Roadha Mihaaru
ދިރާގުން ހިއްސާދާރުންނަށް 897 މިލިޔަން ރުފިޔާ ބަހަނީ

ދިރާގުގެ ހިއްސާދާރުންނަށް 897 މިލިއަން ރުފިޔާ ބަހަނީ، ހިއްސާ އަކަށް 11.81ރ

11 ފެބުރުއަރީ 2018

ދިރާގަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ. މިގޮތަށް ފާސްވެއްޖެނަމަ، ކޮންމެ ހިއްސާ އަކަށް 11.81ރ. ލިބޭނެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ދިރާގަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ. މިގޮތަށް ފާސްވެއްޖެނަމަ، ކޮންމެ ހިއްސާ އަކަށް 11.81ރ. ލިބޭނެ އެވެ.

މުވާސަލާތީ އެންމެ ބޮޑު ކުންފުނިން ބުނީ މިދިޔަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބެހިފައި ވަނީ، އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 453 މިލިޔަން ރުފިޔާ (ހިއްސާ އަކަށް 5.96ރ.) އަދި އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި 445 މިލިޔަން ރުފިޔާ (ހިއްސާ އަކަށް 5.85ރ.) ކަމަށެވެ.

މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާ އިން ފާސްކުރާ ބައި ބަހާނީ، އެ ޖަލްސާގައި އިއުލާނު ކުރާ "ބުކް ކްލޯޝާ ޑޭޓް"ގައި ހިއްސާ ގަނެ، އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައިވާ ފަރާތްތަކަށް ކަމަށެވެ.

ދިރާގުން ވަނީ މިދިޔަ ހަ އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ އާއެކު ޖުމްލަ 4.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެންދާނެ އެވެ.

މި މުއްދަތުގެ ތެރޭގައި ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރު ކޮށްދިނުމަށް ވެސް ވަނީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ދިރާގުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވަނީ ފަސް ލައްކަ އަށް ވުރެ ގިނަ ވެފަ އެވެ.