Roadha Mihaaru
ހެނދުނުގެ ނާސްތާއަށް އާމަންޑު ރަނގަޅުވާނެ

ހެނދުނުގެ ނާސްތާއަށް އާމަންޑު ރަނގަޅުވާނެ

26 އޯގަސްޓް 2018

ހެނދުނުގެ ނާސްތާއަށް އާމަންޑު ރަނގަޅުވާނެ ކަމަށާއި އެ ބޭނުން ކުރުމުން ހަށިގަނޑުގެ ލޭގެ ޕްރެޝަރު ވެސް ހަމައަކަށް އަޅުވައި ދޭނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހެނދުނުގެ ނާސްތާއަށް އާމަންޑު ރަނގަޅުވާނެ ކަމަށާއި އެ ބޭނުން ކުރުމުން ހަށިގަނޑުގެ ލޭގެ ޕްރެޝަރު ވެސް ހަމައަކަށް އަޅުވައި ދޭނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މެއިލް އޮންލައިންގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ހެނދުނުގެ ނާސްތާއަށް އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ބަދަލުގައި އާމަންޑަކީ ފުރިހަމަ ނާސްތާއަކަށް ވާނެ އެވެ.

އެހެންވެ ވަގުތު ނެތިގެން އުޅެން ޖެހޭ މީހުންނަށް އާމަންޑަކީ ހައްލަކަށް ވާނެ އެވެ. އެއީ ދާ ތަނަކަށް ގެންގޮސް ބޭނުންކޮށްލަން ވެސް ފަސޭހަ އެއްޗަކަށްވާތީ އެވެ.

މި ދިރާސާ ހެދި ޓީމްގައި ހިމެނޭ ކެލިފޯނިއާ ޔުނިވަސިޓީގެ ޑރ. ރުޑީ އޯޓިޒް ވިދާޅުވީ އާމަންޑަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ކޮލެސްޓްރޯލް ލެވެލް ވެސް ހަމައަކަށް އަޅުވައި ދިނުމުގެ އިތުރުން ބަނޑުހައިކަން ވެސް ފިލުވައިދޭ އެއްޗެއް ކަމަށެވެ.

"ހަމަމިއާ އެކު މިއީ ބަރުދަން ލުއިކޮށް ދޭން ވެސް އެހީވެދޭ އެއްޗެއް. އެހެންވެ ހެނދުނުގެ ނާސްތާއަކަށް އާމަންޑަކީ ވަރަށް ވެސް ރަނގަޅު އެއްޗެއް،" އޭނާ ވިދާޅުވި އެވެ. "އަނެއްކާ މިއީ ހަނދާން ގަދަކޮށް ދޭން ވެސް ބާރު އަޅާ އެއްޗެއް. ބަރުކޮށް ހެނދުނުގެ ނާސްތާ ނެގުމުގެ ބަދަލުގައި އާމަންޑީ އިހުތިޔާރު ކުރެވިދާނެ ވަރަށް ވެސް ފައިދާ ހުރި އެއްޗެއް."