Roadha Mihaaru
ދިރާގަށް 215 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ދިރާގަށް މިދިޔަ ކުއާޓަރުގައި 215 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

31 ޖުލައި 2018

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 215.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 215.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

އެ ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ކުއާޓަރުގައި ސާފު ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ މޯބައިލް ޑޭޓާ އާއި ފައިބާ ޓުދަ ހޯމް ސާވިސް އާއި އެންޓަޕްރައިސް ސާވިސް އިން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ސާފު ފައިދާ ތިން ޕަސެންޓް އިތުރުވެފައި ވެ އެވެ.

ދިރާގުގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 694.3 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 349.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ދައްކާފައި ވެ އެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.84ރ. ޖެހިފައިވެ އެވެ.