05 އޯގަސްޓް 2018
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކޮންމެހެން ވެސް ކާމިޔާބު ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކުރިން ނުކުރާ ވަރުގެ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކޮންމެހެން ވެސް ކާމިޔާބު ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކުރިން ނުކުރާ ވަރުގެ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ކެމްޕޭނަށް އަތޮޅުތަކަށް ކުރައްވާ ދަތުރުގައި މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ގެންނަން އުޅޭ ބޭފުޅަކީ އަނިޔާވެރިއެއްތޯ މިހާރު ކޮންމެހެން ވެސް ބަލަން ޖެހޭ ކަމަށެވެ. އިދިކޮޅުގެ ކެންޑިޑޭޓު އިބޫއަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ އަދި ރައްޔިތުންނަށް ވަރަށް އިހުތިރާމު ކުރައްވާ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅެއްގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިތުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް ކަމެއް ކަމަށް ވިދާޅުވި އެވެ.
JP ge Council Member Mohamed Maleeh Jamal
— MDP Secretariat (@MDPSecretariat) August 5, 2018
Raees Uz Maumoon Abdul Gayyoom beyinsaafun 6 mas dhuvas Jalugai -
Gulhifaivaa Partythakun baavvaa Jalsa M.Dhiggaru MDP Harugeyga #IbuFaisal2018#JazeeraRaajje pic.twitter.com/AmDYUOm0LZ
ދިއްގަރު ޖަލްސާގެ ތެރެއިން.
"އިބޫއަކީ ދިވެހިރާއްޖެއިން ވެސް މިހާރު ނުލިބޭނެ އަހުލާގު ރަނގަޅު ރައްޔިތުންގެ އުދާސްތައް އެނގިވަޑައިގަންނަވާ ރައްޔިތުންނާ އެއްކޮށް މަސައްކަތް ކުރެވޭނެ ތަޖުރިބާކާރު ބޭފުޅެއް،" ފައިސަލް ވިދާޅުވި އެވެ.
"ވެރިއަކު އިންތިހާބު ކުރާ އިރު މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ކަންތައްތަކުން ހަމަ ޔަގީން އެބަވޭ އެއީ ކޮން ކަހަލަ މީހެއްކަން ބަލަން ޖެހޭކަން. އެއީ ހިޔާނާތްތެރިއެއްތޯ އެއީ އަނިޔާ ކުރާ މީހެއްތޯ އެއީ ނުހައްގުން މީހުން ޖަލަށްލާ މީހެއްތޯ މިއީ ބަލަން ޖެހޭ ކަންކަން."
ފައިސަލް ވިދާޅުވި ގޮތުގައި އިންތިހާބު ކާމިޔާބު ކުރެވޭނީ ގުޅިގެން މިހާރު މިކުރާ މަސައްކަތް ކުރިއަށް ވުރެ އިތުރަށް ވަރުގަދަކޮށްގެންނެވެ.
"ދުވަހަކު ވެސް އަޅުގަނޑުމެން އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ނުކުރާހާ މަސައްކަތް މި ފަހަރު ކުރަން އެބަ ޖެހޭ. ކުރިން އަޅުގަނޑުމެން ކުރި މަސައްކަތުގެ ދިހަ ގުނަ މަސައްކަތް ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
Kureege Minister Hon.Abdulla Kamaludeen
— MDP Secretariat (@MDPSecretariat) August 5, 2018
Raees Uz Maumoon Abdul Gayyoom beyinsaafun 6 mas dhuvas Jalugai -
Gulhifaivaa Partythakun baavvaa Jalsa M.Dhiggaru MDP Harugeyga #IbuFaisal2018#JazeeraRaajje pic.twitter.com/EHKilf4oI2
ދިއްގަރު ޖަލްސާގެ ތެރެއިން.
ފައިސަލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ދިވެހި ހުރިހާ ރައްޔިތުން މި ފަހަރު ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ރާއްޖެ ދާނީ އަޅުވެތި ކަމެއްގެ ތެރެއަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރައްޔިތުންގެ ގާތަށް އައިސް ރައްޔިތުންގެ ހާލަތު އޮޅުންފިލުވުން. އެއީ ކޯލިޝަން ސަރުކާރެއް ހިނގާނެ ގޮތަކީ ވެސް. ތިބޭފުން ބޭނުންވާ ކަންތައްތައް ބަލައިގެން އެގޮތަށް އަޅުގަނޑުމެން ސަރުކާރު ހިންގާނީ."
ފައިސަލް ވިދާޅުވީ ފިނި ކޮޓަރީގައި ތިބެގެން ބޮޑާކަމާއި ކިބުރުވެރިކަމާއި ފޮނިކަމުގައި ދައުލަތް ހިންގުމަކީ ކޯލިޝަން ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުޑަޔަސް ބޮޑަސް، ރާއްޖޭގެ ހުރުހާ ރަށެއްގެ ހުރިހާ ރައްޔިތުންނާ މެދު ކަންކަން ކުރާނީ ހަމަހަމާއި އިންސާފާއި އަދުވެރިކަމާ އެކުގަ އެވެ.
"އަޅުގަނޑުމެން އަބަދު ވެސް އިސްލާމީ ރީތި އުސޫލުން ކަންތައްތައް ކުރަން. [އެހެންވީމާ] މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުސަތު ދޫކޮށްލައިފި ނަމަ ތޭވީސް ސެޕްޓެމްބަރުގައި އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ތި ބޭފުޅުން ނުނެރުއްވައިފި ކަމަށް ވަންޏާ އަޅުގަނޑުމެން ދެން ވެގެން ދާނީ އެހެން ބައެއްގެ އަޅުވެވިގެންވާ ގައުމަކަށް،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން ބޭރުގެ ގައުމުތަކުން ބޮޑެތި ލޯން ފަދަ ތަކެތި ނެގުމަކީ އެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ.
"އަޅުގަނޑު އިލްތިމާސްކޮށް އާދޭސްކޮށް ދަންނަވަން ބޭނުން ވަނީ ގުޅިގެން މި ކުރާ މަސައްކަތް ބާރަށް ކުރިއަށް އެބަ ގެންދަން ޖެހޭ. އެތަކެއް ރައްޔިތުންނަށް މި ލިބޭ އަނިޔާ ހުއްޓުވަން އެބަޖެހޭ،" ފައިސަލް ވިދާޅުވި އެވެ.
"ހިތްވަރު ކުރައްވާ، ކަންތައްތައް ދަނީ ބަދަލުވަމުން"
ނައިބު ރައީސްގެ ނިންމެވުމާ މެދު ޖޭޕީ ހިތްހަމަނުޖެހިއްޖެ
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
"ރައީސަކީ ރާއްޖެ ނުދެކޭ ފަދަ އޯގާތެރި ވެރިއެއް"
ސިޔާސީ ދާއިރާއަށް ނުކުތް އެއްސަބަބަކީ ހުސައިން: ރައީސް
މަޖިލިހުގައި ސަރުކާރުން ތަޅެއް ނާޅުވާނެ: ނައިބު ރައީސް
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
ވަޒީރުންގެ މައްސަލަތަކެއް އޭސީސީގައި އޮތްތޯ ބަލަނީ
ހުވާކުރާ ތަނަށް ނުދިޔައީ ބަލިވެ އުޅޭތީ: ނިހާން
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟