22 ޖުލައި 2018
ކޮލަމްބޯ (ޖުލައި 22) - ޑްރަގު ބޭނުން ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (ޖުލައި 22) - ޑްރަގު ބޭނުން ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ނޯތު ސެންޓްރަލް ޕްރޮވިންސްގެ ޕޮލޮންނަރުވާގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ މަރުގެ އަދަބު ތަންފީޒް ނުކުރުމަށް އެކި ފަރާތްތަކުން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރާ ކަމަށާއި އެކަމަކު ކޮންމެ ފިއްތުމެއް ކުރިމަތި ކުރި ނަމަވެސް ސަރުކާރުގެ ނިންމުން ބަދަލު ނުކުރާނެ ކަމަށެވެ.
މަރުގެ އަދަބު ތަންފީޒް ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ނިންމުން ބަދަލުކޮށްފި ކަމަށް ނޫހެއްގައި ލިޔެފައިވާ މައްސަލައެއް އިޝާރާތް ކުރައްވައި ސިރިސޭނާ ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. އަދި ޑްރަގުގެ ކުށްވެރިންނަށް މަރުގެ އަދަބު ތަންފީޒް ކުރުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ސިރިސޭނާ ވިދާޅުވީ ކޯޓުތަކާއި ޖަލުތަކާ އަދި ގާނޫނު ތަންފީޒް ކުރާ ފަރާތްތަކުގެ އިސް ބޭފުޅުން އަންނަ އަންގާރަ ދުވަހު ހާޒިރު ކުރާނެ ކަމަށާއި އޭގެ ފަހުން އެކަމާ ގުޅޭ ކޮމިޓީއެއް އުފައްދާނެ ކަމަށެވެ.
"އެ ކޮމިޓީގައި ކަމާ ގުޅޭ ހުރިހާ ދާއިރާތަކުގެ މީހުން ތިބޭނެ. އަދި މަރުގެ އަދަބު ތަންފީޒް ކުރާނެ މީހުން ކަނޑައަޅާނީ އެ ކޮމިޓީން،" ސިރިސޭނާ ވިދާޅުވި އެވެ.
ޑްރަގު ބޭނުންކޮށްގެން ކުށްވެރިވެ މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ހުކުމް ތަންފީޒް ކުރަން ލަންކާގެ ކެބިނެޓުން ނިންމީ މި މަހު 10 ވަނަ ދުވަހު އެވެ. ބޮޑެތި ކުށްތަކުގައި ލަންކާގައި މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް 1976 ވަނަ އަހަރުގެ ފަހުން މަރުގެ ހުކުމް ތަންފީޒް ކޮށްފައެއް ނުވެ އެވެ.
މަރުގެ ހުކުމް ތަންފީޒް ކުރުމަށް ނިންމި ނިންމުން ބަދަލުކޮށްދިނުމަށް އެދި ލަންކާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ސިރިސޭނާ އަށް ސިޓީ ފޮނުވައިފަ އެވެ.
ޔޫރަޕިއަން ޔޫނިއަން އިން ވަނީ ލަންކާގައި މަރުގެ އަދަބު ތަންފީޒް ކުރާ ނަމަ ވިޔަފާރީގައި އެ ގައުމަށް ދޭ އިނާޔަތްތައް ކަނޑާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ސިރިސޭނާގެ ވެރިކަމުގައި މަރުގެ އަދަބު ދެވޭ ގޮތެއް ނުވި
ލަންކާގެ ގިނަ މީހުން މަރުގެ އަދަބަށް ތާއީދުކުރޭ: ސިރިސޭނާ
މަރުގެ އަދަބު އުވާލުމަކީ، ކުށްވެރިންނަށް ގައުމު ދިނުން
އަމިއްލަ ނަފްސު ވަނީ ނުރައްކަލުގެ ތެރޭގައި: ސިރިސޭނާ
މަރުގެ އަދަބާ ގުޅިގެން ސިރިސޭނާގެ ހަމަލާތައް އދ.އަށް
ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅު: ރަނިލް
ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ޕެޓިޝަނެއް
މަރުގެ އަދަބު ދިނުމުގެ އަމުރުގައި ސިރިސޭނާ ސޮއިކޮށްފި
މަރުގެ ހުކުމް ތަންފީޒް ކުރަން ވަރަށް އަވަހަށް ފަށާނަން
ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން އަންހެނުން