11 ސެޕްޓެމްބަރ 2018
ދެ ޖިންސްގެ ހަމަހަމަކަން ގާއިމުކުރަން މަސައްކަތްކުރާ ގައުމުތަކުގައި، ނިދަން އުނދަގޫވާ މައްސަލަތައް ކުޑަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދެ ޖިންސްގެ ހަމަހަމަކަން ގާއިމުކުރަން މަސައްކަތްކުރާ ގައުމުތަކުގައި، ނިދަން އުނދަގޫވާ މައްސަލަތައް ކުޑަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން 23 ގައުމެއްގެ 14،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްގެން އޮސްޓްރޭލިއާގެ މެލްބަން ޔުނިވަސީޓި އާއި އެމެރިކާގެ ސިންސިނަޓީ ޔުނިވަސިޓީގެ ޓީމަކުން ހެދި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އަންހެނުންގެ ނިދުން މަދުވާ މައިގަނޑު އެއް ސަބަބަކީ ދަރިންނެވެ. އަދި ފިރިހެނުންނަށް ހަމަ ނިދި ނުލިބޭ އެއް ސަބަބަކީ މާލީ ދަތިކަމެވެ.
ނަމަވެސް އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަށް މަސައްކަތްކުރާ ގައުމުތަކުގެ ރައްޔިތުންގެ މެދުުގައި ނިދަން އުނދަގޫވާ މައްސަލަތައް ކުޑަ ކަމަށް ދިރާސާގައި ބުންޏެވެ. އެގޮތުން އެންމެ އަރާމުކޮށް ރައްޔިތުން ނިދާ ގައުމަކީ ނޯވޭ ކަމަށް ބުނެފައިވާ އިރު، ނިދީގެ މައްސަލަ އެންމެ ބޮޑު ގައުމުތަކުގެ ކުރީގައި އުޅެނީ ޔުކްރެއިނެވެ.
މެރިޖް އެންޑް ފެމިލީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ގައުމުތަކުގެ ދިރިއުޅުގެ ވައްޓަފާޅި އަށް ބަލާއިރު، ސިއްހީ ގޮތުން ދިމާވާ އެކި ކަހަލަ މައްސަލަތައް މަދެވެ. އެގޮތުން ފިރިހެނުންނާ އެއް ސަފެއްގައި އެކި ދާއިރާތަކުން ކުރިއަށް ދާން އަންހެނުންނަށް ފުރުސަތުތައް ހޯދައި ދޭން ފެށުމުން ފަރުދީ ގޮތުން ކުރިމަތިލާން ޖެހޭ ކަންކަން "ޕޮޒިޓިވް" ކަމަށް ދައްކަ އެވެ. މިކަމުގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަމާއި ފިކުރުތަކުން ދުރުކޮށްދީ، ދެ ޖިންސްގެ މެދުގައި އޯގާތެރިކަމާއި އުފާވެރިކަން އާލާކޮށް ދޭނެ އެވެ.
ދިރާސާ ޓީމުގައި ހިމެނޭ ލިއާ ރުޕެނާ ވިދާޅުވި ގޮތުގައި އޭނާގެ އަމިއްލަ ތަޖުރިބާއަކީ ވެސް ދެ ޖިންސްގެ މީހުން ހަމަހަމަ ކުރާ ނަމަ ލިބޭ އުފާވެރިކަން ބޮޑު ކަމެވެ.
"އޭގެ ތެރޭގައި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް މީހާ ދުޅަހެކޮށް ދޭން ބާރު އަޅާ،" އޭނާ ވިދާޅުވި އެވެ.
ދިރާސާގައި ބުނި ގޮތުގައި އަންހެނުން ބާރުވެރިކޮށް، ދެ ޖިންސްގެ ހަމަހަމަކަން ގާއިމުކުރުމަށް ގައުމުތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަކީ މުހިއްމު ކަމެކެވެ. ވަކިން ހާއްސަކޮށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުންޏެވެ.
ނިދި މަދުވާ ނަމަ ހަނދާންނެތޭ ބަލީގެ ނުރައްކާ ބޮޑު
ފަނޑު ނޫ އަލީގެ ތެރޭގައި ނިދަން ފަސޭހަތަ؟
ވަޒީފާ އަކީ ނިދުން، މުސާރަ އަކީ 100،000 ރުޕީސް
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ
މާ ގިނައިން ނިދުމުން ވެސް ފުރާނަ އަށް ނުރައްކާ
ތިން އަހަރު ވަންދެން ދަރިފުޅު ނިންދަވަންވީ ކްރިބްގައި
ނިދުމަށް ހާއްސަ ރޫޓިންއެއް މުހިންމު
ކުދިންގެ ސްކްރީން ޓައިމް ގިނަވެ ސިކުނޑިއަށް ގެއްލުން
އަރާމު ނިންޖަކަށް ކުރެވިދާނެ ބައެއް ކަންކަން
ރަނގަޅަށް ނުނިދެނީތަ؟ ގޮދަޑީގެ މައްސަލައަކަށް ވެދާނެ