28 ޖުލައި 2018
ކުރިއަށް އޮތް އޭޝިއަން ގޭމްސް އާއި ސާފް ސުޒުކީ ކަޕުގައި އޭނާގެ ޓާގެޓާ އެއްގޮތަށް ކުޅުންތެރިން މަސައްކަތް ކޮށްފިނަމަ ބަންގްލަދޭޝްގެ ފުޓްބޯޅައާ މެދު ގިނަ ބަޔަކު ދެކެމުން އަންނަ ނެގެޓިވް ކަންތައްތައް ބަދަލުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބަންގްލަދޭޝްގެ ފުޓްބޯޅަ ޓީމުގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭ ބުނެފި އެވެ.
ކުރިއަށް އޮތް އޭޝިއަން ގޭމްސް އާއި ސާފް ސުޒުކީ ކަޕުގައި އޭނާގެ ޓާގެޓާ އެއްގޮތަށް ކުޅުންތެރިން މަސައްކަތް ކޮށްފިނަމަ ބަންގްލަދޭޝްގެ ފުޓްބޯޅައާ މެދު ގިނަ ބަޔަކު ދެކެމުން އަންނަ ނެގެޓިވް ކަންތައްތައް ބަދަލުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބަންގްލަދޭޝްގެ ފުޓްބޯޅަ ޓީމުގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭ ބުނެފި އެވެ.
މިދިޔަ މެއި މަހު ބަންގްލަދޭޝްގެ ކޯޗު ކަމާ ޑޭ ހަވާލުވިއިރު، އޭނާއާ މެދު ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ހިތްހަމަ ޖެހުނީ އޭނާގެ ތަޖުރިބާ މަދު ނަމަވެސް ކޯޗިންގައި އޭނާ ކުރަމުން އަންނަ މަސައްކަތުން އިނގިރޭސި އެކި ކްލަބްތަކަށް ފައިދާތަކެއް ކޮށްފައިވާތީ އެވެ. ޑޭ މަސައްކަތް ކޮށްފައިވަނީ އިނގިރޭސި ދަށް ޑިވިޝަންތަކުގަ އެވެ. ފުޓްބޯޅަ ކެރިއަރުގައި ޑޭގެ އެންމެ ބޮޑު ކާމިޔާބީ އަކީ އިންގްލެންޑުގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުމެވެ.
ބަންގްލަދޭޝްގެ ކޯޗު ކަމާ ހަވާލުވުމަށް ފަހު ޑޭ އަމާޒުހިފީ ހުރިހާ ކަމެއް އޭނާ ބޭނުންވާ ޕްލޭނަކަށް ގެންދާށެވެ. އެ ގޮތުން އޭނާ ވަނީ ބޭރުގެ އެސިސްޓެންޓް ކޯޗަކާއި ދެ ފިޓްނަސް ޓްރެއިނަރުން ގެނެސްފަ އެވެ. ބަންގްލަދޭޝް ފުޓްބޯޅަ ކުރިއަށް ޖެއްސުމަށް ޑޭ ފުރަތަމަ އެކުލަވާލި ޕްލޭނުގެ ފެށުމަކީ ކުރިއަށް އޮތް ދެ މުބާރާތަށް އެންމެ ފުރިހަމަ އަށް ތައްޔާރުވުމެވެ.
އަންނަ މަހު އިންޑޮނީޝިއާގައި އޮންނަ އޭޝިއަން ގޭމްސް އާއި ސެޕްޓެމްބަރު މަހު އަމިއްލަ ގައުމުގައި އޮންނަ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް ޑޭ ވަނީ ދެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ. ފުރަތަމަ ޓްރެއިނިން ކޭމްޕްގައި އެ ކުޅުންތެރިންގެ ފެންވަރު ވަޒަންކޮށް ކުޅުންތެރިންނާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކުރި އެވެ. އޭގެން ލިބުނު ފިލާވަޅުތަކާ އެކު މިހާރު އަނެއް މަސައްކަތް ޑޭ ވަނީ ފަށައިފަ އެވެ. މި ފަހަރު ބަންގްލަދޭޝް ޓީމު ތަމްރީން ހަދަން ދާނީ ދެކުނު ކޮރެއާ އަށެވެ.
"އަހަންނަށް ގަތަރު ޓްރެއިނިން ކޭމްޕްގައި ލިބުނު ވަރަށް ބައިވަރު މައުލޫމާތު. އެ ހުރިހާ އެއްޗެއް ދިރާސާ ކޮށްފިން. އަހަންނަށް ފެނުނީ އުއްމީދީ މަންޒަރުތަކެއް. ކުޅުންތެރިން ތިބީ އުފަލުން އަހަންނާ އެކު މަސައްކަތް ކުރަން ތައްޔާރަށް. އެ އުއްމީދުގައި ތިބެއްޖެނަމަ ކުރިއަށް އޮތް އޭޝިއަން ގޭމްސް އާއި ސާފް ސުޒުކީ ކަޕުން ބަންގްލަދޭޝް ފުޓްބޯޅަ އަށް ރަނގަޅު ބިންގަލެއް އަޅައިދޭން ބޭނުން. މީގެ މައްޗަށް ސާބިތުވެ ތިބެއްޖެނަމަ ކިހިނެއް އެނގެނީ މި ސަރަހައްދުގެ ފުޓްބޯޅައިގެ ބާރަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް،" ދެކުނު ކޮރެއާ ޓްރެއިނިން ކޭމްޕް ދިއުމުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޭ ބުންޏެވެ.
އޭނާ ބުނީ ކޮރެއާ ކޭމްޕްގައި ކުޅޭ ތިން މެޗުގައި ފުރުސަތު ދޭނީ އޭޝިއަން ގޭމްސްގައި ކުޅޭ ކުޅުންތެރިންނަށް ކަމަށެވެ. އަނެއް ކުޅުންތެރިންނަށް އޮތީ ފިޒިކަލީ ހަދަން ޖެހޭ ތަމްރީންތައް ފުރިހަމަ ކުރުން ކަމަށެވެ.
"އޭޝިއަން ގޭމްސް އަކީ އަހަރެމެންނަށް ތަޖުރިބާ ހޯދޭނެ މުބާރާރާތެއް. އޭގެން ހިތްވަރު ހޯދައިގެން ސާފް އަށް އަންނާނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި އެ ރޫހުގައި މޮޅު ކުޅުމެއް ދައްކަން،" ޑޭ ބުންޏެވެ.
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ ފާއިތުވި ދެ އަހަރަށް ބަލާއިރު ސާފްގެ ގައުމުތަކުގެ އަތުން ބަންގްލަދޭޝް ވަނީ އެކި ލެވެލްތަކުގައި މޮޅުވެފައި ކަމަށާއި ވިސްނުންތެރިކަމާ އެކު ކުރިއަށް ގޮސްފިނަމަ ފުޓްބޯޅައިގައި ވެސް ކާމިޔާބު ހޯދޭނެ ކަމަށެވެ.
އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާނީ 23 އަހަރުން ދަށުގެ ޓީމެވެ. އޭގެ ތެރެއިން ތިން ސީނިއާ ކުޅުންތެރިއަކަށް ފުރުސަތު ދިނުމުގެ އިހުތިޔާރު އޮވެ އެވެ. މި ފަހަރުގެ އޭޝިއަން ގޭމްސްގައި ބަންގްލަދޭޝް އޮތީ ގަތަރާއި ތައިލެންޑް އަދި އުޒްބެކިސްތާނާ އެއް ގްރޫޕެއްގަ އެވެ.
ބަންގްލަދޭޝް ސާފް ސުޒުކީ ކަޕްގައި ލައްވާލީ ޕާކިސްތާނާއި ނޭޕާލް އަދި ބޫޓާނާ އެކު ގްރޫޕް އޭ ގަ އެވެ.
ބަންގްލަދޭޝްގެ ކޯޗުގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަނީ
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
އަތްއުރާލައިގެން ތިބެވެން ނެތް: ބަންގްލަދޭޝް ކޯޗު
ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ސެމީއާ ގާތަށް
ސަޕޯޓަރުން ވެސް ތަފާތު ދެއްކި: ބަންގްލަދޭޝް ކޯޗު
ބޫޓާން ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި
ބޫޓާނާއި ބަންގްލަދޭޝް: ބަދަލުހިފުމުގެ މެޗެއް؟
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި