08 އޯގަސްޓް 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ހިންގައި ދިނުމަށް މައުމޫންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ހިންގައި ދިނުމަށް މައުމޫންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި އެމަނިކުފާނު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ.
މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ، މައުމޫންގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގައިދޭން އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތީ މިދިޔަ ހަފުތާގައި އެމަނިކުފާނު ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއަކުން ކަމަށެވެ. އެގޮތަށް އެދިވަޑައިގަތީ އެމަނިކުފާނުގެ އުމުރުފުޅާއި ސިއްހީ ހާލުކޮޅު ހުރިގޮތުން ކޯޓަށް ހާޒިރުވުމަށްޓަކައި ކަނޑު ދަތުރުތައް ކުރެއްވުމަށް ދަތިފުޅުވާތީ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އެ ސިޓީގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ގާނޫނުއަސާސީން އެމަނިކުފާނަށް ލިބޭ ހައްގެކޭ. އެކަމަކު އެ ހައްގު އެމަނިކުފާނު ދޫކޮށްލެއްވީ ކަމަށް. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ވާހަކަ ދައްކަވާނީ އެމަނިކުފާނުގެ ވަކީލުން ކަމަށާއި އެހެންވެ ވަކީލުންގެ ހާޒިރުގައި ކުރިއަށް ގެންދަން އެދިވަޑައިގެންފައި ވާނީ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ހަފުތާގައި ވެސް މައުމޫން ބެއްލެވި ޑޮކްޓަރު ވަނީ އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން މައުމޫނަށް ދަތުރުފުޅު ކުރެއްވުމަކީ ރަައްކާތެރި ކަމެއް ނޫން ކަމަށް ލަފާ ދީފައި ކަމަށެވެ. އެހެންވެ، އެކަން ވެސް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.
ފުލުހުންގެ ތަހުގީގަށް ފޯނު ދެއްވަން އިންކާރު ކުރެއްވި މައްސަލާގައި އުފުލި ދައުވާއެއް ސާބިތުވެ، މައުމޫން މިިހާރު ވެސް ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މައުމޫނާ ދެކޮޅަށް ހުށަހެޅި ހެކިތައް ސިއްރުކޮށްފި
މައުމޫންގެ ޝަރީއަތުގެ އަޑުއެހުން މާދަމާ އަށް ފަސްކޮށްފި
މައުމޫންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް
މައުމޫންގެ ހެކިންގެ ލިސްޓް އޮތްގޮތުން ބަލައެއްނުގަތް
މައުމޫންގެ ބަންދަށް މިފަހަރު ވެސް ލުޔެއް ނުދިން
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
މައުމޫންގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލްކޮށްފި
މައުމޫންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ
މައުމޫންގެ ހާލުކޮޅު ގޯސްކަމުން ކޯޓަށް ހާޒިރު ނުކުރެވުނު
ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށްދާނީ އެއްކޮށް