29 ޖުލައި 2018
އަންނަ މަހު އިންޑޮނީޝިއާގައި އޮންނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ވާދަކުރާނީ ބީޗް ވޮލީބޯޅަ އިވެންޓުގަ އެވެ.
އަންނަ މަހު އިންޑޮނީޝިއާގައި އޮންނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ވާދަކުރާނީ ބީޗް ވޮލީބޯޅަ އިވެންޓުގަ އެވެ.
ބައިނަލްއަގްވާމީ މުބާރާތްތަކުގައި މީގެ ކުރިން ކުޑަކާއްޓޭ ފެނުނީ އިންޑޯގެ ގައުމީ ވޮލީބޯޅަ ޓީމުންނެވެ. އެކަމަކު އެންމެ ފަހުން ބަންގްލަދޭޝްގައި އޮތް އޭވީސީ މުބާރާތުގައި ކުޑަކާއްޓޭ ނުކުޅެ އެވެ. އޭގެ ބަދަލުގައި އޭނާ ފެނުނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭވީސީ ބީޗްވޮލީބޯލް ޓުއާ އިންނެވެ. އޭނާ އެ ފަހަރު އިންޑޯ ޓީމާ އެކު ނުދެވުނީ އާއިލީ ކަމެއްގައި ޓީމާ ދުރު ހުރުމުން ގަވާއިދުން ޕްރެކްޓިހުގައި ބައިވެރިނުވެވޭތީ އެވެ.
ބީޗްވޮލީގައި ކުޑަކާއްޓެގެ ޕެއާ އަކީ ކުރިން އޭނާއާ އެކު ގައުމީ ޓީމަށާއި ކްލަބް ލެވެލްގައި ވެސް އެއް ޓީމަކަށް ކުޅުނު އަޝްފާގު އާދަމް (އައްކަޅޭ) އެވެ. ތައިލެންޑުގައި އެންމެ ފަހުން އޮތް އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުގައި ވެސް ކުޑަކާއްޓެ ކުޅުނީ އައްކަޅޭއާ އެއް ޕެއާއެއްގަ އެވެ. ކުޑަކާއްޓެ އާއި އައްކަޅޭގެ ޕެއާ ވަނީ ގައުމީ ބީޗްވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދައިފަ އެވެ.
ބީޗްވޮލީގައި މީގެ ކުރިން ރާއްޖޭން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެކަމަކު އެންމެ ފަހުން ދެ މުބާރާތުގައި ވެސް އެކި ސަބަބުތަކާ ހުރެ ރަނގަޅުނަތީޖާތަކެއް ނުނެރެވުނެވެ. މި ފަހަރުގެ އޭޝިއަން ގޭމްސް އަކީ އަންނަ އަހަރު އޮންނަ ސާފް ގޭމްސް އަށް ދިއުމުގެ ކުރިން ބީޗްވޮލީ ޓީމަށް ލިބިފައިވާ ކުރިއެރުން ވަޒަންކޮށްލަން ލިބޭނެ ރަނގަޅު މެޗުތަކެކެވެ.
ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާގެ އިތުރުން ރާއްޖޭގެ އެހެން ޕެއާ އެއް ވެސް މި ފަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރާނެ އެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ކާއްޓެ (ވ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭޝިއަން ގޭމްސްގައި ވާދަކުރާ އިންޑޯ ޓީމު ރޭ ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. މި ފަހަރުގެ ޓީމުގައި ހިމެނެނީ އެންމެ ފަހުން އޭވީސީ މުބާރާތުގައި ކުޅުނު 14 ކުޅުންތެރިންނެވެ. އެ މުބާރާތުގައި ރާއްޖެ އަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވުނީ އެ ފަދަ މުބާރާތަކާ ބަލާއިރު ނިސްބަތުން އާ ކުޅުންތެރިންތަކަކާ އެކު ކުޅުމުން ކަމަށް ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ވަނީ ބުނެފަ އެވެ. އަދި މުބާރާތުގެ ތަޖުރިބާ ލިބޭވަރަކަށް އެ ޓީމު އަންނާނީ ރަނގަޅުވަމުން ކަމަށެވެ.
ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނުއިރު، އޭގެ ފަހުން ކުޅުނު ދެ މުބާރާތް ވެސް ރާއްޖޭން ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. އެއީ މިދިޔަ އަހަރު މާލޭގައި އޮތް މުބާރާތާއި މިދިޔަ މާޗް މަހު އޮތް މުބާރާތެވެ.
އަަންނަ މަހު 20 އިން ސެޕްޓެމްބަރު 1 އަށް ޖަކާޓާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖެ އޮތީ އިންޑިއާ އާއި ގަތަރު އަދި ހޮންކޮންއާ އެއް ގްރޫޕެއްގަ އެވެ. މި ނިސްބަތުން ބަލާއިރު ރާއްޖެ އަށް އުނދަގޫ މެޗުތަކެއް ނަމަަވެސް ޓީމަށް ކުޅެލަން ލިބޭނެ ރަނގަޅު މެޗުތަކެކެވެ. އަދި މިހާރު އޮތް ގައުމީ ޓީމުގައި އާ ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު އެ ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާ އެކެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މި ފަހަރުގެ އޭޝިއަން ގޭމްސް އިން އަންހެން ޓީމުތައް ބައިވެރިނުވީ އޮލިމްޕިކް ކޮމިޓީއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށާއި އަންހެން ޓީމު ޓްރެއިނިން ކޭމްޕެއްގައި ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުޑަކާއްޓޭގެ ފޯކަސް މި ވަގުތު ބީޗްވޮލީ އަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ޒުވާން ވޮލީ ޓީމަށް ފުރަތަމަ މެޗުން ނާކާމިޔާބު
އޭޝިއަން ގޭމްސްގައި ދިދަ ވިހުރާލީ ޒިޔާން އާއި އީހައު
އިންޑިއާ ޕެއާ އަތުން ބަލިވެ ތަށި ދިފާއު ނުކުރެވުނު
ބަންގްލަދޭޝް ބަލިކޮށް ޗެމްޕިއަން ރާއްޖެ ފައިނަލަށް
އެންމެފަހުގެ ޗެމްޕިއަން އެޑަމްއާއި ކުޑަކާއްޓޭ ކުއާޓާއަށް