14 އޯގަސްޓް 2018
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީއެއް ނުވަތަ ޓޯލް ނަގާނެ މިންވަރު، މި ހަފުތާގައި ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީއެއް ނުވަތަ ޓޯލް ނަގާނެ މިންވަރު، މި ހަފުތާގައި ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއިއްޒު މިދިޔަ އާދީއްތަ ދުވަހު "މިހާރު" އަށް ވިދާޅުވީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ހުޅުވަން ނިންމާފައިވާ ބްރިޖުގައި ބޭނުންކުރާނީ އޮޓެމެޓިކް ޓޯލް ސިސްޓަމެއް ކަމަށެވެ. ބްރިޖުން ދަތުރުކުރާއިރު އެއްވެސް ތަނެއްގައި މަޑުކުރަން ނުޖެހި ދެވޭނެ ކަމަށް ވިދާޅުވި އެވެ.
"ޓޯލް ކަނޑައެޅުމުގެ މަސައްކަތް އެބަދޭ، އިރާދަކުރެއްވިޔާ އަންނަ ބުރާސްފަތިދުވަހާ ހިސާބުގައި އިއުލާން ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ އެވެ. ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ ކަމަށް ބްރިޖުގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލުން ވިދާޅުވި އެވެ. އޭގެ އިތުރުން، ދެ ފަރާތުން ބައިސިކަލް ދުއްވޭވަރުގެ ލޭނެއް ވަނީ ހަދައިފަ އެވެ.
ސީސީސީސީގެ މުވައްޒަފުން، ބްރިޖުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ބްރިޖުގައި ޗެކް ޕޮއިންޓެއް ވެސް ނުހުންނާނެ އެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ފަސޭހަވާނެ ގޮތަކަށް އޮޓޮމެޓިކް ސިސްޓަމެއް ގާއިމްކުރީމަ، ކާރުތަކާއި ސައިކަލްތައް ވެސް އެ ދުއްވާފައި ދާ ސްޕީޑުގައި ދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ބްރިޖުގައި މިހާރު ކުރަމުން އަންނަނީ ތާރުއަޅައި، ލައިޓް ހަރުކުރުމުގެ މަސައްކަތެވެ. އެ ކަންކަން ނިމުމާއެކު، ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި، ބްރިޖު ހުޅުވަން ވަނީ ނިންމައިފަ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ގުޅުވާލައިފި
ބްރިޖްގެ ކުރެހުން ހަގީގީ މަންޒަރަކަށް!
ބްރިޖުގެ ޑެކު ނިންމަން މާ ގިނަ ދުވަހެއް ދެން ނުނަގާނެ
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖުގެ ޑެކުގެ މަސައްކަތް ފަށަނީ
ބްރިޖް މަޝްރޫއާ ގުޅޭ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފި
އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުން: ހިޔާލު ދެކަފި!
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ސިނަމާލެ ބްރިޖުގެ ވާހަކަ ފޮތެއްގެ ސިފައިގައި