު. އެހެންވީމާ ގަބޫލުކުރައްވާ މި ދައުރު ނިމުމުގެ ކުރިން މި ތަނުގައި 10،000 އެނދު އަޅާނެ ގޮތް. ސިއްހީ ދާއިރާއަށް އަންނާނީ ކޮން ތަރައްގީއެއްތޯ ސުވާލު އުފައްދާ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވިގޮތުގައި އެ މަނިކުފާނު ހީފުޅު ކުރެއްވި ގޮތާ ހިލާފަށް ފަސް އަހަރުގެ ދައުރެއްގައި ތަރައްގީގެ ގިނަ ކަންތައްތަކެއް ކުރެއްވުނެވެ. އޭގެ ތެރޭގައި 68 ސްޕެޝަލިސްޓުން ތައްޔާރުކުރީ އެކި ހޮސްޕިޓަލުތަކަށް ފޮނުވުމަށް ކަމަށް ވިޔަސް އެ ސްޕެޝަލިސްޓުންނަށް ވީ ގޮތެއް ވެސް މިހާރު ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"މި އޮތް ބޮޑު އިންވެސްޓްމަންޓް ހެދީ މިފަދަ ރަށްރަށުގެ ހޮސްޕިޓަލުތަކަށް ބޭނުންވާ ޑޮކްޓަރުން ތައްޔާރު ކުރުމަށް. މިހާރު އެ މީހުން ޕްރައިވެޓް ސެކްޓަރަށް ގޮސް ނިމުނީ. ކޮބައިތޯއޭ ސަރުކާރުން މި އުފުލި ބުރަ،" ޔާމީން ސުވާލު އުފެއްދެވި އެވެ.
އެކަމަކު މިހާރު އެ މަނިކުފާނުގެ ވެރިކަމުގައި ހުޅުވި ދަރުމަވަންތަ ހޮސްޕިޓަލާއި އެހެން ހޮސްޕިޓަލުތަކުގައި ވެސް ޑޮކްޓަރުން ހަމަނުވުމުގެ ކަންބޮޑުވުންތައް ވެސް ޔާމީން ހިއްސާ ކުރެއްވި އެވެ.
އެހެންވީމާ މި ކަހަލަ ކަންތައް މެދުވެރިވާއިރު ތިބޭފުޅުންނަށް ވޯޓު ދިނުމުގައި އޭރު އިރުޝާދު ދެއްވި ބޭފުޅުންނަށް ވިދާޅުވެ ދެއްވާ، މި މުސީބާތް ތިމަންނަމެންގެ މައްޗަށް ފާކުރި ބަޔަކީ ކަލޭމެންނޭ،"--- ޔާމީން
މި ސަރުކާރަށް ހުރިހާ ކަމެއް ވަރިހަމަ ވިޔަސް ރަށްރަށުގައި ނުކުރެވި ހުރި ކަންކަމާ އެއްވަރަށް ގައުމާ މެދު ވެސް އިންތިހާއަށް ކަންބޮޑުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، އެ ހުރިހާ ކަމެއް ހައްލު ކުރުމަށް ކުރިއަށް އޮތް އިންތިހާބުގައި އެ މަނިކުފާނަށް އިތުރު ފުރުސަތެއް ދިނުމަށް ޔާމީން އެދިވަޑައިގަތެވެ.
ސަލާމަތް ވާނީ އެމްޑީޕީއަށް ވޯޓު ދީގެން: ނަޝީދު
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފާހެއް ނުވި
ޔާމީންގެނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވައިފި
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވައިފި
ހޫނު ބަހުސްތަކަށްފަހު ޔާމީންގެ މައްސަލަ ހުކުމާ ހިސާބަށް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
މުއިއްޒުގެ އެޖެންޑާގެ ކުރީގައި ޔާމީން މިނިވަންކުރުން!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ