12 ސެޕްޓެމްބަރ 2023
ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓްއާގެ ތަށި ދިފާއު ކުރުމުގެ އަޒުމުގައި ރާއްޖޭގެ ގައުމީ ބީޗު ވޮލީ ޓީމު ބަންގްލަދޭޝް އަށް ފުރައިފި އެވެ.
ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެނުންގެ ބީޗް ވޮލީބޯޅަ ޓްއާގެ ތަށި ދިފާއު ކުރުމުގެ އަޒުމުގައި ރާއްޖޭގެ ގައުމީ ބީޗު ވޮލީ ޓީމު ބަންގްލަދޭޝް އަށް ފުރައިފި އެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން މި ގައުމަށް ތަށި ގެނައީ. އަދި މިއަހަރު އަޅުގަނޑުމެން މިތިބީ އެއަށްވުރެ ފޯރިގަދަ ތަޖުރިބާއަކަށް ތައްޔާރުވެފައި،" ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ވެއެވެ.
މާދަމާއިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކާވާ ބީޗް ވޮލީބޯޅަ ޓުއާގައި ރާއްޖޭން ވާދަކުރަނީ މިދިޔަ އަހަރުގެ މުބާރާތުން ރާއްޖެއަށް ތާރީހީ ކާމިޔާބީ ހޯދައި ދިން އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ އެވެ.
އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ، ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިދިނީ ފައިނަލްގައި ނޭޕާލްގެ ޕެއާއެއް ބަލިކޮށްފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކޯޗަކަށް ހުރީ ބްރެޒިލްގެ ވިނީޝިއުސް މާޓިންސް އެވެ. މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރިހި މެޑަލްއަކާއި ލޯ މެޑަލްއެއް ހޯދި ރާއްޖޭގެ ބީޗް ވޮލީ ޓީމުގެ އޭރުގެ ކުޅުންތެރިޔާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.
ބީޗް ވޮލީ ގައުމީ ޓީމަށް ބްރެޒިލްގެ ތަޖުރިބާކާރެއް
އިންޑިއާ ޕެއާ އަތުން ބަލިވެ ތަށި ދިފާއު ނުކުރެވުނު
ބަންގްލަދޭޝް ބަލިކޮށް ޗެމްޕިއަން ރާއްޖެ ފައިނަލަށް
އެންމެފަހުގެ ޗެމްޕިއަން އެޑަމްއާއި ކުޑަކާއްޓޭ ކުއާޓާއަށް
ގައުމީ ބީޗް ވޮލީ ޓީމު އޭވީސީ މުބާރާތުގައި ވާދަ ނުކުރޭ
ސީރީޒް އެކެއް ކާމިޔާބުކުރީ ޝާހު-އެޑަމް އަދި އަރީޝާ-މާޖިދާ
ބީޗް ވޮލީ ސީރީޒް އެކެއްގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ
ރަން މެޑެއްޔާ އެކު އެޑަމްގެ ޓާގެޓްތައް މަތިވެއްޖެ
ބީޗްވޮލީ މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފި
ރާއްޖެއިން ބަންގްލަދޭޝް އާއި ކިރިގިސްތާން ބަލިކޮށްފި