Roadha Mihaaru
އުދަ އަރައިފާނެތީ ސަމާލުވާން އަންގައިފި

އުދަ އަރައިފާނެތީ ސަމާލުވާން އަންގައިފި

29 ޖުލައި 2018

ކަނޑުތަކުގައި ބާނި ބޮޑުވެފައިވާތީ ރާއްޖޭގެ ހުރިހާ ހިސާބަަކަށް ވެސް މިއަދު އުދަ އަރައިފާނެތީ ސަމާލުވުމަށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކަނޑުތަކުގައި ބާނި ބޮޑުވެފައިވާތީ ރާއްޖޭގެ ހުރިހާ ހިސާބަަކަށް ވެސް މިއަދު އުދަ އަރައިފާނެތީ ސަމާލުވުމަށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓުން ވަނީ މިއަދު 12:30 އިން ހަވީރު 4:30 އަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދައިގެ އަސަރުކޮށްފާނެތީ ސަމާލުވުމަށް "ޔެލޯ އެލާޓް" ނެރެފަ އެވެ. އާންމުކޮށް އުދަ އަރާ ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުނެ އެވެ.

މެޓުގެ އޮފިޝަލަކު ވިދާޅުވީ މިއީ ކޮންމެ ހަނދުމަހެއްގައި ވެސް އެންމެ ދިޔަވަރު ބޮޑުވާ ދުވަސްވަރު ކަމަށްވުމާއެކު ދިޔަވަރު ބޮޑު ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެބައޮތް ކަމަށެވެ. ނަމަވެސް އާދަޔާ ހިލާފަށް އުދަ ނާރާނެ ކަމަށް މެޓުން ބުނެ އެވެ.

އުތުރުގެ އަތޮޅުތަކަށް މިއަދު އެންމެ ދިޔަވަރު ބޮޑުވާނީ 13:31 ގަ އެވެ. އަދި މެދު ރާއްޖެތެރެއިން 14:18 ގައި ދިޔަވަރު ބޮޑުވާއިރު ދެކުނަށް ދިޔަވަރު ބޮޑުވާނީ 14:50 ގަ އެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުނެ އެވެ. އަދި ވައިޖެހޭނީ ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.