ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ފައިސަލް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިރޭ އައްޔަން ކުރައްވައިފި އެވެ.
24 ޖުލައި 2018
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ފައިސަލް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިރޭ އައްޔަން ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، ފައިސަލް އާއި ޝަހީދަށް ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ ނައިބު ރައީސް ކަމާއި މެމްބަރު ކަމުގެ މަގާމުން ފައިސަލް އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ފައިސަލް އަކީ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުން ޖޭއެސްސީގައި މިހާތަނަށް އިންނެވި ބޭފުޅެކެވެ.
ފައިސަލް އާއި ޝަހީދު އައްޔަން ކުރެއްވީ ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ހަތަރު މަގާމުގެ ތެރެއިން ދެ މަގާމަކަށެވެ. އެ ކޯޓުގެ ބެންޗުން ހަތަރު މަގާމެއް ހުސްކޮށް އޮތީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 11 އަށް އިތުރު ކޮށްފައި ވާތީ އާއި އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.
ހައި ކޯޓުގެ ބެންޗުން ބާކީ އޮތް ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ޖޭއެސްސީން އަދި ކަނޑައެއް ނާޅަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ.
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކޮށްފި
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި
ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މި ފަހަރު ކުރިމަތިލެއްވީ ޝަހީދު
"ނިޒާމުގެ ފައިދާ ލިބޭނީ ވަސީލަތްތައް ލިބިގެން"
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި