14 އޯގަސްޓް 2018
އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް ހދ. ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކޮށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ގިނަ ކަންތައްތަކެއް އެ ރަށަށް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވައުދުވެވަޑައިގެންފި އެވެ.
އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް ހދ. ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކޮށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ގިނަ ކަންތައްތަކެއް އެ ރަށަށް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވައުދުވެވަޑައިގެންފި އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށް ހދ. ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި މިއީ އުންމީދުތަކެއް ކޮށް، ތަރައްގީ ކުރަން ތަސައްވުރެއް އެކުލަވާލާފައިވާ ރަށެއް ކަމަށެވެ. އެ ތަސައްވުރަށް އަދިވެސް ބަދަލު ނާންނަ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެކަން ތަންފީޒު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް ގައި "ޖަޒީރާ" ކޮންސެޕްޓަތަކަށް ރާއްޖެ ތަރައްގީ ކުރާއިރު، އެކި ސަރަހައްދުތަކުގައި ގިނަ ވަސީލަތްތަކާ އެކު މައި ރަށެއް ގާއިމް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން، އުތުރުގެ އާބަން ސެންޓަރަކީ ކުޅުދުއްފުށި ކަމަށް ކަނޑައަޅައި ބޮޑެތި މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި، އާބާދީގައި 9000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށީގައި ގައި ހިންގާ ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރައްވައި ޒަމާނީ ޚިދުމަތްތަކެއް އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމެއްގައި ތައާރަފް ކުރާނެ އެވެ.
އިދިކޮޅު ރިިޔާސީ ކެންޑިޑޭޓު އިބޫ އަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށިން މިއަދު ނުކުތް މީހުންގެ ދިގު ކިއު.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ ދަތިކަން ހައްލު ކުރުމަށް އެމްޑީޕީގެ ސަރުކާރުން އިމާރާތް ކޮށްފައިވާ 160 ރޯ ހައުސް ވީރާނާވާން މިހާރު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ، އެތަންތަން އޭގެ ހައްގުވެރިންނަށް ކޯލިޝަންގެ ވެރިކަމެއްގައި ހޯދައި ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި މިރަށުގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނުލިބިވާ އެންމެންނަށް އެކަން ކޮށްދިނުމަށް ވެސް އޭނާ ވައުދުވި އެވެ.
"ބިން އޮތީ ކިހާވަރަކަށްތޯ ބަލައި، ފްލެޓް އަޅައި، ދިގު މުއްދަތުން ފައިސާ ދައްކައި، ބިން މިލްކު ކުރެވޭނެ ގޮތް ހަމަޖައްސާނަން،" ވަރަށް ގިނަ ބަޔަކު ބައިވެރިވި، ފޯރިގަދަ ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮންޓެއިނާ އުފުލާ ބޯޓު ފަހަރުން ކުޅުދުއްފުށީގެ ޕޯޓަށް ގެންނަ މުދަލުން ޑިއުޓީ ކުޑަކޮށް، ޓެކްސްތަކަށް ހެޔޮ ބަދަލެއް ކޯލިޝަންގެ ވެރިކަމެއްގައި ގެނެސް ދޭނެ ކަމަށެވެ. އަދި މި ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ބިމުގައި ވިޔަފާރި ބަނދަރެއް ގާއިމް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުޅުދުއްފުށިން ހިއްކާފައިވާ ބިމުގައި މިހާރު އެއްވެސް މަޝްރޫއެއް ކުރިއަށް ނުފެންދިޔަ ނަމަވެސް، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ ސަރަހައްދުގައި ސިޓީ ހޮޓާތައް އިމާރާތް ކުރާނެ އެވެ.
މިހާރު ހިންގާ މަޝްރޫއެއް ނުހުއްޓުވާނަން: އިބޫ
ކުޅުދުއްފުށި ހޮސްޕިޓަލްގެ ފެންވަރު މަތިކުރަން އިސްކަމެއް
ބަލި މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނިޓަރިންގައި
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އާ ބޯޑު އެކުލަވާލައިފި
ތަރައްގީވާނީ އާމްދަނީގެ ފަރަގު ނައްތާލެވިގެން: ރައީސް
އިބޫ ތިން ދުވަހުގެ ތެރޭގައި ހދ. ގެ 13 ރަށަކަށް
"ވައިގެމަގުން މަކުނުދުއަށް ދަތުރުތައް ފެށޭތޯ ބަލާނަން"
އިބޫ ވެވަޑައިގެންނެވި ވައުދު ހާސިލްވާނެ ގޮތެއް ނެތް
އޮޅުވާލައިގެން ވެސް މޮޅުވުމުގެ ފުރުސަތެއް ނުދޭނަން
ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެ: އެމްޑީޕީ