06 ސެޕްޓެމްބަރ 2018
ހަތަރު ހާސް މީހުންނަށް ބައިވެރިވެވޭ ދިރާގު ރޯޑް ރޭސް ބާއްވާ ތާރީހު މިއަދު އިއުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަތަރު ހާސް މީހުންނަށް ބައިވެރިވެވޭ ދިރާގު ރޯޑް ރޭސް ބާއްވާ ތާރީހު މިއަދު އިއުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ ނޮވެމްބަރު 2 ގައި ބާއްވާ މި ރޭސް މި އަހަރު ކުރިއަށް ދާނީ އެހެން އަހަރުތަކާ ކޮންމެވެސް ވަރެއްގެ ތަފާތު ގޮތަކަށެވެ. މިދިޔަ އަހަރު ރޯޑް ރޭސްގައި ބައިވެރިކޮށްފައިވަނީ 3000 މީހުންނެވެ. ނަމަވެސް އާންމުންގެ ތަރުހީބު ބޮޑުކަމުން މި އަހަރުގެ ރޭހުގައި 1000 މީހުން އިތުރު ކުރަން ހަމަޖެއްސީ ކަމަށް ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
"މިދިޔަ އަހަރު ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމަށް ހުޅުވާލުމުން 72 ގަޑިއިރު ތެރޭގައި 3000 ސްޕޮޓް އެއްކޮށް ފުރުނު. އެހެންވުމުން މި އަހަރު ވީހާ ވެސް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި 4000 ސްޕޮޓް މި ހަމަޖެއްސީ،" ދިރާގުގެ މާކެޓިން އަދި ކޮމިއުނިކޭޝަންސް އެސިސްޓަންޓް މެނޭޖަރު ހަސަން ޝާރިހް އާދަމް ވިދާޅުވި އެވެ.
ކުުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޝިޔާރާ އެކު ބާއްވާ މި ރޭހަކީ ދިރާގުގެ އިޖްތިމާއި ޒިންމާ ދެމެހެއްޓުމަށް ހިންގާ އެންމެ ބޮޑު ހަރަކާތެވެ. މި ރޭހުގައި ބައިވެރި ވުމަށްޓަކައި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް މިއަދުން ފެށިގެން މި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ބައިވެރިވުމަށް ހުޅުވާލާފައި ވެއެވެ. ރޯޑް ރޭސްގައި ބައިވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 16 އިން އަންނަ މަހުގެ 16 އާ ހަމައަށެވެ.
މެދު ނުކެނޑި 12 އަހަރު ކުރިއަށް ގެންގޮސްފައިވާ މި ރޭހުގައި އޮންނަނީ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުމެވެ.
ދިރާގުން މި ރޭހާ ގުޅިގެން ވިއްކާ ޓީޝާޓު މިދިޔަ އަހަރާ ހިލާފަށް މި އަހަރު ވިއްކަނީ 100 ރުފިޔާއަށެވެ.
ދިރާގުން މި އަހަރު ފަސް ކިލޯމީޓަރަށާއި 10 ކިލޯމީޓަރުގެ ރޭހުން މޮޅުވާ މީހުންނަށް ދޭ މެޑަލް ދައްކާލަނީ -- ފޮޓޯ: ދިރާގު
"އަޅުގަނޑުމެން މި ރޭހުން އެއްކުރާ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ މި ރޭހުގައި ބައިވެރިވާ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް،" ޝާރިހް ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން އަހަރުތަކާ ހިލާފަށް މި އަހަރު "ދިރާގު ޕޭ"ގެ ހިދުމަތް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރާ ވަގުތު އެ މީހަކު ބޭނުންވާ ސައިޒްގެ ޓީޝާޓު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ޓީޝާޓުތައް ހުންނަ ސައިޒްގެ މިންގަނޑު ދިރާގުގެ ވެބްސައިޓްގެ އެހީގައި ބެލޭނެ ގޮތަށް ވެސް ހަމަޖައްސައިފައިވާ ކަމަށް އެތަނުން ބުންޏެވެ.
މި އަހަރުގެ ރޭހުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ކެޓަގަރީގައި ހަތް އަހަރާއި 16 އަހަރުގެ ބަޔާއި 5 ކިލޯމީޓަރުގެ އޯޕަން ބަޔާއި 45 އަހަރުން މަތީގެ މީހުންގެ 5 ކިލޯމީޓަރުގެ ބަޔާއި ހުރިހާ އުމުރަކަށް އޮތް 10 ކިލޯމީޓަރުގެ ރޭހެވެ.
މިދިޔަ އަހަރާ ހިލާފަށް މި އަހަރު ރޭސް ބާއްވާ ތާރީހާ ހަމައަށް ހަތް އަހަރު ފުރޭ ކުދިންނަށް ބައިވެރިވެވޭ ގޮތް ހަމަޖެއްސީ، މިދިޔަ އަހަރު ޖެނުއަރީ އެކަކާ ހަމައަށް އުމުރު ފުރޭ ކުދިންނަށް ބައިވެރިވުމަށް ހަމަޖެއްސުމުން ބެލެނިވެރިން އެ ގޮތް ބަދަލުކުރުމަށް އެދުމުން ކަމަށް ދިރާގުން ބުންޏެވެ.
ރޯޑު ރޭހުގައި ޖަމިއްޔާތަކުން ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
މިފަހަރު ވެސް ދިރާގު ރޯޑްރޭސް ކުޑަކުދިންގެ ހައްގުތަކަށް
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ކުޑަކުއްޖައާ ބެހެންއުޅުނު މައްސަލާގައި ވާހަކަ ނުދެއްކި
ހުޅުމާލޭގައި ކުއްޖަކު ރޭޕްކޮށްލި މައްސަލައެއް ބަލަނީ
ދުވުމުގެ އީދު، ދިރާގާ އެކު އެތައް ހާސް ބަޔަކު
ދިރާގު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ގެއްލުނު ކުއްޖާ ފެނިއްޖެ
އެންޓަނާ އަށް އެރި ކުއްޖާ ދެ މީހަކު ވެގެން ބާލައިފި