Roadha Mihaaru
އިބޫގެ ގިނަ ވައުދުތަކެއް މަސްވެރިންނަށް

އިބޫގެ ގިނަ ވައުދުތަކެއް މަސްވެރިންނަށް

31 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވައުދުވެވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވައުދުވެވަޑައިގެންފި އެވެ.

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ މިރޭ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ އިދިކޮޅު ވެރިކަމެއްގައި ކުރާނެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި މިއަދު މަސްވެރިން މަސް ބާނައިގެން ގއ. ކޫއްޑު އަށް ދިއުމުން ފައިސާގެ ބަދަލުގައި ދެނީ ޗެކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާ، އިބޫ ރަސްމީކޮށް ފައްޓަވައި ދެއްވަނީ. މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި. - ފޮޓޯ: އެމްޑީޕީ

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާ، އިބޫ ރަސްމީކޮށް ފައްޓަވައި ދެއްވަނީ. މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައި. - ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެހެން އެކަން ނުވާނެ. ބާނާ މަހަށް، އެ ފައިސާ އަށް ބަދަލުވެގެން ދާނެ،" އެތައް ސަތޭކަ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދިނުމުގެ ގޮތުން، ރާއްޖެ އިން ބޭރަށް ގޮސް، ވިއްކޭނެ މަގުފަހިކޮށް ދެއްވާނެ ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން މަސް ގަންނަން ބޭނުންވާ ފަރާތްތަކުން، ރާއްޖެ އައިސް ސީދާ މަސްވެރިންގެ އަތުން މަސް ގަނެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ ވަށައިގެން އޮތް ކަނޑަކީ މަސްވެރިކަން ކުރުމަށް ފަހި ތަނެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކުރަމުންދާ ކަމަށެވެ.

އެގޮތުން، ލައިސަންސް ލިބިގެން ސާޅީހަކަށް ބޯޓު ރާއްޖޭގެ ކަނޑުތަކުގައި ދާ އަޅަމުންދާ އިރު، ލައިސަންސް ނެތި 100 އަށް ވުރެ ގިނަ ބޯޓު ރާއްޖޭގެ ކަނޑުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އިދިކޮޅު ވެރިކަމެއްގައި މަސް ކަނޑުތައް ރައްކާތެރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި މިރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާ. އެތައް ސަތޭކަ ބަޔަކު ޖަލްސާގައި ބައިވެރިވި. - ފޮޓޯ: އެމްޑީޕީ

ތިނަދޫގައި މިރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާ. އެތައް ސަތޭކަ ބަޔަކު ޖަލްސާގައި ބައިވެރިވި. - ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ރާއްޖޭގެ މަސް ކަނޑުތައް ރައްކާ ކުރެވިގެންދާނެ. ރާއްޖޭގެ އިކޮނޮމިކް ޒޯނަކީ ހަމައެކަނި ދިވެހިންނަށް މަސްވެރިކަން ކުރެވޭނެ ތަނެއްގެ ގޮތުގައި ހަމަޖެހިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން، ފަސޭހަކަމާއެކު، މަސް ކިރުވޭނެ ނިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށް، އައިސް އާއި ޑީސަލް ފަސޭހަ އިން ފޯރުކޮށްދެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިދިކޮޅު ވެރިކަމެއްގައި ޑީސަލްގެ އިމްޕޯޓް ޑިއުޓީ މުޅިން ކަނޑާލާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާނެ ހުނަރުވެރިން ތަމްރީން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އިބޫ ވަނީ މަސްވެރިކަން އާ ޖީލަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމުގެ ދަތިކަން ހައްލުކުރުމަށް، އެން ދިރުވައި، ރައްކާ ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫގެ ވާހަކައިގައި މަސްވެރިންނަށް ދިމާވެފައި ހުރި އެހެން ބައެއް ކަންބޮޑުވުންތައް ވެސް ހިއްސާ ކުރެއްވި އެވެ.

"މަސްވެރިންނަށް އެބަހުރި ކަންބޮޑުވުންތައް. އެކިއެކި ކްރެޑިޓް ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރިއެއް ނުވެވޭ. މިސާލަކަށް އެސްޓީއޯ އިން ދޫކުރާ ކްރެޑިޓްގައި މަސްވެރިންނަށް ބައިވެރިއެއް ނުވެވޭ. އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ދިގު މުއްދަތަށް ފައިސާ ދައްކާ ގޮތަށް ލިބޭ ތަކެތި މަސްވެރިންނަކަށް އެ ތަންތަނުން ދުލެއް ނުކުރޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އިދިކޮޅު ވެރިކަމެއްގައި، މަސްވެރިންނަށް ކްރެޑިޓް ސްކީމްތަކުގައި ބައިވެރިކޮށް، ބޭންކުތަކުން ލޯން ލިބޭނެ މަގު ފަހި ކޮށްދިނުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އަދި މަސްވެރިކަމުގައި ގިނަ ދުވަހު އުޅޭ މީހުންނަށް ޕެންޝަނެއް ކަނޑައެޅިގެން ދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.