ޕީޕީއެމުން މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާގައި ވަރަށް މުހިންމު ކަންތައްތަކެއް އިއުލާން ކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
06 ސެޕްޓެމްބަރ 2018
ޕީޕީއެމުން މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާގައި ވަރަށް މުހިންމު ކަންތައްތަކެއް އިއުލާން ކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވަޑައިގަންނަވާ އެ ޖަލްސާގައި ވަރަށް މުހިންމު ކަންތައްތަކަކާއި މެސެޖްތަކެއް އާންމުންނަށް ހާމަކުރާނެ ކަމަށެވެ. އެއީ މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި އުޅޭ މީހުންނަށް ވެސް ޚާއްސަ ކޮށްފައިވާ ޖަލްސާއެއް ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވާން އެދޭ ކަމަށް ޖަމީލް އުސްމާން ވިދާޅުވި އެވެ.
"މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްޔާއި މާލޭގެ ދިރިއުޅޭ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަމާޒު ކޮށްގެން ބާއްވާ ޖަލްސާއެއް މިއީ. އެއްވެސް ހާލެއްގައި ރަށްރަށުން މީހުން ގެނެސްގެން އަޅުގަނޑުމެން މިކަމެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ޖަމީލް އުސްމާން ވިދާޅުވި ގޮތުގައި މާދަމާ ރޭގެ ޖަލްސާ ބާއްވާނީ "ބްރިޖް ސަޅި" ގެ ނަމުގަ އެވެ. އެ ނަން ކިޔަން ނިންމީ ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖަށް ނިސްބަތްކޮށް، ވަރަށް ގިނަ ޒުވާނުންގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް އޮތް ތާއީދު އެ ޖަލްސާއިން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދާނީ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ރައީސް ޔާމީނަށް ތާއީދުކޮށް، މި މަސައްކަތުގައި ބައިވެރިވަމުންދާ މަންޒަރު،" ޖަމީލް އުސްމާން ވިދާޅުވި އެވެ.
މާދަމާ ރޭ ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވާއިރު، އަންނަ ހޮނިހިރު ދުވަހު ރޭ އިދިކޮޅު ކޯލިޝަނުން ވެސް ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. މިއީ ތިން އަހަރު ފަހުން، އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް އެ ތަނުގައި ބާއްވަން ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ.
ވައުދުތައް އިއުލާންކުރަން ޕީޕީއެމްގެ ބޮޑު ޖަލްސާއެއް
"ސިނަމާލެ، ހުޅުމާލެ ފްލެޓްތަކަށް ވަނީ އިހުމާލުވެފައި"
ރައީސް ޔާމީންގެ ފަރާތްޕުޅުން މާލޭގެ ގެ ތަކަށް
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
ޔާމީން، ސިޔާސީ ވާހަކަތަކާ ދުރަށް!
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޔާމީންގެ ބަދަލުގައި ނަމެއް ހުށަހަޅަން އަމުރަކަށް އެދެފި
އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެ: އަދުރޭ
"ޕީޕީއެމްގެ ކެމްޕޭނު ފެށިއްޖެ، ފައިސާ ހަމަޖައްސާނެ"
ޕީޕީއެމް އަށް: ކާކު؟ ކިހިނެއް؟ ކޮންއިރަކުން؟