Roadha Mihaaru

ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ މައްސަލަ ޕޮލިހަށް

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

30 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ހުށަހަޅައިފި އެވެ.

ޕީޕީއެމުން ތައްޔާރުކުރި "އަތޮޅު ޖަގަހަ" ހުޅުވުމުގެ ހަފުލާގައި އެ ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު، ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަބްދުއްރަހީމްގެ ވާހަކަތަކާ ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ހުށަހެޅިި މައްސަލައާ މެދު ފުލުހުން ވިސްނާނެ ކަމަށް އުއްމީދުކުރައްވަ އެވެ.

ޕީޕީއެމްގެ ގިނަ ހަރަކާތްތަކެއް ދައުލަތުގެ ތަންތަނުގައި މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން ދަރުބާރުގެ މުޅިން ވެސް ބޭނުންކުރަނީ ޕީޕީއެމްގެ ކަންކަމަށެވެ. އެމްޑީޕީގެ ކޮންގްރެސް ބާއްވަން ދަރުބާރުގެ ލިބޭތޯ އެ ޕާޓީން މަސައްކަތްކުރި އެވެ. އެކަމަކު ހައުސިން މިނިސްޓްރީން ކޮންމެވެސް ސަބަބުތަކެއް ދެއްކުމަށް ފަހު އެ ތަން ދުލެއް ނުކުރި އެވެ.

ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މިހާރު ނެރެ އެވެ.