05 ނޮވެމްބަރ 2018
މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ގަދަކަމުން ކުޑަކުއްޖަކާ ބެހެން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ގަދަކަމުން ކުޑަކުއްޖަކާ ބެހެން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ބަލަމުން އަންނަނީ ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކުރިކަން އެނގިފައެއް ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖާއަށް ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ މި އަމަލުގައި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެ އެވެ. އެ ކުއްޖާއާ ބެހެން އުޅުނީ ހުޅުމާލޭގެ ނެއިބާހުޑް އެކެއްގެ ބޮޑު މިސްކިތާ ޖެހިގެން އޮންނަ ޕާކް ތެރޭގައި ކަމަށް އެނގިފައި ވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. ޖެންޑާ މިނިސްޓްރީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 418 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެ އެވެ.
އޭގެ އިތުރުން، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ދިނުމާ ގުޅިގެން 535 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ. އަދި ކުޑަކުދިންނާ މެދު އިހުމާލުވެގެން 308 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
ކުޑަކުއްޖައާ ބެހެންއުޅުނު މައްސަލާގައި ވާހަކަ ނުދެއްކި
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
ނިޒާމު އޮތީ ފެއިލްވެފައި، އުފުލާ އަޑުތައް އިވޭ:އައިޝާ
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!
ކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވަން އަޑުއުފުލައިފި