Roadha Mihaaru
ދުންދަނޑީގެ ދުން ވަރަށް ނުރައްކާ

ދުންދަނޑީގެ ދުން ވަރަށް ނުރައްކާ

29 އޯގަސްޓް 2018

މީރު ވަސް ދުއްވަން ބޭނުންކޮށް އުޅުނު "ސޮލަވާތް ދުންދަނޑި"ގެ ދުމަކީ ވެސް ކެންސަރަށް މަގު ފަހިކުރުވާ އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީރު ވަސް ދުއްވަން ބޭނުންކޮށް އުޅުނު "ސޮލަވާތް ދުންދަނޑި"ގެ ދުމަކީ ވެސް ކެންސަރަށް މަގު ފަހިކުރުވާ އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ފަހުގެ ދިރާސާއެއްގައި ބުނި ގޮތުގައި އޭގެ ދުމާ އެކު ފެތުރޭ މީރު ވަހަށް ގަޔާވި ނަމަވެސް، މި ދުންދަނޑީގެ ދުމުން މީރު ވަސް ދުއްވުމަށްޓަކައި ބޭނުންކޮށްފައި ހުންނަނީ ސިއްހަތަށް ގެއްލުން ލިބިދާނެ ކަހަލަ މަސްނޫއީ ބާވަތްތަކެވެ.

ދިރާސާގައި ބުނި ގޮތުގައި ސޮލަވާތް ދުންދަނޑީގެ ދުމާ އެކު ކުދިކުދި އެތިކޮޅުތައް ވައިގެ ތެރެއަށް އަރައިގެން ގޮސް، ނޭވާލާ ނިޒާމަށް ވަދެ މައްސަލަތައް ޖެހުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތި ކުރުވަ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުންދަނޑީގެ ދުމަކީ ނުރައްކާތެރި ތިން ވިހައެއް އެކުލެވޭ އެއްޗެކެވެ. އެއީ މިއުޓަޖެނިކް، ޖެނޮޓޮކްސިކް އަދި ސިޓޮޓޮކްސިކް އެވެ.

މި މާއްދާތައް ހަށިގަނޑުގެ އެތެރެއަށް ދިއުމުން ފުރަމޭގެ ބަލިތަކަށް މީހާ ހުށަހެޅި، ކެންސަރު ފަދަ ނުރައްކާތެރި ބައްޔަކާ ކުރިމަތިލާން ޖެހިދާނެ އެވެ.