01 ސެޕްޓެމްބަރ 2018
އިނގިރޭސިވިލާތުގައި ކުޑަކުދިންނަށް އެނަޖީ ޑްރިންކްސް ވިއްކުން މަނާކުރުމަށް އާންމުންގެ ހިޔާލު ހޯދަން އެ ގައުމުގެ ސަރުކާރުން ހުޅުވާލައިފި އެވެ.
އިނގިރޭސިވިލާތުގައި ކުޑަކުދިންނަށް އެނަޖީ ޑްރިންކްސް ވިއްކުން މަނާކުރުމަށް އާންމުންގެ ހިޔާލު ހޯދަން އެ ގައުމުގެ ސަރުކާރުން ހުޅުވާލައިފި އެވެ.
ސަރުކާރުން އާންމުންގެ ހިޔާލަށް ހުޅުވައިލީ އެނަޖީ ޑްރިންކްސް ވިއްކުން މަނާކުރާނީ ކޮން އުމުރަކުން ފެށިގެންތޯ ބެލުމަށެވެ. އެގޮތުން އުމުރުން 16 ނުވަތަ 18 އަހަރުންގެ ދަށުގެ ކުދިންނަށް އެފަދަ ބުއިންތައް ވިއްކުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ވަނީ ނިންމައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ގޮތެއް ނިންމާނީ އާންމުންގެ ތެރެއިން ގިނަ ބަޔަކު ކަނޑައަޅާ އުމުރުފުރާ އަށް ބަލައިގެންނެވެ.
އިނގިރޭސި ޕަބްލިިކް ހެލްތު މިނިސްޓަރު ސްޓީވް ބްރައިން ވިދާޅުވި ގޮތުގައި ސަރުކާރުގެ މި ނިންމުމަކީ ގައުމުގެ ކުރިމަގުގެ ޖީލު ރައްކާތެރި ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ. އަދި މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ޒުވާނުންނާއި ކުރިއަށް އޮތް ޖީލަށް ދުޅަހެޔޮ ސިއްހަތެއް ހޯދައި ދިނުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން އަންނަނީ ތަފާތު އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން ހަކުރު މިންވަރު 5 ގްރާމަށް ވުރެ މަތީގައި ހުންނަ ބުއިންތަކުން ޓެކްސް ނަގަން ނިންމުމާއި ބާގާ ފަދަ ޖަންކް ފުޑްތައް އާންމު ދަތުރުފަތުރު ނިޒާމުގެ ތެރޭގައި އިޝްތިހާރު ކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.
UK in ves soft drink thakun tax nagan nimmaifi
The most trusted news source in the Maldives
Mihaaru
ހަކުރު ހުންނަ ބުއިންތަކުން ޓެކްސް ނަގަން ކުރިން ވަނީ ނިންމާފައި.
ތަފާސްހިސާބުތައް ދައްކާ ގޮތުން އިނގިރޭސިވިލާތަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޒުވާނުން އެންމެ ގިނަ އަދަދަކަށް އެނަޖީ ޑްރިންކްސް ބޯ ގައުމެވެ. އެފަދަ ބުއިންތަކަކީ ގިނަ އަދަދަކަށް ހަކުރާއި ކެފެއިން ފަދަ ސިއްހީ ގޮތުން ރައްކާތެރި ނޫން ބާވަތްތައް އެކުލެވޭ ބުއިންތަކެވެ.
އެނަޖީ ޑްރިންކްތަކުގެ ސަބަބުން ފަލަވުމާއި ދަތްތައް ހަލާކުވުމާއި ޓައިޕް 2 ޑައިބެޓީޒް ފަދަ ސިއްހީ މައްސަލަތައް ކުރިމަތި ކުރުވަ އެވެ.
ސިއްހަތު ވަޒަންކުރަން އުނަގަނޑުގެ ސައިޒް
ފަލަ ނަމަ ކޮވިޑް-19 ގެ ނުރައްކާ ބޮޑު
ލަންޑަނުގައި ޖަންކްފުޑް އިޝްތިހާރުކުރުން މަނާކޮށްފި
ލޯބިން ކުދިން ތި ވައްޓާލަނީ ނުރައްކަލަށް!
އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ
އިނގިރޭސި ވިލާތުން ކޮވިޑްގެ އާ ބާވަތެއް ފެނިއްޖެ
ދެން ދަސްކުރަންވީ ކޮވިޑާ އެކު އުޅެން: ބޮރިސް
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް