Roadha Mihaaru
ރާއްޖެ ޓީވީގެ ޖޫރިމަނާ ދެއްކުމަށް ފަންޑެއް ހުޅުވައިފި

ރާއްޖެ ޓީވީގެ 2 މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމަށް ފަންޑެއް ހުޅުވައިފި

10 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމުން ދެ މިލިއަނުން ޖޫރިމަނާކޮށްފައިވާ ރާއްޖެ ޓީވީ އަށް ފައިސާ ހޯދައިދޭން "އަބުރުފުޅު ފަންޑު" ފޮށި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމުން ދެ މިލިއަނުން ޖޫރިމަނާކޮށްފައިވާ ރާއްޖެ ޓީވީ އަށް ފައިސާ ހޯދައިދޭން "އަބުރުފުޅު ފަންޑު" ފޮށި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ރާއްޖެޓީވީ ހިންގާ އިމާރާތުގެ ކުރިމަތީގައި ބަހައްޓާފައިވާ ފޮއްޓަށް 500ރ.ގެ ގިނަ ނޫޓުތަކެއް ލެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެއީ އެއްވެސް އުސޫލެއްގެ މަތިން ކޮށްފައިވާ ޖޫރިމަނާއެއް ނޫން ކަމަށެވެ. ރާއްޖެ ޓީވީއަކީ ދެފުށް ފެންނަ ގޮތަށް ހަބަރުތައް ފަތުރާ ޗެނަލެއް ކަމަށާއި އެ ސްޓޭޝަން ޖޫރިމަނާކޮށްގެން އެ ޓީވީގެ ނޫސްވެރިން ފަހަތަށް ނުޖެހޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން މިތިބީ ރާއްޖެ ޓީވީ އާއެކު. ތިން ލައްކަ، ހަތަރު ލައްކަ، ފަސް ލައްކައިން ޖޫރިމަނާ ކުރިޔަސް އަޅުގަނޑުމެން އެންމެން ނުކުމެ [އެ ފައިސާ ހޯދަން] މަސައްކަތް ކުރާނަން،" ރާއްޖެ ޓީވީ ބޭރުގައި ހުންނަވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި އެވެ.

Joorimanaa kuree Inthihaabuge Coverage ah huras alhan: Raajje Tv

Joorimanaa kuree Inthihaabuge Coverage ah huras alhan: Raajje Tv

The most trusted news source in the Maldives

Mihaaru

ޖޫރިމަނާ ކުރުމުން ރާއްޖެޓީވީން ނެރުނު ބަޔާން--

ބްރޯޑްކާސްޓިން ކޮމިޝަނަށް ބާރުތަކެއް ދިނީ ވަކި ބަޔަކަށް ފިޔަވަޅު އަޅަން ނޫން ކަމަށާއި އެހެން ނަމަވެސް އެ ކޮމިޝަނުން އާންމުކޮށް ފިޔަވަޅު އަޅަނީ ރާއްޖެ ޓީވީ އަށް އެކަނި ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މީގެ ކުރިން ވީޓީވީ އާއި ސަންގު ޓީވީ ވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވެ އިބޫ ވަނީ އެ ސްޓޭޝަންތަކުގެ ނޫސްވެރިން ފަހަތަށް ނުޖެހޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިން ތިބެން ޖެހޭނީ އަޅުވެތި ކަމެއްގައި ނޫން ކަމަށާއި މިނިވަން ނޫސްވެރި ކަމަށް ދެވޭ ކޮންމެ ހަމަލާއަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ކުރާ ކަމެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއްގައި ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަންޑު ފޮށި ހުޅުވައި ދެއްވުމަށް ފަހު އިބޫ ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

ފަންޑު ފޮށި ހުޅުވައި ދެއްވުމަށް ފަހު އިބޫ ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

ބްރޯޑްކޮމުން ބުދަ ދުވަހު ރާއްޖެ ޓީވީ ފަސް ވަނަ ފަހަރަށް ޖޫރިމަނާ ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ބޭއްވި މުޒާހަރާއެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކެއް ބްރޯޑްކާސްޓްކުރުމުން ކަމަށް އެތަނުން ބުނެ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ބްރޯޑްކޮމްއިން އެ ސްޓޭޝަން ޖޫރިމަނާއަކީ އަބުރު ގެއްލޭ ނުވަތަ ގައުމީ ސަލާމަތައް ނުރައްކާވާ ވާހަކައެއް ބްރޯޑްކާސްޓްކޮށްގެން ނޫން ކަމަށެވެ. އެ ކޮމިޝަންގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އެޅުން ކަމަށް ފިޔާޒު ވިދާޅުވި އެވެ.

ފަންޑު ހުޅުވުމުގެ ހަފްލާގައި ފިޔާޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

ފަންޑު ހުޅުވުމުގެ ހަފްލާގައި ފިޔާޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: މިހާރު

އަބުރު ގާނޫނުގައިވާ އެންމެ ބޮޑު އަދަދުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވާއިރު އެކަން ކުރީ ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަން ވެސް ފިޔާޒު ފާހަގަކުރެއްވި އެވެ.

"ދެ މިލިއަން ރުފިޔާއިން އަޅުގަނޑުމެން ޖޫރިމަނާ ކުރީ އަނބުރު ގެއްލުނީ ކިހިނެއްކަން، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވީ ކިހިނެއްކަން ސާބިތުކޮށް ނުދީ،" ފިޔާޒު ވިދާޅުވި އެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ ފިޔާޒު ވިދާޅުވީ އެ ޓީވީން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޖޫރިމަނާގެ ފައިސާ ހޯދުމަށް މުޅި ރާއްޖޭގައި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ވަނީ ރާއްޖެ ޓީވީ އަށް ފައިސާ ހޯދައިދޭން ޅ. ހިންނަވަރުގައި ފަންޑު ފޮއްޓެއް ހުޅުއްވައިދެއްވައިފަ އެވެ. މީގެ ކުރިން ރާއްޖެ ޓީވީކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ވެސް ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެހީތެރިކަން ފޯރުކޮށްދީފ އެވެ.

ރާއްޖެ ޓީވީ ފަސް ފަހަރަށް ޖޫރިމަނާ ކޮށްފައިވާއިރު އެ ސްޓޭޝަންގެ ނޫސްވެރިން ވަނީ ތަފާތު ސަބަބުތަކާ ހުރެ ކަމަށް ބުނެ ޖަލަށް ވެސް ލައިފަ އެވެ. އަދި އެ ސްޓޭޝަންގައި އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވެސް ދީފައިވެ އެވެ.