31 ޖުލައި 2018
ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް އޮޅުވާލަައި، ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަންނަމުންދާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓްރޭޝަން ފޯމު ފުރުމުގައި އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް އޮޅުވާލަައި، ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަންނަމުންދާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު، ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކި މީހުންގެ ނަމުގައި އެމްޑީޕީން ރަޖިސްޓްރޭޝަން ފޯމު ފުރައި އެ ޕާޓީގެ މެމްބަރުންގެ އިނގިލީގެ ނިޝާން ޖަހަމުންދާ ކަމަށެވެ. އެ ޕާޓީން ފުރާ ފޯމުތަކުގެ ތެރެއިން ވޯޓު ނުލިބޭނެ ކަން ކަށަވަރުވާ ފޯމުތައް އިލެކްޝަންސަށް ނުފޮނުވައި ނައްތާލަމުންދާ ކަމަށް ވެސް ޚަލީލް ތުހުމަތު ކުރެއްވި އެވެ.
Reregistration form furumuga MDP in gendhanee varah bodethi makaru hadhamun.
— Dr. Abdulla Khaleel ? (@abkhaleel) July 31, 2018
1. Eki meesmeehunge namuga form furai MDP ge thingatharu meehehge finger print jahamun.
2. Eki meehun furaa form thah libumun vote nulibeynekan kashavruvaanama, e formeh EC ah nufonuvaa nahthaalamun. 1/2
ރީ ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން ޚަލީލް ކުރެއްވި ޓުވީޓެއް.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގަށް، އެ ގޮތަށް އަރައިގަތުމަކީ ދަށު ދަރަޖައިގެ އަމަލެކެވެ.
"ދެ ހާސް އަށެއްގެ އިންތިޚާބު ގަޑުބަޑުކުރި ގޮތަށް، ރައްޔިތުން ވޯޓުން މަހްރޫމް ކޮށްގެން އެ ފުރުސަތު މި ފަހަރު ލިބޭނެ ކަމަށް ހީނުކުރާތި،" ޚަލީލް ވިދާޅުވި އެވެ.
ރީ-ރަޖިސްޓްރޭޝަނުގައި އެމްޑީޕީން އޮޅުވާލަމުންދާ ކަމަށް ޚަލީލް ވިދާޅުވި އިރު، އެމްޑީޕީން ބުނެފައި ވަނީ، ސަރުކާރު މުވައްޒަފުން ލައްވައި މަޖުބޫރުކޮށްގެން ފޯމު ފުރުމާއި، އެ ފޯމުތައް އިލެކްޝަންސް އަށް ހުށަހެޅުމުގެ ބަދަލުގައި ޕީޕީއެމްގެ ޖަގަހަތަކަށް ގެންދަނީ މަކަރު ހަދަން ކަމަށެވެ.
"މީގައި ޕްލޭންކޮށްފައި އޮތް ގޮތަކީ، ރައީސް ޔާމީނަށް ތާއީދު ނުކުރާ މީހުންނަށް ވޯޓުލާން ފުރުސަތު ނުދިނުން. އެއާއެކު، ނުބައި ދިމަދިމާތަކަށް މީހުން ރަޖިސްޓްރީ ކުރުވުން ވެސް. އޭރުން އެތައް ހާސް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލުނީ. ބޭނުން ވަނީ، ރައީސް ޔާމީނަށް ވޯޓު ކަށަވަރުވާ މަދު ބަޔަކަށް ފުރުސަތުދީގެން އިންތިޚާބު ބާއްވަން،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވި އެވެ.
ރީ-ރަޖިސްޓްރޭޝަނާ ގުޅުވައިގެން އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި އިލްޒާމްތައް އަޅުވަމުން ދާއިރު، އިލެކްޝަންސް ކޮމިޝަނުން އެދެނީ ބަޔަކު ލައްވައި ރީ-ރަޖިސްޓްރީވާން ފޯމު ފުރާފައިވާ ނަމަ އަމިއްލަ އަށް ޗެކްކުރުމަށެވެ. އެ ކޮމިޝަނަށް ފޯމު ހުށަހަޅާފައި ނުވާ ނަމަ، އަމިއްލަ އަށް ފޯމު ހުށަހަޅަން އެ ކޮމިޝަނުން އެދެ އެވެ.
ވޯޓު އޮޅުވާލަން ވިސްނާނެ ކަމެއް ނެތް: ރައީސް ޔާމީން
އިދިކޮޅުން އުޅެނީ އިންތިޚާބު ހައިޖެކް ކުރަން: ޚަލީލް
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
އިންތިޚާބު އޮޅުވާލަން ފުރުސަތެއް ނެތް: ޝަރީފް
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
މެންބަރުން އިތުރުނުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު