Roadha Mihaaru
ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހެދުން މައުޒަރަކަށް

ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ކައިވެނީގެ ހެދުންކޮޅު އާންމުކޮށް ދައްކައިލަނީ

31 އޯގަސްޓް 2018

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހެދުން އަންނަ އޮކްޓޯބަރު މަހު ޝާހީ އެކްޒިބިޝަނެއްގައި އާންމުކޮށް ދައްކައިލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހެދުން އަންނަ އޮކްޓޯބަރު މަހު ޝާހީ އެކްޒިބިޝަނެއްގައި އާންމުކޮށް ދައްކައިލަން ނިންމައިފި އެވެ.

ދެކަނބަލުންގެ ޝާހީ ކައިވެނީގެ ހެދުން ދައްކައިލަން ހަމަޖެހިފައި ވަނީ "އަ ރޯޔަލް ވެޑިން: ދަ ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސް" ގެ ނަމުގައި އޮކްޓޯބަރު 26 އިން ފެށިގެންނެވެ.

އެގޮތުން ކައިވެނީގެ ހަފުލާ ބޭއްވި ވިންޑްސާ ކާސަލްގައި އޮކްޓޯބަރު 26 އިން އަންނަ އަހަރުގެ ޖެނުއަރީ 6 އަށް ކައިވެނީގެ ހެދުން ދައްކައިލާނެ އެވެ. އަދި ޖޫން، 14، 2019 އިން އޮކްޓޯބަރު، 6، 2019 އަށް އެޑިންބަރާގެ ހޮލީރުޑްހައުސްގައި އާންމުންނަށް ކައިވެނީގެ ހެދުން ދައްކައިލަން ބާއްވާނެ އެވެ.

މި މުއްދަތުގެ ތެރޭގައި ކައިވެނީގެ ހެދުމާއި އެއާކޮށް ބޭނުން ކުރި ތަކެތި ހަމަ ލޮލުން ބަަލައިލަން ބޭނުންވާ މީހުންނަށް ޓިކެޓް ގަނެގެން ބަލައިލުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ އެވެ.

ކެންސިންޓަން ޕެލަސްގެ ޓްވީޓެއް.

ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހެދުމަށް ބަލާ އިރު، މޭގަންގެ ހެދުން ފަރުމާކޮށްފައި ވަނީ މަޝްހޫރު ފެޝަން ކުންފުނި ގިވެންޗީގެ ޑިޒައިނަރު ކްލެއާ ވެއިޓް ކެލާ އެވެ. މެއި މަހުގެ 19 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފުލާގައި ޕްރިންސް ހެރީ ތުރުކުރައްވައިގެން ހުންނެވީ ޝާހީ އަސްކަރީ ޔުނިފޯމެކެވެ.

އެކްޒިބިޝަނުގައި ހެރީގެ އަސްލު ޔުނިފޯމްގެ ބަދަލުގައި ދައްކައިލަން ހަމަޖެހިފައި ވަނީ އެއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ނަކަލެކެވެ.

ބޮޑު އަގަކަށް ތައްޔާރު ކުރި މޭގަންގެ ކައިވެނީގެ ހެދުމަކީ އެހެން ޑިޒައިނަރެއްގެ ނަކަލެއް ކަމަށް ބުނެ ބައެއް މީހުން އެއަށް ފާޑު ވެސް ކިޔާފައިވެ އެވެ.

އެގޮތުން އިނގިރޭސިވިލާތުގައި ދިރިއުޅޭ ނިއުޒިލެންޑްގެ ފެޝަން ޑިނައިނަރު އެމީލިއާ ވިކްސްޓެޑް ތުހުމަތުކޮށްފައިވާ ގޮތުގައި މޭގަންގެ ކައިވެނީގެ ހެދުން އޮތީ އޭނާގެ ފަރުމާއަކުން ނަކަލުކޮށްފަ އެވެ.

Meghan Markle ge kaiveny ge hedhumaky nakaleh?

Meghan Markle ge kaiveny ge hedhumaky nakaleh?

The most trusted news source in the Maldives

Mihaaru

މޭގަންގެ ކައިވެނީގެ ހެދުމަކީ ނަކަލެއް ކަމަށް ތުހުމަތުކޮށްފައިވޭ.

ޝާހީ އާއިލާ އިން ބާއްވާ އެގްޒިބިޝަނަކީ 1993 ގައި ރާނީ އެލިޒަބަރު އުފެއްދެވި ރޯޔަލް ޓްރަސްޓް ކަލެކްޝަނުން ބާއްވާ އެއްޗެކެވެ. އެއީ ރޯޔަލް ފައުންޑޭޝަނަށް ފައިސާ ހޯދުމުގެ ގޮތުން ބާއްވާ އެގްޒިބިޝަނެކެވެ.

މި ފަހަރުގެ އެގްޒިބިޝަނުގެ އަގުތަކަށް ބަލާ އިރު ބޮޑު މީހަކަށް ޓިކެޓެއް ވިއްކަނީ 21.20 ޕައުންޑަށެވެ. ދަރިވަރުންނަށް 19.30 ޕައުންޑަށް ޓިކެޓް ވިއްކާ އިިރު، އުމުރުން 17 އަހަރުން ދަށުގެ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޓިކެޓް ވިއްކާނީ 12.30 ޕައުންޑަށެވެ.

އަދި ބޮޑު ދެ މީހުންނާއި ތިން ކުދިން ހިމެނޭ އާއިލާތަކަށް ޓިކެޓެއް ވިއްކާނީ 54.70 ޕައުންޑަށެވެ. މީގެ އިތުރުން ތިން އަހަރުގެ ދަށުގެ ކުދިންނަށް ހިލޭ ވަދެވޭނެ އެވެ.

ޓިކެޓް އޮންލައިންކޮށް ބުކް ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.