14 އޯގަސްޓް 2018
ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަކީ ގައުމީ ވޮލީބޯޅަ ޓީމު ވެސް އެންމެ ބަރޯސާވާ އެއް ކުޅުންތެރިއާ އެވެ. އެކަމަކު މި އަހަރުން ފެށިގެން އޭނާ ފެންނަނީ ބީޗް ވޮލީބޯޅައިގެ ގައުމީ ޓީމުންނެވެ. މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި އޭނާ ވޮލީ ޓީމަށް ނުކުޅުނީ އެ ވަގުތު ހާލަތު ހުރި ގޮތުން ޓީމުގެ ފަރިތަކުރުންތަކުގައި ގަވާއިދުން ބައިވެރިވެވެން ނެތުމުންނެވެ. އެކަމަކު މިހާރު މިވަނީ ސީދާ ބީޗް ވޮލީއަށް ހުސްވެފަ އެވެ،
ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަކީ ގައުމީ ވޮލީބޯޅަ ޓީމު ވެސް އެންމެ ބަރޯސާވާ އެއް ކުޅުންތެރިއާ އެވެ. އެކަމަކު މި އަހަރުން ފެށިގެން އޭނާ ފެންނަނީ ބީޗް ވޮލީބޯޅައިގެ ގައުމީ ޓީމުންނެވެ. މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި އޭނާ ވޮލީ ޓީމަށް ނުކުޅުނީ އެ ވަގުތު ހާލަތު ހުރި ގޮތުން ޓީމުގެ ފަރިތަކުރުންތަކުގައި ގަވާއިދުން ބައިވެރިވެވެން ނެތުމުންނެވެ. އެކަމަކު މިހާރު މިވަނީ ސީދާ ބީޗް ވޮލީއަށް ހުސްވެފަ އެވެ،
މި ހަފުތާގައި ފަށާ އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަކުރާ ބީޗް ވޮލީބޯޅަ ޓީމުގައި ކުޑަކާއްޓެ ހިމެނުނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޓާގެޓެއް ވެސް އޮތުމުން ކަމަށް އެނގިފައިވެ އެވެ. އެއީ އަންނަ އަހަރު އޮންނަ ސާފް ގޭމްސްގައި މެޑަލެއް ހޯދުމަށް ކުރާ އަމާޒެވެ.
ކުޑަކާއްޓެ "މިހާރަ"ށް ބުނީ އޭނާ އިންޑޯ ޓީމާ އެއްކޮށް ދުރަށް ދިޔައީ ނޫން ކަމަށާއި ބީޗް ޓީމާ އެކު ކުރިއަށްދަނީ ޕްލޭނަކާ އެކު ކަމަށެވެ.
"މި ވަގުތަށް ބޮޑަށް ބުރަވަނީ ބީޗް ވޮލީ އަށް. އެއީ އެއްކޮށް ބީޗް އަށް ބަދަލުވީއެއް ނޫން." މިހާރު އެވޯޑްސްގެ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމު މިދިޔަ އަހަރު ހޯދި ކުޑަކާއްޓެ ބުންޏެވެ.
ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް
މި ފަހަރުގެ އޭޝިއަން ގޭމްސްގައި ކުޑަކާއްޓޭގެ އިތުރުން ރާއްޖޭގެ އިތުރު ތިން ކުޅުންތެރިން ވާދަކުރާނެ އެވެ. އެއީ އަޝްފާގު އާދަމް (އައްކަޅޭ)، ޝިއުނާޒް އަބްދުލް ވާހިދު އަދި އަހުމަދު މުހައްމަދު އެވެ.
ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމުގެ ކޯޗަކީ އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ. ކޯޗު އަބުޅޯ ވަނީ ރާއްޖޭގައި ބޭއްވި ފަރިތަކުރުންތަކުގައި މި ހަތަރު ކުޅުންތެރިން ތަފާތު ޕެއާތަކެއްގައި ކުޅުވަން ޕްރެކްޓިސް ކޮށްފަ އެވެ. މީގެ ކުރިން ޕެއާ އެއްގައި ކުޅުނީ ކުޑަކާއްޓެ އާއި އައްކަޅޭ އަދި ޝިއުނާޒް އާއި އަހުމަދުގެ ޕެއާ އެވެ. އެސޯސިއޭޝަނުން ބުނީ ގޭމްސްގައި މީގެ ކުރިން ކުޅުނު ޕެއާ އަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.
މާލޭގައި ޕްރެކްޓިސް ކުރުމަށް ފަހު ބީޗް ވޮލީބޯޅަ ޓީމު ވެސް މިހާރު ތަމްރީން ހަދަމުން އަންނަނީ ބެންކޮކްގަ އެވެ. ޓީމު އޭޝިއަން ގޭމްސް އަށް އިންޑޮނީޝިއާ އަށް ދާނީ ބެންކޮކް މަގުންނެވެ.
ބީޗްވޮލީގައި މީގެ ކުރިން ރާއްޖޭން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެކަމަކު އެންމެ ފަހުން ދެ މުބާރާތުގައި ވެސް އެކި ސަބަބުތަކާ ހުރެ ރަނގަޅުނަތީޖާތަކެއް ނުނެރެވުނެވެ. މީގެ ކުރިން ގައުމީ ބީޗް ވޮލީ ޓީމަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އާދަމް ނަސީމް (އެޑަމް) އަދި އަހުމަދު އަނިލް މިހާރު ކުޅެމުން އަންނަނީ އިންޑޯ ގައުމީ ޓީމަށެވެ.
ކޮމަންވެލްތު ގޭމްސްގެ ކޮލިފައިންގައި ރާއްޖެ އަށް ދެވަނަ
އޭޝިއަން ގޭމްސްގައި ކުޑަކާއްޓޭ ބީޗްވޮލީ އަށް
ރަނަކީ ރާއްޖޭގެ ވޮލީ އަށް ލިބުނު އިތުބާރެއް: އެޑަމް
އެޑަމް، ކުޑަކާއްޓޭގެ ޕެއާއިން ރާއްޖެއަށް ރަން މެޑަލް
އޭޝިއަން ގޭމްސްގައި ދިދަ ވިހުރާލީ ޒިޔާން އާއި އީހައު
އިންޑިއާ ޕެއާ އަތުން ބަލިވެ ތަށި ދިފާއު ނުކުރެވުނު
ބަންގްލަދޭޝް ބަލިކޮށް ޗެމްޕިއަން ރާއްޖެ ފައިނަލަށް
އެންމެފަހުގެ ޗެމްޕިއަން އެޑަމްއާއި ކުޑަކާއްޓޭ ކުއާޓާއަށް
ތަށި ދިފާއު ކުރަން ބީޗް ވޮލީ ޓީމު ބަންގްލަދޭޝް އަށް
ގައުމީ ބީޗް ވޮލީ ޓީމު އޭވީސީ މުބާރާތުގައި ވާދަ ނުކުރޭ